23 އަދި ޚާއްސަ މުނާސަބަތަކަށްޓަކައި ފަލަ ކުރެވިފައިވާ ޅަ ގެރި ކަތިލާ ބޮޑު ކެއުމެއް ތައްޔާރު ކުރާށޭ. މި އުފާވެރި މުނާސަބަތު ފާހަގަ ކުރަން ވާނޭ.
އެހެން ވިދާޅުވުމަށް ފަހު ދުވެވަޑައިގެން އެކަލޭގެފާނުގެ ޖަނަވާރުތަކުގެ ތެރެއިން ރޫފަ ރަނގަޅު މަސްފަލަ ޅަގެރިއެއް ހިއްޕަވައިގެން ވަޑައިގަންނަވައި ނޯކަރަކާ ހަވާލު ކުރައްވައި، އަވަހަށް ފަރިއްކޮޅެއް ތައްޔާރު ކުރުމަށް ވިދާޅުވިއެވެ.
ނަފްރަތުގެ ތެރޭގައިކާ ބޮޑު ކޭމަކަށް ވުރެން ލޯތްބާއެކު ލިބޭ ކުޑަ ކާއެތިކޮޅު މާރަނގަޅެވެ.
އެކަމަނާ ޖަނަވާރެއް ކަތިލައި އޭގެ މަހާއި މޭބިސްކަދުރުދިޔަ ގެނެސް ބޮޑު ޖާފަތެއް ތައްޔާރު ކޮށްފިއެވެ.
ނަމަވެސް އޭނާގެ ބައްޕަ ނޯކަރުންނަށް ގޮވާ ގެނެސް ބުނި. ’އަވަހަށް ގޮސް މޮޅު އަގުބޮޑު ހެދުމެއް ގެނެސް މީނާއަށް ދޭށޭ. މީނާގެ އިނގިލީގައި އަޅާނެ އަންގޮޓިއަކާއި އަރާނެ ފައިވާނެއް ވެސް ގެނެސްދޭށޭ.
މިއަދު މަގޭ މަރުވެފައި ވީ ދަރިފުޅަށް އަލުން އާ ޙަޔާތެއް ލިބިއްޖޭ. މަގޭ ގެއްލިފައި ވީ ދަރިފުޅު ފެނިއްޖޭ.‘ ދެން އެއަށް ފަހު އެބައިމީހުން މިކަން ފާހަގަ ކުރުމަށްޓަކައި އުފާ ފާޅުކުރުމަށް ފެށި.
އަންހެންމީހާގެ ގޭގައި ފަލަ ޅަގެރިއެއް އޮތެވެ. އޭނާ އަވަހަށް އޭތި ކަތިލާފައި ފުށް މޮޑެ ކަމީރު ނުލައި ރޮށި ފިހެފި އެވެ.