Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 16:26 - ކިތާބުލް މުޤައްދަސާ

26 އެހެން ނޫނަސް ކަލެއާއި އަހަރެމެންނާއި ދޭތެރޭ ބޮޑު ފުން ވަޅުގަނޑެއް އެބައޮތޭ. އެހެންވެ މިފަރާތުން އެކަކަށް ވެސް ތިޔަ ފަރާތަކަށް ނުދެވޭނެއޭ. އަދި ތިޔަފަރާތުން އެކަކަށް ވެސް މިފަރާތަކަށް ވެސް ނާދެވޭނެއޭ.⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 16:26
15 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އީސާގެފާނު ވިދާޅުވިއެވެ. ”⁠މިފަދަ މީހުން އަބަދުގެ އަބަދަށް ޢުޤޫބާތުގައި ދެމިގެންވާނެ. ނަމަވެސް މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބިގެންވާ ހުރިހާ އެންމެންނަށް ނިމުންނުވާ ޙަޔާތެއް ލިބިދޭނެ.⁠“


އަހަރެން މިބުނަނީ ހަމަ ތެދެއް. އޭރުން ކަލޭ ދަރާފައިވާ އެންމެފަހު ލާރިއަށް ދަންދެން ނުދައްކަނީސް ކަލެއަށް އެބަންދުން ސަލާމަތެއް ނުވެވޭނެ.⁠“


އިބްރާހީމްގެފާނު ވިދާޅުވި. ’⁠ދަރިފުޅާއޭ. ހަނދާން ވޭހޭ؟ ކަލޭ ދުނިޔޭގައި އުޅުނުއިރު ކަލެއަށް ރަނގަޅު ގޮތްތައް ދިމާވިއޭ. އަދި ލާޒަރުއަށް ވަރަށް ދެރަ ނުބައި ގޮތްތައް ދިމާވިއޭ. މިހާރު މިތާނގައި އޭނާއަށް ވަނީ ހަމަޖެހުން ލިބިފައޭ. އަދި ކަލޭ ތިޔަވަނީ ވޭނުގައޭ.


ދެން މި މުއްސަނދި މީހާ ބުނި. ’⁠ނަމަވެސް އަޅުގަނޑުގެ މިއާދޭސް ގަބޫލު ކުރައްވާށޭ. ލާޒަރު އަޅުގަނޑުގެ ބައްޕަގެ ގެއަށް ފޮނުއްވާ ދެއްވާށޭ.


އަދި ދަރިކަލުންގެ ބަސްފުޅުތައް އަހައި އެކަލޭގެފާނަށް އީމާންވެއްޖެ ކޮންމެ މީހަކަށް ވެސް ނިމުންނުވާ ޙަޔާތް ވަނީ މިހާރު ވެސް ލިބިފައި. އަދި އެ ދަރިކަލުން ގަބޫލު ނުކޮށް އެކަލޭގެފާނަށް ކިޔަމަން ނުވި މީހަކަށް ނިމުންނުވާ ޙަޔާތެއް ނުލިބޭނެ. އެމީހަކަށް ވަނީ މާތްރަސްކަލާނގެ ކޯފާ ލެއްވިފައި.⁠“


އެއަށް ފަހު، އެބައިމީހުން މޮޔަހެއްދުވި ޝައިތާނާ އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައިލެވޭނެއެވެ. އަދި ކައްސަނދުވާނިން އަނދައި ދެއެވެ. އެއީ ކަނޑު ދާއްބަ އާއި ދޮގުވެރި ނަބީކަލޭގެ ވެސް ހުށަހެޅުނު ތަނެވެ. އަދި އެތަނުގައި އެބައިމީހުންނަށް ދުވާލާއި ރޭގަނޑު އަބަދާއި އަބަދު ޢުޤޫބާތް ލިބިލިބި ހުންނާނެ އެވެ.


ނުބައި ޢަމަލުތަކުގައިވާ މީސްތަކުން ނުބައި އަމަލުތައް ކުރުން މަތީގައި ދެމި ތިބޭނެ. އަދި ފާޙިޝް ވިސްނުމުގައިވާ ފަރާތްތަކުން ފާޙިޝް އަމަލުތައް ކުރުމުގައި ވާނެ. އަދި ސާލިޙު ފަރާތްތަކުން ހެޔޮ އަމަލުތައް ކުރުމުގައި ވާނެ. އަދި ހަމައެހެންމެ މާތްކުރެވިގެންވާ ފަރާތްތައް އަބަދުވެސް މާތް ކުރެވިގެންވާނެ.⁠“


އަބީޖާއިލް ގެއަށް ދިޔައިރު ނާބާލް އިނީ ރަސްކަލެއް ފަދައިން ކާށެވެ. އޭނާ ވަނީ ރާބޮއި މަސްތުވެ ފޯރި ގަދަވެފަ އެވެ. އެހެންކަމުން އެރެއަކު އޭނާގެ ގާތަކު މީން ވާހަކައެއް އޭނާ ނުދައްކައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ