ލޫކާސް 16:19 - ކިތާބުލް މުޤައްދަސާ19 އީސާގެފާނު ވިދާޅުވިއެވެ. ”އެއްފަހަރަކު ވަރަށް ބޮޑު މުއްސަންޖަކު އުޅުނު. އޭނާ އަބަދުވެސް އެންމެ އަގުބޮޑު މޮޅު އަންނައުނު ލާ މޮޅު ކެއުން ކައިގެން އަރާމުގައި އުޅުނު. အခန်းကိုကြည့်ပါ။ |
މިކަންތައްތައް އެބައިމީހުން މި ގޮތަށް ކުރުމަށް ފަހު އެކަލޭގެފާނަށް މަލާމަތް ކުރައްވާ އަދި އެބައިމީހުން އެކަލޭގެފާނުގެ ހަށިކޮޅުގައި ތުރުކުރެއްވި ދަނބު ކުލައިގެ ރިދާކޮޅު ބާލުއްވައި އެކަލޭގެފާނު ކުރިން ވެސް ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅުގައި ބެހެއްޓެވިއެވެ. އެއަށް ފަހު އެކަލޭގެފާނު ސަލީބަށް އެރުވުމަށްޓަކައި އެބައިމީހުން އެކަލޭގެފާނު ގެންދެވިއެވެ.
މި މުއްސަނދި މީހާގެ ދޮރާށި ކައިރީގައި ކޮންމެދުވަހަކު ވަރަށް ފަޤީރަކު ގެނެސް ބޭއްވިފައި އޮވޭ. މި ފަގީރު މީހާގެނަމަކީ ލާޒަރު. އޭނާ އެތާ އޮންނަނީ އެއީ މި މުއްސަނދި މީހާ ކާއިރު މޭޒުމަތިން އޮހޭ ބާކީ ކާއެތިކޮޅު ލިބޭނެ ކަމުގެ އުންމީދުގަ. މި ލާޒަރުގެ މުޅި ހަށިގަނޑު ވަނީ ފާރުތަކުން ފުރިފަ. ކުއްތާތައް އައިސް އޭނާގެ ފާރުތަކުގައި ދޫކާތާ ހަދާ.
އޭނާ އޭނާގެ އަމިއްލަނަފްސު މަތިވެރިކުރި. އަދި މަތިވެރި ލައްޒަތާއިއެކު އޭނާ ދިރިއުޅުނު. ވީމާ މިހާރު އެކަންތަކުގެ ބަދަލުގައި އޭނައަށް އަނިޔާތަކާއި ހިތާމަވެރިކަން ދައްކާލާ! އެއީ އޭނާ ބޮޑު ކަނޑަމުން މިހެން ބުނަމުން ގެންދިޔައީތީ. ’އަހަރެން މިތާ މިއިނީ ރާނީއެއްގެ މަޤާމުގައި! އަހަރެންނަކީ ހުވަފަތް ވެފައިވާ އެހީތެރިއެއް ނެތް މީހަކީމެއް ނޫން. އަދި އަހަރެން ރޯން ޖެހޭ ސަބަބެއް ވެސް ނެތް!‘