Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 16:28 - ކިތާބުލް މުޤައްދަސާ

28 އެގޭގައި އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ފަސް ފިރިހެނުން ތިބޭނެއޭ. އަޅުގަނޑު އުޅުނު ގޮތަށް ނޫޅޭން ލާޒަރު އެމީހުންނަށް އިންޒާރު ކޮށްފިނަމަ އެމީހުންނަށް މި ވޭނާއި އަނިޔާ ލިބޭ ތަނަށް އަންނާކަށް ނުޖެހޭނެއޭ.⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 16:28
16 ပူးပေါင်းရင်းမြစ်များ  

ދެން މި މުއްސަނދި މީހާ ބުނި. ’⁠ނަމަވެސް އަޅުގަނޑުގެ މިއާދޭސް ގަބޫލު ކުރައްވާށޭ. ލާޒަރު އަޅުގަނޑުގެ ބައްޕަގެ ގެއަށް ފޮނުއްވާ ދެއްވާށޭ.


އަދި މާތްރަސްކަލާނގެ އަހަރެމެންނަށް އެންގެވީ ހުރިހާތާކު ހުރިހާ އެންމެންގެ ކުރިމަތީގައި މި ކަންތައްތައް ފާޅުކޮށް އެންގުމަށް. އެއީ އީސާގެފާނަކީ މަރުވެފައިވާ މީހުންނާއި އަދި ދިރިތިބި މީހުންގެ މައްޗަށް ވެސް ހިސާބު ބެއްލެވުމަށް މާތްރަސްކަލާނގެ ކަނޑައެޅުއްވި ފަރާތްކަން އެންގުމަށޭ.


ދެން ސިލާހު އާއި ތިމޮތީ މެސެޑޯނިޔާއިން އެރަށަށް އައެވެ. ޕައުލް ހުރިހާ ވަގުތެއް ހޭދަކުރަމުން ގެންދިޔައީ ބަނީއިސްރާއީލު މީހުންނަށް އީސާގެފާނަކީ މާތްރަސްކަލާނގެ ކަނޑައަޅުއްވާ ޚާއްސަކުރައްވާ ފޮނުއްވި ފަރާތް ކަމުގައިވާ އަލްމަސީޙު ކަން އަންގައިދީ ހާމަކޮށް ދިނުމުގައެވެ.


ޕަތަރަސް އެތައް އިރެއް ވަންދެން މި ގޮތުގެ މަތިން އެމީހުންނާއި ވާހަކަ ދެއްކިއެވެ. ޕަތަރަސް އެމީހުންނަށް އާދޭހާ އެކު ބުންޏެވެ. ”⁠ކަލޭމެންގެ ނަފްސު މި ނުބައި ޒަމާނުގެ މީހުންގެ ނުފޫޒުން ސަލާމަތް ކުރޭ.⁠“


އަހަރެން ބަނީއިސްރާއީލު މީހުންނަށާ އަދި ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް އަންގައިދީ އޮޅުންފިލުވާ ދިނީ އެއް ވާހަކައެއް. އެއީ އެމީހުންގެ ދިރިއުޅުން ބަދަލުކޮށް ފާފަ ކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރި މާތްސާހިބާ އީސާ އަލްމަސީޙު ގަބޫލުކޮށް އީމާންވުމަށް.


އަހަންނަށް އެނގޭހާ ވެސް ކަމަކީ އަހަރެން ދާކޮންމެ ރަށެއްގައި ވެސް އުނދަގޫތަކާއި ދިމާވެ އަދި ޖަލަށް ވެސް ލެވޭނެކަން މާތްރޫޙުފުޅު އަހަރެންނަށް އަބަދުވެސް އަންގަވާ.


އަހަރެން މަރާ ދޭތެރެއަކު ޖެހިލުމެއް ނުވަން. އަހަރެންނަށް އެންމެ މުހިންމު ކަމަކީ މާތް ސާހިބު އީސާގެފާނު އަހަރެންނާއި ހަވާލު ކުރެއްވި މަސައްކަތް ފުރިހަމައަށް ކޮށް ނިންމުން. އެ މަސައްކަތަކީ މާތްރަސްކަލާނގެ ދެއްވި ނިޢުމަތުގެ ހެޔޮޚަބަރުފުޅާއި އެކަލާނގެ މަތިވެރި ނިޢުމަތްފުޅުގެ ވާހަކަތައް މީސްތަކުންނަށް އަންގައިދިނުން.


މީގެ އަނެއް ރޭ މާތްސާހިބާ އީސާގެފާނު ޕައުލްގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ޕައުލް ބިރުނުގަނޭ. ހިތްވަރު ކުރޭ. ކަލޭ ޖެރޫސަލަމުގައި ތިމަންކަލޭގެފާނުގެ ބަސްފުޅުތައް އަންގައިދީ ތިޔަ ހެދި ފަދައިން ރޯމުގައި ވެސް ކަން ކުރުމަށް ތިމަންކަލޭގެފާނު ބާރުދެއްވާނަން.⁠“


ނަމަވެސް މާތްރަސްކަލާނގެ އަޅުގަނޑު ރައްކާތެރިކުރެއްވި. އެންމެ މަތީ މީހުންނަށާ އަދި އެންމެ ދެރަ މީހުންނަށް ވެސް މިޚަބަރު ދިނުމަށްޓަކައި އަޅުގަނޑު ދުނިޔޭގައި ދިރި މިހިރީ އެހެން ކަމުން. އަޅުގަނޑު މީސްތަކުންނަށް އަންގައިދީ ކިޔާދެމުން މި ދަނީ ހަމަ މޫސާގެފާނާއި އަދި އެހެން ރަސޫލުންނާއި ނަބީބޭކަލުން ވެސް އެކަމެއް ވާނެކަމަށް އަންގަވާފައިވާ ކަމަކާ ބެހޭ ގޮތުން.


ދެން އެމީހުން ވަކި ދުވަހެއް ކަނޑައަޅާ ނިންމާ ޕައުލް ހުރިގެއަށް އައެވެ. އެދުވަހު އެގެއަށް އެތައް ބަޔަކު އެއްވިއެވެ. ހެނދުނުން ފެށިގެން އިރުއޮއްސެން ދެން ޕައުލް އެމީހުންނާއި ވާހަކަ ދެއްކިއެވެ. މޫސާގެފާނަށް މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅާ އަދި އެހެނިހެން ރަސޫލުންނާއި ނަބީބޭކަލުންނެއް މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅުތައް ބޭނުންކޮށްގެން ޕައުލް އެމީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅާއި އަދި އީސާގެފާނާއި ބެހޭ ގޮތުން އަންގައިދީ އެއީ ތެދުކަން ހާމަކޮށްދީ ހެދިއެވެ.


ޕަތަރަސްއާއި ޔޫޙަންނާ އީސާގެފާނު ކުރެއްވި ކަންތައްތަކާއި އެކަލޭގެފާނާއި ބެހޭ ހެޔޮޚަބަރުފުޅު އެ ރަށުގެ މީހުންނަށް ކިޔާ ދިނުމަށް ފަހު އެނބުރި ޖެރޫސަލަމަށް ދިއުމަށް ދަތުރު ފެށިއެވެ. އެމީހުން ދަތުރުކޮށް ދިޔަ މަގުމަތީގައި ވީ ސަމީރިއްޔާގެ ވަރަށް ގިނަ ރަށްތަކުގައި ވެސް އެމީހުން އެ ހެޔޮޚަބަރުފުޅާއި އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދިނެވެ.


އަހަރެން ތަކުރާރުކޮށް އަނެއްކާވެސް ބުނަމެވެ. ކަލޭމެން އެފަދައިން ކަންތައް ކޮށްފިނަމަ، މޫސާގެފާނު މެދުވެރިކުރައްވައި އެންގެވި ހުރިހާ އަމުރުފުޅުތަކާއި ގަވާއިދުތަކާ އެއްގޮތަށް، ކަލޭމެން ކަންތައް ކުރަން ޖެހޭނެއެވެ.


މާތްރަސްކަލާނގެ ކިބަފުޅަށް އުރެދިގެންވާ ފަރާތްތަކެކޭ އެއްފަދައިން މޮޔަ ޙަޔާތެއްގައި އުޅުން ހުއްޓާލުމަށް މާތްސާހިބާއަށް އީމާންވާ މީހެއްގެ ޙައިޘިއްޔަތުން ތިޔަބައިމީހުންނަށް އަހަރެން އަމުރު ކުރަމެވެ. އެބައިމީހުން ވަނީ އުންމީދެއް ނެތް އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައެވެ.


ތިޔަބައިމީހުންނަށް އެނގޭނޭ ފަދައިން ތިޔަބައިމީހުންނާއިމެދު އަހަރެމެން ހިތިހިތުމަކީ ބަފަޔަކު އެމީހެއްގެ އަމިއްލަ ދަރިންނާއި މެދުގައި ހިތާހިތުން ފަދައިންނެވެ.


ހަމައެހެންމެ، މަސީޙީ އަޚަކު އޭނާގެ އަނެއް އަޚާގެ ޙައްޤަކަށް އެއްވެސް ޙާލަތެއްގައި ޖިންސީގޮތުން އަރައިގަނެގެން ނުވާނެއެވެ. މިފަދައިން އަމަލުކުރި ފަރާތަކަށް މާތްސާހިބާ ޢުޤޫބާތް ދެއްވާނެ ކަމުގައި އަހަރެމެން ވާނީ ތިޔަބައިމީހުންނަށް ބުނެދީ އަދި އިންޒާރު ދީފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ