Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 15:29 - ކިތާބުލް މުޤައްދަސާ

29 ނަމަވެސް މި ދޮށީ ދަރިފުޅު އޭނާގެ ބައްޕައަށް ބުނި. ’⁠މި ހުރިހާ އަހަރު އަހަރެން ބައްޕަގެ ދަނޑުތަކުގައި އަޅަކު ފަދައިން މަސައްކަތް ކުރިމޭ. އަދި ދުވަހަކު ވެސް ނުކިޔަމަންތެރިއެއް ނުވަމޭ. ނަމަވެސް އަހަރެންގެ ރައްޓެހީންނާއި އެކު މަޖާ ކޮށްލާ ޕާޓީއެއް ބާއްވާލަން ޅަ ބަކަރިއެއްގެ މިންވަރު ވެސް ބައްޕަ ނުދޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 15:29
23 ပူးပေါင်းရင်းမြစ်များ  

އެމީހުން ބުނި. ’⁠އެންމެފަހުން މަސައްކަތް ކުރުމަށް އައި މީހުންނަށް މަސައްކަތް ކުރެވުނީ އެންމެ ގަޑިއެއްގެ އިރޭ. ނަމަވެސް ދުވާލު ހަތަރު ދަމު އަވީގައި މަސައްކަތް ކުރި މީހުންނާއި އެއްވަރަށް އެބައިމީހުންނަށް ވެސް އުޖޫރަ ލިބުނު.⁠‘


ދޮށީ ދަރިފުޅު މިކަމާއި ވަރަށް ބޮޑަށް ރުޅި އައި. އަދި ގޭތެރެއަށް ވަނުމަށް އިންކާރު ކުރި. ދެން އޭނާގެ ބައްޕަ ބޭރަށް އައިސް އާދޭހާއި އެކު އޭނާ ގާތު ގޭތެރެއަށް ވަނުމަށް އެދުނު.


އެކަމަކު ބައްޕަގެ އެ ދަރި ބައްޕަގެ ލާރި ފާފަވެރި އަންހެނުންގެ މައްޗަށް ޚަރަދު ކޮށް ހުސް ކޮށްލާފައި އެނބުރި ގެއަށް އައުމުން ބައްޕަ ޚާއްސަކޮށް ފަލަ ކުރި ޅަ ގެރި އެކަން ފާހަގަ ކުރުމަށް ކަތިލާ ތިޔަ ބޮޑު ކެއުމެއް ތައްޔާރު ކުރީއޭ.⁠‘


އީސާގެފާނު ވިދާޅުވިއެވެ. ”⁠ހަމަ މިބުނި ފަދައިން ތިމާއަކީ ތައުބާ ވާން ނުޖެހޭ ދަރުމަވެރި މީހުން ކަމުގައި ދެކޭ ނުވަދިހަނުވަ މީހުންގެ މައްޗަށް ސުވަރުގޭގައި ފާޅު ކުރެވޭ އުފަލަށް ވުރެ ފާފަވެރިންގެ ތެރެއިން ތައުބާވާ އެންމެ މީހަކަށްޓަކައި ސުވަރުގޭގައި ފާޅު ކުރެވޭ އުފާ މާ ބޮޑުވާނެ.⁠“


ހަމައެ ގޮތަށް ކަލޭމެންނަކީ ވެސް މާތްރަސްކަލާނގެ އަޅުން. ވީމައި މާތްރަސްކަލާނގެ އަންގަވާ ހުރިހާ ކަންތައްތަކެއް ކުރުމަށް ފަހު އަމިއްލަ ނަފްސުގެ މައްޗަށް ބުނޭ. ’⁠އަހަރެމެންނަކީ މާތްރަސްކަލާނގެ އަޅުންނޭ. ވީއިރު މިކުރި ހުރިހާ ކަމަކީ ހަމަ އަހަރެމެން ކުރަންޖެހިފައިވާ ކަންތައްތަކޭ.⁠‘⁠“


އެމީހުންގެ ދީންވެރިކަމުގެ ސަބަބުން މާތްރަސްކަލާނގެ އެމީހުންނާ ދޭތެރޭ އެހެން އެންމެންގެ މައްޗަށް ރުހިވޮޑިގެންވާ ވަރަށް ވުރެ ބޮޑަށް ރުހިވޮޑިގެންވާ ކަމުގައި ހީކޮށް އަދި އެމީހުންނަކީ އެހެން މީހުންނަށް ވުރެން މާ ރަނގަޅު ބަޔަކު ކަމުގައި ދެކިގެން ތިބި ބަޔަކަށް އީސާގެފާނު މި މާނަފުން ވާހަކަ ވިދާޅުވެ ދެއްވިއެވެ.


އެއީ ތިޔަބޭފުޅާއަކީ ހަރުކަށި މީހަކަށް ވާކަން އަޅުގަނޑަށް އެނގޭތީއޭ. އަދި ތިޔަބޭފުޅާއަކީ ތިޔަބޭފުޅާއަށް ޙައްޤު ނޫން ތަކެތި މީހުން އަތުން އަތުލައްވާ އަދި ތިޔަބޭފުޅާ ގޮވާން ނުކުރައްވާ ގޮވާން ދަނޑުތަކުން ގޮވާން އަތުލައްވާ ހައްދަވާ މީހަކަށް ވާތީ އެކަމުގެ ބިރަށޭ.⁠‘


ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ! ފޮރުވިގެންވީ މަންނާއިން ބައެއް އަހަރެން ނަސްރު ހޯދާ ފަރާތްތަކަށް ދޭނަން. އަދި ހުދު ހިލައިގައި އާ ނަމެއް ލިޔެ އެއިން ކޮންމެ ފަރާތަކަށް އަހަރެން ދޭނަން. ނަމަވެސް އެ ހިލަ ލިބިދޭ ފަރާތަށް މެނުވީ އެ ހިލައިގައިވާ ލިޔުމެއް އެނގިގެންނުވާނެ.⁠“


ތިޔަބައިމީހުން ބުނޭ. ’⁠އަހަރެމެންނީ މުއްސަނދި އަދި ތަނަވަސްވާނޭ ބައެއް. އަހަރެމެންނަކަށް އެއްވެސް ކަމަކަށް ބޭނުމެއް ނުވޭ.⁠‘ ނަމަވެސް ތިޔަބައިމީހުންނަށް ހުރި ހިތްދަތިކަމާއި، ނިކަމެތިކަމެތިކަމާއި، ފަގީރުކަމާއި، ލޯކަނުކަމާއި އަދި ތިޔަބައިމީހުން ތިބި ބަރަހަނާ މިންވަރު ތިޔަބައިމީހުންނަށް އެނގިގެން ނުވޭމެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ