ލޫކާސް 15:30 - ކިތާބުލް މުޤައްދަސާ30 އެކަމަކު ބައްޕަގެ އެ ދަރި ބައްޕަގެ ލާރި ފާފަވެރި އަންހެނުންގެ މައްޗަށް ޚަރަދު ކޮށް ހުސް ކޮށްލާފައި އެނބުރި ގެއަށް އައުމުން ބައްޕަ ޚާއްސަކޮށް ފަލަ ކުރި ޅަ ގެރި އެކަން ފާހަގަ ކުރުމަށް ކަތިލާ ތިޔަ ބޮޑު ކެއުމެއް ތައްޔާރު ކުރީއޭ.‘ အခန်းကိုကြည့်ပါ။ |
އެއީ އެބައިމީހުން ހުށަހެޅި ފައިސާ އަކީ އެބައިމީހުންގެ މުއްސަނދިކަމުގެ ސަބަބުން ބޭނުން ނުކުރެވި އިތުރުވެފައިވާ ފައިސާ. އެހެނަސް އެ ހުވަފަތް ކަނބުލޭގެ ހުށަހެޅި ފައިސާ އަކީ އެކަނބުލޭގެ ހައިހޫނުކަމުގައި ހުރެ ދިން އަތުގައި އޮތް ހަމައެކަނި ދެ ފައިސާ ފޮތި. އަދި އެއީ އެކަނބުލޭގެ އަތުގައިވީ ހުރިހާ ފައިސާއެއް ވެސްމެ.“
މިދީންވެރިޔާ ކުރިއަށް ގޮސް އެންމެންނާ ވަކިން ހުރެ އޭނާ ކުރާ ރަނގަޅު ކަންތަކާއި ބެހޭގޮތުން ދުޢާކުރަން ފެށި. ’މާތްރަސްކަލާކޯއޭ. މިއަޅާއަކީ އެހެން މީހުން ކަހަލަ މީހަކަށް ނުވީތީ ޝުކުރު ވެރިވަމޭ. އެއީ މިއަޅާއަކީ ވައްކަން ކުރާ މީހަކީމެއް ނޫނޭ. ނުބައި ކަންތައްތައްކޮށް އުޅޭ މީހަކީމެއް ނޫނޭ. ހިލޭ އަންހެނަކާއެކު ގުޅުމެއް ހިންގާ މީހެއް ވެސް ނޫނޭ. އަދި އެހެރަ ޓެކްސް ނަގާ މީހާ ކަހަލަ މީހަކީމެއް ވެސް ނޫނޭ.