ލޫކާސް 16:2 - ކިތާބުލް މުޤައްދަސާ2 ދެން އޭނާ އެ މެނޭޖަރު ގެނެސް ބުނި. ’ކަލެއާއި ބެހޭގޮތުން އަހަރެންނަށް މިއިވެނީ ކޮން ޚަބަރުތަކެއް ހޭ؟ ކަލޭ ވިޔަފާރީގެ ކަންތައް ހިންގި ގޮތުގެ މައުލޫމާތުގެ ބަޔާނެއް ލިޔާށޭ. އަދި އެއަށް ފަހު ކަލޭ ތިޔަވަނީ އަހަރެންގެ މެނޭޖަރެއްގެ ވަޒީފާއިން ވަކިކޮށްފައޭ.‘ အခန်းကိုကြည့်ပါ။ |
އަނެކުންނަށް ޚިދުމަތް ކުރުމަށްޓަކައި މާތްރަސްކަލާނގެ، އެކަލާނގެ މަތިވެރި ރޫޙުފުޅުން ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް އެކަލާނގެވަނީ ރޫޙާނީ މަތިވެރި ހަދިޔާތަކެއް ދެއްވާފައެވެ. އެގޮތުގެ މަތިން މީސްތަކުންނާއިމެދު ތިޔަބައިމީހުން ރަނގަޅަށް ޚިދުމަތް ކުރާށެވެ. ތިޔަބައިމީހުންގެ ފުށުން މާތްރަސްކަލާނގެ ނިޢުމަތްފުޅު ފެނިގެންދާނެއެވެ.
އަދި މަރުވެދިޔަ ހުރިހާ އެންމެންގެ ތެރެއިން މަތިވެރި މީހުންނާއި ނިކަމެތިން ތަޚުތުގެ ކުރިމަތީގައި ކޮޅަށް ތިބިތަން ވެސް އަހަރެން ދުށީމެވެ. ފޮތްތައް ވަނީ ހުޅުވާލެވިފައެވެ. އަދި އެހެން ފޮތެއް ވެސް ހުޅުވުނެވެ. އެއީ ޙަޔާތުގެ ފޮތެވެ. އަދި އެފޮތްތަކުގައި ބަޔާންވެގެންވާ ފަދައިން މަރުވެ ދިޔަ މީސްތަކުން ކުރި އަމަލުތަކަށް ފައިސަލާ ކުރެވި ދިޔައެވެ.