Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 16:13 - ކިތާބުލް މުޤައްދަސާ

13 އެއްވެސް ނޯކަރަކަށް ދެ ވެރިއެއްގެ ކައިރިއަކު އެއްފަހަރަކާ މަސައްކަތެއް ނުކުރެވޭނެ. އެއީ އޭނާ އެކަކުގެ މައްޗަށް ލޯބިވާނެ. އަދި އަނެކަކުގެ މައްޗަށް ނުރުހޭނެ. ނޫނީ އެކަކަށްޓަކައި އޭނާ ޖާނުދޭނެ. އަދި އަނެކަކު ގެ މައްޗަށް ނަފްރަތު ކުރާނެ. އެއްވެސް މީހަކަށް މާތްރަސްކަލާނގެ ކިބަފުޅަށާއި ފައިސާއަށް އެއްފަހަރަކާ ޚިދުމަތެއް ނުކޮށްދެވޭނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 16:13
12 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އިބިލީހަށް ވިދާޅުވިއެވެ. ”⁠އަހަރެން ދޫކޮށް މިތަނުން ދުރަށްދޭ ޝައިތާނާ! މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ: ’⁠ހަމައެކަނި އަޅުކަން ކުރަންވާނީ ތިޔަބައިމީހުންގެ އިލާހު، މާތްރަސްކަލާނގެއަށޭ. އަދި ޚިދުމަތް ކުރާން ޖެހޭނީ ވެސް އެކަލާނގެއަށޭ.⁠‘⁠“


އެއްވެސް މީހަކަށް ދެ ވެރިޔަކަށް ޚިދުމަތެއް ނުކުރެވޭނެ. އެކަކު ދެކެ އޭނާ ނަފްރަތުކޮށް އަނެކަކު ދެކެ އޭނާ ލޯބިވާނެ. ނޫނީ އެކަކާއި މެދުގައި އޭނާ ފުރާނަދޭ ފަދައިން ޝައުގުވެރިކަން ހުންނާނެ. އަދި އަނެއް ވެރިޔާގެ އަގުވައްޓައިލާނެ. އެގޮތުން ތިޔަބައިމީހުންނަށް ވެސް ޚިދުމަތް ކުރެވޭނީ މުއްސަނދިކަމަށް ނުވަތަ މާތްރަސްކަލާނގެއަށް. މީގެ ތެރެއިން ކޮންމެވެސް އެއް ކަމަކަށް.⁠“


އަހަރެންގެ ބަސްތަކަށް އަމަލު ނުކުރާ ކޮންމެ މީހަކީ އަހަރެންނާއި ދެކޮޅު މީހެއް. އަދި މީސްތަކުން މާތްރަސްކަލާނގެ ރަސްކަންފުޅަށް އެނބުރުމަށް އަހަރެންނަށް އެހީތެރިނުވާ ކޮންމެ މީހަކީ މީސްތަކުން މާތްރަސްކަލާނގެ ރަސްކަންފުޅާއި ދުރަށް ދިއުމަށް އެހީތެރިވާ މީހެއް.⁠“


”⁠އަހަރެންގެ ކައިރިއަށް އަތުވެއްޖެ ކޮންމެ މީހަކުމެ އެމީހެއްގެ ބައްޕަ އާއި މަންމައަށާއި އަނބިމީހާއަށާއި ދަރިންނަށާއި ބޭބެއިންނާއި ދައްތައިންނަށާއި އަދި ކީއްކުރަން އެމީހެއްގެ އަމިއްލަ ފުރާނައަށް ލޯބިވާވަރަށް ވުރެ ވެސް ބޮޑަށް އަހަރެން ދެކެ ލޯބިނުވަނީ ނަމަ އެމީހަކަށް އަހަރެން އެންގި މަގުން ހިނގާ އަހަރެންގެ އަސްޙާބީއަކަށް ނުވެވޭނެ.


އަދި ކަލޭ އެހެން މީހެއްގެ މުދަލުގެ މައްޗަށް ޚިޔާނާތްތެރި ވާނަމަ ކަލޭގެ އަމިއްލަ މުދާ ކަލޭގެ މައްޗަށް ދޫކޮށް ލެވޭނީ ކިހިނެއް؟


އަހަރެން ބުނަންތަ؟ ކަލޭމެން އެހެން މީހުންގެ ފައިދާއަށްޓަކައި އަދި ރައްޓެހިންނަށްޓަކައި ދުނިޔެވީ މުދަލުގެ ބޭނުން ކުރޭ. އޭރުން ކަލޭމެންގެ ދީލަތިކަމުގެ ސަބަބުން ސުވަރުގޭގައި ކަލޭމެންނަށް ދެމިހުރި މަންޒިލެއް ލިބޭނެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އެމީހާ ހުއްޓުވަން މަސައްކަތް ނުކުރޭ. އެއީ ކަލޭމެންނާއި ދެކޮޅު މީހަކު ކަމުގައި ނުވާ ކޮންމެ މީހަކީ ކަލޭމެންނާއި އެކުގައި ވާ މީހެއް.⁠“


އޭ ބޭވަފާތެރިންނޭވެ! މާތްރަސްކަލާނގެ އާއި އެކަލާނގެ އެންގެވި މަގުން އުޅެމުން ނުދާ ދުނިޔެވީ އުފަލަށް ލޯބިކުރާ މީހުން ފަދައިން ކަލޭމެން ވެސް ޙަޔާތު ވޭތުކުރުމަށް އެދޭނަމަ ކަލޭމެން ވަނީ މާތްރަސްކަލާނގެ ޢަދުއްވުންގެ ގޮތުގައެވެ. މި ދުނިޔަވީ އުސޫލުތަކުގައި ކަލޭމެން ޝާމިލުވުމަށް އެދޭނަމަ ކަލޭމެން ވަނީ މާތްރަސްކަލާނގެ ޢަދުއްވުންގެ ގޮތުގައި ވެސްމެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ