ލޫކާސް 16:20 - ކިތާބުލް މުޤައްދަސާ20-21 މި މުއްސަނދި މީހާގެ ދޮރާށި ކައިރީގައި ކޮންމެދުވަހަކު ވަރަށް ފަޤީރަކު ގެނެސް ބޭއްވިފައި އޮވޭ. މި ފަގީރު މީހާގެނަމަކީ ލާޒަރު. އޭނާ އެތާ އޮންނަނީ އެއީ މި މުއްސަނދި މީހާ ކާއިރު މޭޒުމަތިން އޮހޭ ބާކީ ކާއެތިކޮޅު ލިބޭނެ ކަމުގެ އުންމީދުގަ. މި ލާޒަރުގެ މުޅި ހަށިގަނޑު ވަނީ ފާރުތަކުން ފުރިފަ. ކުއްތާތައް އައިސް އޭނާގެ ފާރުތަކުގައި ދޫކާތާ ހަދާ. အခန်းကိုကြည့်ပါ။ |
ބެތާނިޔާގައި އުޅުނު ލާޒަރުއޭ ކިއުނު މީހަކު ވަރަށްބޮޑަށް ބަލިވިއެވެ. އޭނާ ދިރިއުޅެމުން ދިޔައީ އޭނާގެ ދެ ދައްތަ ކަމުގައިވާ މަރިޔަމް އާއި މަރުތާ އާއި އެކުގައެވެ. މި މަރިޔަމް އަކީ ފަހުން މާތްސާހިބާ އީސާގެފާނުގެ ފައިތިލަފުޅު މައްޗަށް އަގުބޮޑު އަތަރު އަޅައި އޭނާގެ އިސްތަށިގަނޑުން އެކަލޭގެފާނުގެ ފައިންޕުޅު ފޮހެދިން މަރިޔަމް އެވެ. ބަލިމީހާ އަކީ އެމީހުންގެ ފިރިހެންކޮއްކޮ ލާޒަރު އެވެ.
ބައިތުލް މަޤްދިސްގެ އެއް ދޮރާށި ކަމުގައި ވީ ރީތި ދޮރާއްޓޭ ކިޔުނު ދޮރާށި ކާރީގައި ވިހޭއްސުރެން ދެ ފައި ވާވެފައިވީ މީހަކު ވިއެވެ. ކޮންމެސް މީހަކު މިމީހާ ކޮންމެ ދުވަހަކު ވެސް އެތަނަށް ގެނެއެވެ. މިމީހާ އެ ދޮރާށީގެ ކައިރީގައި އިންނަނީ ބައިތުލް މަޤްދިސަށް އަޅުކަން ކުރަން އަންނަ މީހުންނަށް ސަލާން ޖެހުމަށެވެ.
އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ ކަނުލައި އަޑުއަހާށެވެ! އީމާންތެރިކަމުގައި މުއްސަނދި ކުރުވުމަށް މާތްރަސްކަލާނގެ ޚިޔާރު ކުރެއްވީ މިދުނިޔެއިން ނިކަމެތި ފަގީރުންނެވެ. އަދި އެކަލާނގެ ލޯބިވެވޮޑިގަންނަވާ ފަރާތްތަކަށް އެކަލާނގެ ރަސްކަންފުޅުން ލިބިދޭ ޙައްޤާއިމެދު އެބައިމީހުންނަށް ވެސް ޙިއްސާ ކުރެވޭނެ ކަމުގެ ވަޢުދުވެވޮޑިގެންނެވިއެވެ.