ލޫކާސް 16:3 - ކިތާބުލް މުޤައްދަސާ3 މި މެނޭޖަރު ހިތާ ހިތާ ބުނި. ’އަހަރެން ހަދާނީ ކިހިނެއްބާއޭ؟ މަގޭ ވެރިމީހާ މަ މި ވަޒީފާއިން ވަކިކުރަނީއޭ. އަހަރެންނަކީ ބިންކޮނެވޭ ވަރުގެ ހަށިގަނޑުގައި ބާރު ހުރި މީހެއް ނޫނޭ. އަދި އަހަރެން ސަލާންޖަހަން ލަދުގަނޭ. အခန်းကိုကြည့်ပါ။ |
މި މުއްސަނދި މީހާގެ ދޮރާށި ކައިރީގައި ކޮންމެދުވަހަކު ވަރަށް ފަޤީރަކު ގެނެސް ބޭއްވިފައި އޮވޭ. މި ފަގީރު މީހާގެނަމަކީ ލާޒަރު. އޭނާ އެތާ އޮންނަނީ އެއީ މި މުއްސަނދި މީހާ ކާއިރު މޭޒުމަތިން އޮހޭ ބާކީ ކާއެތިކޮޅު ލިބޭނެ ކަމުގެ އުންމީދުގަ. މި ލާޒަރުގެ މުޅި ހަށިގަނޑު ވަނީ ފާރުތަކުން ފުރިފަ. ކުއްތާތައް އައިސް އޭނާގެ ފާރުތަކުގައި ދޫކާތާ ހަދާ.
ބައިތުލް މަޤްދިސްގެ އެއް ދޮރާށި ކަމުގައި ވީ ރީތި ދޮރާއްޓޭ ކިޔުނު ދޮރާށި ކާރީގައި ވިހޭއްސުރެން ދެ ފައި ވާވެފައިވީ މީހަކު ވިއެވެ. ކޮންމެސް މީހަކު މިމީހާ ކޮންމެ ދުވަހަކު ވެސް އެތަނަށް ގެނެއެވެ. މިމީހާ އެ ދޮރާށީގެ ކައިރީގައި އިންނަނީ ބައިތުލް މަޤްދިސަށް އަޅުކަން ކުރަން އަންނަ މީހުންނަށް ސަލާން ޖެހުމަށެވެ.