ލޫކާސް 16:24 - ކިތާބުލް މުޤައްދަސާ24 އެމީހާ ގޮވި. ’އިބްރާހީމްގެފާނުއޭ. އަޅުގަނޑުގެ މައްޗަށް ރަޙުމް ކުރައްވާށޭ. އަޅުގަނޑު މި އަލިފާނުގެ ތެރޭގައި މި ވަނީ ވަރަށް ވޭނުގައޭ. ލާޒަރުގެ އިނގިއްޔެއް ފެން އެއްޗަކަށް ލައްވާފާ އަޅުގަނޑުގެ އަނގަޔަށް ފިނި ކޮށްލައި ދިނުމަށް މިތަނަށް ފޮނުވާ ދެއްވާށޭ.‘ အခန်းကိုကြည့်ပါ။ |
އެކަމަކު އަހަރެން ތިޔަބައިމީހުންނަށް ބުނަން. ތިމާގެ އަޚާ ދެކެ ރުޅިއައިސްގެން ވެސް ނުވާނެ. ނޫނީ ތިމާ އަދާލަތުގެ ކުރިމައްޗަށް ގެންދަން ޖެހިދާނެ. ތިމާގެ އަޚާއަކީ މޮޔައެކޭ ކިޔައި ހުތުރުއެއްޗެހި ގޮވާ މީހާ ވެސް އަދާލަތުގެ ކުރިމަތީގައި ޖަވާބުދާރީ ވާން ޖެހޭނެ. އަދި އަނެކާއަކީ ސޮހޮލެކޭ ބުނާ މީހާއަށް ނަރަކައިގެ އަލިފާނުން ސަޒާ ދެވޭނެ.
އެގަހަކުން މޭވާއެއް ނުލިބޭ ކޮންމެ ގަހެއް މުލާ އެކު ކަނޑާ ދަރުގެ ގޮތުގައި އަންދާ ލެވޭނެ. ފައިދާ ނުލިބޭ ގަސްތައް ކަނޑާ ދުވަސް މިހާރު މިއޮތީ އައިސް ޖެހިފަ. ވީމާ ތައުބާވޭ. އަދި ކަލޭމެންގެ އަމަލުތަކުން ކަލޭމެން ތައުބާވެއްޖެ ކަން ހާމަކޮށްދީ. ކަލޭމެންނަކީ އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުންނަށް ވީތީ މާތްރަސްކަލާނގެ ކޯފާއިން ސަލާމަތް ވާނެ ކަމަށް ހީނުކުރާތި. މާތްރަސްކަލާނގެ އެދިވޮޑިގެންފި ނަމަ މިހިލަތަކުން ވެސް އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުން އުފެއްދެވުމުގެ ކުޅަދުންވަންތަކަން އެކަލާނގެ ކިބަފުޅަށް ލިބިވޮޑިގެން ވޭ.“
އަދި ކަނޑުދާއްބަ އަތުލައިގަނެ އެ އެއްޗާއި އެއްބައިވެ އޭތީގެ ޙާޟިރުގައި އޭތީގެ ސިލު ޖަހައި އަދި އޭތީގެ ސޫރައަށް އަޅުކަންކުރި ފަރާތްތަކަށް މުޢުޖިޒާތްތައް ދައްކައި މަކަރު ހެދި ދޮގުވެރި ނަބީކަލޭގެއާއި އެކުގައި އޭތި ވެސް ހުރަގެއަށް ލެވުނެވެ. އެ ކަނޑުދާއްބައާއި ދޮގުވެރި ނަބީކަލޭގެ ދިރިތިއްބައި ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައި ލެވުނެވެ.