Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 15:2 - ކިތާބުލް މުޤައްދަސާ

2 އެތާނގައި ދީނީ ބޮޑުން ކަމުގައިވާ ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން ވެސްވިއެވެ. މިބައިމީހުން މިކަމާ މެދު ޝަކުވާކޮށް ފާޑުކިއުމުގެ ގޮތުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠މިމީހާއަކީ ފާފަވެރިންނާއި އެކު ކައި ބޮއި އެމީހުންނާއި ވާހަކަ ދައްކާ ހެދުމަށް ވަރަށް އެދޭ މީހެއް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 15:2
12 ပူးပေါင်းရင်းမြစ်များ  

އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން އައީ ރަލާއި އާދައިގެ ކާނާ ކައިގެން. ވީމާ އެމީހުން ބުނޭ. ’⁠ނިކަން ދެކެބަލަ! އޭނާއަކީ ކެއުމަށް ވަރުހުންނަ ރާބޯ މީހެކޭ. އަދި ޓެކްސް ނަގާ މީހުންނާއި އެންމެ ނުބައި ފާފަވެރިންގެ ވެސް އެކުވެރިއެކޭ.⁠‘ ނަމަވެސް، ނަތީޖާއެއްގެ ގޮތުން މާތްރަސްކަލާނގެ ޙިކުމަތްވަންތަކަން ދައްކަވައިދެއްވާނެ.⁠“


ފަރީސީންނަށް މިތަން ފެނި އީސާގެފާނުގެ އަސްޙާބީންގެ ކައިރިން އެހިއެވެ. ”⁠ކަލޭމެންގެ އެދުރުކަލޭގެ ޓެކްސް ނަގާ މީހުންނާއި އަދި އެހެނިހެން ފާފަވެރިންނާއި އެކުގައި ކައި އެހަދަނީ ކީއްވެ؟⁠“


އެހެންކަމުން އީސާގެފާނު އެބައިމީހުންނަށް މި މާނަފުން ވާހަކަ ވިދާޅުވެ ދެއްވިއެވެ.


އެއްވެފައިވާ މީސްތަކުން މިކަންތައް ދެކެ މިކަމާއި ނުރުހި ފާޑުކިޔުމުގެ ގޮތުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠އޭނާ އެދިޔައީ ފާފަވެރިޔެއްގެ މެހުމާނަކު ކަމުގައި ވުމަށް!⁠“


މިތަން ދެކެ ފަރީސީންނާއި އެމީހުންގެ ބައިގައި ހިމެނޭ ދީނުގެ ދަންނަބޭކަލުން ހިތްހަމަ ނުޖެހިގެން އެކަލޭގެފާނުގެ އަސްޙާބީންނަށް ބުންޏެވެ. ”⁠ކަލޭމެން ޓެކްސް ނަގާ މީހުންނާ ފާފަވެރިންނާއިއެކު އެއްސުފުރާ މަތީ ކައިބޮއި ތިޔަހަދަނީ ކީއްވެ؟⁠“


އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން އެހެން އެންމެންނެކޭ އެއްގޮތަށް ކައިބޮއި އުޅެން. އެހެންކަމުން ކަލޭމެން އަހަރެންނާއި ދިމާލަށް ތިޔަބުނަނީ އަހަރެންނަކީ ކެއުމަށް ވަރުހުންނަ ރާބޯ މީހެކޭ. އަދި ފާފަވެރިންނާއި ޓެކްސް ނަގާ މީހުންގެ އެކުވެރިއެކޭ.


އީސާގެފާނަށް ދަޢުވަތު ދިން ފަރީސީނުގެ މީހާއަށް މިތަން ފެނުމުން އޭނާ ހިތާހިތާ ކިޔެވެ. ”⁠މިމީހާއަކީ ރަސޫލަކު ނަމަ އޭނާގެ ގައިގައި އެއަތްލަނީ ކޮންކަހަލަ މީހެއްކަން އަދި މި އަންހެންމީހާއަކީ ކޮންކަހަލަ މީހެއްކަން އެނގުނީހެއް ނޫން ހޭ؟ މި އަންހެން މީހާއަކީ ފާފަވެރިއަކުކަން އެނގުނީހެއް ނޫން ހޭ؟⁠“


”⁠ކަލޭ ތިޔަ އައީ ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ މީހުންގެ ގޭގައި ހުރެފަ. އަދި އެމީހުންނާއި އެކު އެއްސުފުރާ މަތީ ކައި ވެސްފަ.⁠“


ޔާމިޒު ފޮނުވައިގެން އެރަށަށް އައި މީހުން އައުމުގެ ކުރިން ޕަތަރަސް ބަނީއިސްރާއީލު މީހުން ނޫން މީހުންނާއިއެކު އެއްސުފުރާމަތީ ކައި އުޅުނެވެ. ނަމަވެސް ހަމަ މިމީހުން އައުމާއިކު އޭނާ އެފަދައިން ކަންކުރުން ހުއްޓާލިއެވެ. އެއީ މިޤަވާއިދު ބޮޑު ޚިތާނު ކުރުމަކީ މަޖުބޫރުކަމެއް ކަމުގައި ދުށް މީހުންދެކެ ޕަތަރަސް ބިރުގަނެ އެމީހުން ބުނެފާނެ އެއްޗަކާއިމެދު ޖެހިލުން ވީތީއެވެ.


މިއީ ތެދު ބުނުމެކެވެ. އަދި ކޮންމެ މީހަކަށް ވެސް ގަބޫލުކުރެވޭނެ ފަދަ ތެދު ޙަޤީޤަތެވެ. އީސާ އަލްމަސީޙު ދުނިޔެއަށް ވަޑައިގެންނެވީ ފާފަވެރިން ސަލާމަތް ކުރެއްވުމަށްޓަކައެވެ. އަދި އެފަދަ ފާފަވެރިންގެ ތެރެއިން އަހަރެންނަކީ އެންމެ ނުބައި ފާފަވެރިޔާއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ