Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 15:24 - ކިތާބުލް މުޤައްދަސާ

24 މިއަދު މަގޭ މަރުވެފައި ވީ ދަރިފުޅަށް އަލުން އާ ޙަޔާތެއް ލިބިއްޖޭ. މަގޭ ގެއްލިފައި ވީ ދަރިފުޅު ފެނިއްޖޭ.⁠‘ ދެން އެއަށް ފަހު އެބައިމީހުން މިކަން ފާހަގަ ކުރުމަށްޓަކައި އުފާ ފާޅުކުރުމަށް ފެށި.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 15:24
34 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ޔަޢުޤޫބުގެފާނު މިފަދައިން ވިދާޅުވިއެވެ. ”⁠ކަލޭމެންގެ ތިޔަ ބުނި ބުނުން އަހަރެން މިހާރު ގަބޫލުކޮށްފިން. އަހަރެންގެ ދަރިފުޅު ޔޫސުފު ދިރި ދުނިޔޭގައި އެބަ ހުންނެވި. އަދި އަހަރެން މަރުވުމުގެ ކުރިން އޭނާ ދުށުމަށް އަހަރެން ދާނަމު.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންނާއި އެކުގައި އާދޭ. އަދި މަރުވެފައިވާ މީހުން، އެމީހުންގެ ތެރެއިން މަރުވާ އެހެން މީހުން ވަޅުލިޔަދީ!⁠“


އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ބެތުސައިދާ އަށް ވަޑައިގެންނެވި ހިނދު، މީސްތަކުންގެ ތެރެއިން ބަޔަކު ލޯފަން މީހަކު އެކަލޭގެފާނުގެ އަރިހަށް ގެނައެވެ. އަދި އެ ލޯފަން މީހާގެ ގައިގައި އެކަލޭގެފާނު އަތްޕުޅު ބީއްސަވާލެއްވުމަށް އެދި އެމީހުން އާދޭސް ކުރިއެވެ.


ހަރުފަ އާއި ނަގުލަންދާށީގެ މައްޗަށް ފައިން އަރާ ޗިސްޗިސް ކޮށްލުމަށާ ޝައިތާނާގެ ހުރިހާ ބާރެއް ނެތިކޮށްލުމަށް އަހަރެން ކަލޭމެންނަށް ބާރު ދީފިން. އެއްވެސް އެއްޗަކަށް ކަލޭމެންނަކަށް އަނިޔާއެއް ނުދެވޭނެ.


އަދި ޚާއްސަ މުނާސަބަތަކަށްޓަކައި ފަލަ ކުރެވިފައިވާ ޅަ ގެރި ކަތިލާ ބޮޑު ކެއުމެއް ތައްޔާރު ކުރާށޭ. މި އުފާވެރި މުނާސަބަތު ފާހަގަ ކުރަން ވާނޭ.


މި ވަގުތު މިދަނޑުވެރިޔާގެ ދޮށީ ދަރިފުޅު އުޅުނީ ދަނޑުތަކުގެ މަސައްކަތުގަ. އޭނާ މަސައްކަތުން ނިމިގެން އެނބުރި ގެއަށް އައިއިރު ގޭދޮށުގައި މީސްތަކުން ލަވަކިޔައި ނަށައި އުޅޭ ތަން ފެނި


ނަމަވެސް މިއަދު ކަލޭގެ ގެއްލިފައި ވީ ކޮއްކޮ އެނބުރި އައި ހިނދު އެކަމުގެ އުފަލުގައި އަހަރެމެން މިކެއުން ތައްޔާރުކޮށް އުފާ ފާޅުކުރަން ޖެހޭނޭ. އެއީ ކަލޭގެ ކޮއްކޮ ވީ މަރުވެފައޭ. ނަމަވެސް މިހާރު އޭނާއަށް އަލުން ޙަޔާތެއް ލިބިއްޖޭ. އޭނާ ވީ ގެއްލިފައޭ. ނަމަވެސް އަލުން އޭނާ ފެނިއްޖޭ.⁠‘⁠“


”⁠މިސާލަކަށް ކަލޭމެންގެ ތެރެއިން މީހަކު އަތުގައި ސަތޭކަ ކަންބަޅި ވަނިކޮށް އޭގެތެރެއިން އެކަތި މަގުއޮޅި ގެއްލިގެން ހިނގައްޖެ ނަމަ އެމީހާ ކުރާނީ ކީއް؟ އޭނާ އަނެއް ނުވަދިހަ ނުވަ ކަންބަޅި ވިނަ ކާން ދަނޑުގެ ތެރެއަށް ދޫކޮށްފައި ގެއްލިފައި ވީ ކަންބަޅި ހޯދަން ދާނެ.


އިންސާނާގެ ދަރިކަލުން މި ދުނިޔެއަށް އައީ މަގުއޮޅި ގެއްލިފައިވާ މީހުން ހޯދާ ސަލާމަތް ކުރުމަށްޓަކާ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠މަރުވެފައިވާ މީހުން އެމީހުންގެ ތެރޭން މަރުވާ މީހުން ވަޅުލިޔަދީ! ނަމަވެސް ކަލޭ މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭގޮތުން މީސްތަކުންނަށް އިޢުލާން ކުރޭ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠މީހުންނަށް އަލުން ދިރުން ދޭނީ އަހަރެން. އަދި މީހުންނަށް ނިމުންނުވާ ދިރިހުރުން ދެނީ ވެސް ހަމަ އަހަރެން. އަހަރެން ގަބޫލުކޮށް އީމާންވާ މީހުން މަރުވިޔަސް ދިރިތިބޭނެ.


ބައްޕާފުޅު މީސްތަކުން މަރުވުމަށް ފަހު އަލުން ދިރުއްވާހެން ހަމަ ދަރިކަލުން ވެސް އެދަރިކަލުން ބޭނުންފުޅު މީހަކަށް ދިރުން ދެއްވާނެ.


މާޒީގައި ތިޔަބައިމީހުންނީ ރޫޙާނީ ގޮތުން މަރުވެފައިވާ ބައެކެވެ. ސަބަބަކީ މާތްރަސްކަލާނގެ ކިބަފުޅަށް ތިޔަބައިމީހުން އުރެދި، ފާފަވެރިވުމުންނެވެ.


ވީމާ، މާތްރަސްކަލާނގެ ކިބަފުޅަށް އުރެދުމުގެ ސަބަބުން އޭރު އަހަރެމެން ރޫޙާނީ ގޮތުން މަރުވެފައި ވިޔަސް އަލްމަސީޙާއި އެކުގައި އެއްބައިވަންތަވުމުން އެކަލާނގެ އާ ޙަޔާތެއް އަހަރެމެންނަށް ދެއްވިއެވެ. މާތްރަސްކަލާނގެ ނިޢުމަތްފުޅުން ތިޔަބައިމީހުންނަށް ސަލާމަތްތެރިކަން ލިބިގެންވެއެވެ.


އެއީ އެއަލިކަމުގައި އެންމެހާ ތަކެތި ފެނިދެނިވެއެވެ. އެގޮތުން މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ބަޔާންކުރައްވާފައި ވެއެވެ. ”⁠ނިދާފައިވާ އިންސާނާ ނިކަން ހޭލާށޭ! މަރުވެފައިވާ މީހުންގެ މެދުން ތެދުވޭ. އަދި އަލްމަސީޙުގެ ނޫރުފުޅުން ތިބާގެ މައްޗަށް އަލިކަން ވިދާ ބަބުޅާނެ.⁠“


މާޒީގައި ތިޔަބައިމީހުން ވަނީ ތިޔަބައިމީހުން ކުރި ފާފައިގެ ސަބަބުން ރޫޙާނީ ގޮތުން މަރުވެފައެވެ. އެއީ އޭރު ތިޔަބައިމީހުންގެ ފާފަވެރި ތަބީޢަތް ކަނޑާ އެއްލާލެވިފައި ނުވާތީއެވެ. ދެން މާތްކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައި އަލްމަސީޙާއި އެކުގައި ދިރުއްވީއެވެ.


ނަމަވެސް މިފަދަ ހުވަފަތް އަންހެނުން އެދުންވެރި ހިތަކައިގެން ދިރިއުޅުން ވޭތުކުރާ ކަމުގައި ވަނީނަމަ ދިރިހުރި ކަމުގައިވިޔަސް ރޫޙާނީ ގޮތުން އެކަނބަލުން ވަނީ މަރުވެފައެވެ.


ތިޔަބައިމީހުން އީސާގެފާނަށް ލޯބި ފާޅު ކުރުމުގެ ގޮތުން އެއްބައިވަންތަ ގުޅުން ގާއިމު ކުރުމަށް ބާއްވާ ޖާފަތުގެ ތެރޭގައި ކައިބޮއި ހަދާއިރު ރީތި އެއްޗެއްގައި ޖެހިފައިވާ ލައްގަނޑެއްހެން އެމީހުން އެ ރީތި މާހައުލު ޚަރާބު ކުރެއެވެ. އެބައިމީހުން ލަދެއް އަގަލައެއް ނުވާ ބަކަރި ގޮވީންތަކެއް ފަދައެވެ. އެފަދަ މީހުންގެ ބަކަރިތަކަށް ކާން ދޭކަށް ނޫޅޭނެއެވެ. އެމީހުން ބަލާނީ އެމީހުންނަށް ކެވޭތޯއެވެ. އެއީ ވައިރޯޅިއާއެކު ދަތުރުކުރާ ވިލާގަނޑެއް ފަދަ ބަޔެކެވެ. އެޔަކުން ބިމަކަށް ވާރެއެއް ނުވެހެއެވެ. އެމީހުން ޚަރީފު މޫސުމުގެ ފަތްތަކެއް ފަދައެވެ. އެ ފަތްތައް ހުންނަނީ މަރުވެ ހިކިފައެވެ. އެއީ މުލުން ލުހެލެވިފައިވާ މޭވާ ނާޅާ ގަސްތަކެއް ފަދަ ބަޔެކެވެ.


”⁠ސަރުދީސްގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ މާތްރަސްކަލާނގެ ހަތް ރޫޙުފުޅާއި ހަތް ތަރި ހިފަހައްޓައިގެންވާ ފަރާތުން ދިން ޚަބަރެއް. ތިޔަބައިމީހުން ކުރަމުން ގެންދާ ކަންތައްތައް އަހަރެންނަށް އެނގޭ. މީހުން ދަންނަގޮތުގައި ތިޔަބައިމީހުންނީ ދިރިތިބި ބައެއް. ނަމަވެސް ޙަޤީޤަތުގައި ތިޔަބައިމީހުން ތިޔަތިބީ މަރުވެފަ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ