Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 15:18 - ކިތާބުލް މުޤައްދަސާ

18 އަހަރެން އެނބުރި ބައްޕަގެ ކައިރިއަށް ދާންވީއޭ. އަދި ބައްޕައަށް ބުނާނަމޭ. ބައްޕާއޭ. އަހަރެން ބައްޕައާއި އަދި މާތްރަސްކަލާނގެއާއި ދެކޮޅުވެ ފާފަ ކޮށްފީމޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 15:18
36 ပူးပေါင်းရင်းမြစ်များ  

ދަރިން ތަރުބިއްޔަތު ކުރުމުގައި އިހުމާލު ނުވާށެވެ. އެކުދިންނަށް އަދަބެއް ދިނުމަކުން މަރެއް ނުވާނެއެވެ.


އެ ހިނދު މިއަޅާއަށް ހީކުރެވުނު. އިނބަރަސްކަލާނގެ ބައްލަވާވޮޑިގަތުމުގެ ދަށުން މިއަޅާ މި ބޭރުވީތާއޭ. އެހެނަސް އެ މަތިވެރި ބައިތުލް މަޤްދިސަށް މިއަޅާ އަލުން ގެންދަވާނެކަމުގެ އުންމީދު މިއަޅާ ގެއްލުވައެއް ނުލަން.


ފަހަރުގައި މާތްކަލާނގެ އިރާދަފުޅު ބަދަލުކުރައްވައި އަހަރެމެންގެ މައްޗަށް އޯގާވަންތަވެ ވޮޑިގެން އަހަރެމެން މަރުން މިންޖު ކުރައްވައި މި ރަށް ސަލާމަތް ކުރައްވައި ފާނެއެވެ.⁠“


އެބައިމީހުން އެބައިމީހުންގެ ފާފަތަކަށް އެއްބަސްވުމުން އެކަލޭގެފާނު އެމީހުން އުރުދުން ކޯރުގައި ތައުބާގެ ހިނެވުމުން ހިނަވައިދެއްވިއެވެ.


އަނެކުންގެ ކުށްތަކަށް ތިޔަބައިމީހުން މަޢާފްކޮށްފި ނަމަ، އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅު ތިޔަބައިމީހުންގެ ކުށްތައް ވެސް ޢަފޫ ކޮށްދެއްވާނެ.


ވީމާ ތިޔަބައިމީހުން ދުޢާ ދަންނަވާ ހިނދު މިފަދައިން ދުޢާ ދަންނަވާ: ’⁠އުޑުގައި ވޮޑިގެންވާ އަޅަމެންގެ ބައްޕާފުޅާ! އިނބަރަސްކަލާނގެ ނަންފުޅަށް މާތްކޮށް ޤަދަރު ކުރުމަށް އަޅަމެންނަށް އެހީތެރިވެ ވޮޑިގަންނަވާ ފާނދޭވެ!


ތިޔަބައިމީހުންނީ ނުބައި ބަޔަކު ކަމުގައި ވިޔަސް ތިޔަބައިމީހުންގެ ދަރިންނަށް ރަނގަޅު ހަދިޔާ ދޭން ދަނޭ. ވީއިރު ތިޔަބައިމީހުންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ޙަޟްރަތުން އެދޭ މީހުންނަށް ރަނގަޅު ތަކެތި ކިހާ މިންވަރަކަށް ދެއްވާނެ!⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން ދުޢާކުރާއިރު މިފަދައިން ދުޢާކުރޭ. ’⁠ބައްޕާފުޅާ! އެންމެހައި މީސްތަކުން އިނބަރަސްކަލާނގެ ނަންފުޅަށް މާތްކޮށް ހިތާ ޤަދަރު ކުރާނޭ ފަދައިން ހިންމަވާފާނދޭ. އިނބަރަސްކަލާނގެ ރަސްކަންފުޅު މި ދުނިޔޭގެ މައްޗަށް ފޮނުއްވާފާނދޭ!


މިހެން ކަންތައް ދިމާވި ހިނދު އޭނާއަށް ވީ ގޮތް ވިސްނި ހޭޖެހި އޭނާ އޭނާގެ އަމިއްލަ ނަފްސަށް ބުނި. ’⁠މަގޭ ބައްޕަގެ ނޯކަރުންނަށް ވެސް އެމީހުންނަށް ނުކެވި ގިނަވާ ވަރަށް ވުރެ ގިނައިން ވެސް ކާން ލިބެއޭ. އެކަމަކު މަ މިތާނގައި މިބަނޑަށް މަރުވަނީއޭ.


ވީމާ އަހަރެންނަކީ މިހާރު ބައްޕަގެ ދަރިއެއްގެ ނަން ލިބުން ޙައްޤު މީހަކީމެއް ނޫނޭ. އެހެންނަމަވެސް ބައްޕަގެ ނޯކަރުންގެ ތެރެއިން މީހަކު ކަމުގައި އަހަރެން ގަބޫލު ކުރާށޭ.⁠‘


މި ހިނދު މިދަރިފުޅު ބުނި. ’⁠ބައްޕާއޭ. އަޅުގަނޑު ބައްޕައާއި އަދި މާތްރަސްކަލާނގެ އާއި ދެކޮޅުވެ ފާފަ ކޮށްފީމޭ. ވީމާ އަޅުގަނޑަކީ މިހާރު ބައްޕަގެ ދަރިއެއްގެ ނަން ލިބުން ޙައްޤު މީހަކީމެއް ނޫނޭ.⁠‘


މި ޓެކްސް ނަގާ މީހާ ވެސް ދުޢާކުރި. ނަމަވެސް އޭނާ އެއްކައިރިއެއްގައި އިސް އުފުލާލަން ވެސް ނުކެރި ހުރެ ވަރަށް އަސަރާއިއެކު ދުޢާކުރި. ’⁠މާތްރަސްކަލާކޯއޭ. އިނބަރަސްކަލާނގެ މިފާފަވެރިޔާގެ މައްޗަށް ރަޙުމް ކުރައްވާފާނދޭ.⁠‘⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ