Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 15:15 - ކިތާބުލް މުޤައްދަސާ

15 މި ހިނދު އޭނާ އެހިސާބުގަނޑުގެ ދަނޑުވެރިއެއްގެ ދަނޑުގައި މަސައްކަތް ކުރުމަށް ދިޔަ. މި ދަނޑުވެރިޔާ އޭނާއަށް ދިން މަސައްކަތަކީ އޭނާގެ އޫރުތައް ބެލެހެއްޓުމުގެ މަސައްކަތް.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 15:15
27 ပူးပေါင်းရင်းမြစ်များ  

ދެން މޫސާގެފާނާއި ހާރޫނުގެފާނު ފިރުޢައުނުގެ ގާތަށް ވަޑައިގެންފިއެވެ. ”⁠މާތްރަސްކަލާނގެ، ޢިބްރާނީންގެ ވެރި އިލާހު އެންގެވީ މިހެން: ’⁠ކަލޭމެން އަހަންނަށް ބޯނުލަނބައި ތިބޭނީ ކިހާ ދުވަހެއްވަންދެން ހޭ؟ ތިމަންކަލާނގެ މީހުން ދިއުމުގެ ހުއްދަ ދެއްވާށޭ. އޭރުން އެމީހުންނަށް ތިމަންކަލާނގެއަށް އަޅުކަން ކުރެވޭނެއޭ.


ޤުދުސީވެގެންވާ ތަކެތި ކުއްތާތަކަށް ނުދީ. އެއީ އެ ކުއްތާތައް މީހުންނާ ކުރިމަތިލާ ހަމަލާދޭ. އަދި ތިޔަބައިމީހުންގެ އަތުގައިވާ މުތްތައް އޫރުތަކުގެ ކުރިމައްޗަށް ނުއުކާ. އެއީ އެ އޫރުތައް އެ މުތްތަކަށް ފައިން އަރާ މުގުރާ ލާނެ.⁠“


ކުޑަ ދުވަސްކޮޅެއް ފަހުން މި ހަގުދަރިފުޅު އޭނާގެ ހުރިހާ މުދާ ވިއްކާލާ އެފައިސާ ހިފައިގެން އެހެން ދުރު ސަހަރަކަށް ހިނގައްޖެ. އަދި މިސަހަރުގައި އޭނާގެ ހުރިހާ ފައިސާއެއް މަޖާކޮށް ބޭނުން ނެތް ބޭކާރު ގޮތްތަކަށް ހޭދަކޮށްލި.


މި ދުވަސްވަރު މުޅި މިސަރަހައްދަށް ވަރަށް ބޮޑު ތަދަކާއި ކުރިމަތިލާން ޖެހުނު. އޭރު އޭނާގެ ހުރިހާ ލާރި ބޭނުންނެތް ގޮތުގައި ހޭދަކޮށް ހުސްވެއްޖެ. އޭނާއަށް ކާނޭ އެއްޗެއް ނުލިބި ބަނޑުހައި ހޫނުކަމުގެ ހާލުގައި ޖެހިއްޖެ.


މީނާގެ ބަނޑުހައި ހޫނުކަން ބޮޑުވެގެން އެކަމަށް ކެތް ނުކުރެވުމުގެ ސަބަބުން މިއޫރުތައް އެކާ ހިތިތޮޅިތައް ވެސް ކާން ލިބޭނެ ނަމައޭ އޭނާގެ ހިތަށްއެރި. މި ހާލުގައި ވީއިރު ވެސް އޭނާއަށް ކާއެއްޗެއް ދޭނޭ މީހަކު ނުވި.


އެއްދުވަސްވަރެއްގައި އަހަރެމެން ވެސް މޮޔަކަން މަތީ ނުކިޔަމަންތެރިވީމެވެ. އަހަރެމެން ދާންވީ މަގު ނޫން މަގަކުން ގޮސް ނުބައި އެދުންތަކުން ބަނދެވިގެން ވިއެވެ. އެއީ އޭރު އަހަރެމެންގެ ޙަޔާތް ނުބައިވެގެންވީ ކަންތަކުން ފުރި ޙަސަދަވެރި ވެފައި ވީތީއެވެ. އެހެންމީހުން އަހަރެމެންދެކެ ނަފްރަތު ކުރިފަދައިން އަހަރެމެން ވެސް އެމީހުންނާއިމެދު ނަފްރަތު ކުރީމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ