4 ނަމަވެސް އެމީހުން މި ސުވާލަކަށް އެއްވެސް ޖަވާބެއް ނުދިނެވެ. ދެން އެކަލޭގެފާނު މި ބަލި މީހާ ގެންނަވާ އެމީހާގެ ބަލި ފަސޭހަ ކުރައްވާ ފޮނުވާލެއްވިއެވެ.
އީސާގެފާނުގެ އެ ސުވާލަށް އެއްވެސް މީހަކަށް އެއްވެސް ޖަވާބެއް ނުދެވުނެވެ. އަދި އެދުވަހަށް ފަހު އެކަލޭގެފާނާއި އިތުރަށް ސުވާލެއް ކުރެވޭހާ ހިތްވަރެއް އެބައިމީހުންނަށް ލިބިގެން ނުވިއެވެ.
އީސާގެފާނު ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން ކުރެން ސުވާލު ކުރެއްވިއެވެ. ”ސަބަތުގެ ދުވަހުގައި މީހެއްގެ ބަލި ފަސޭހަ ކުރުމަކީ ދީނުގައި ހުއްދަ ކަމެއް ތަ؟“
ދެން އެކަލޭގެފާނު އަނެއްކާވެސް އެމީހުންނާއި ސުވާލު ކުރެއްވިއެވެ. ”ކަލޭމެންގެ ދަރިއަކު ނުވަތަ ކަލޭމެން ގެންގުޅޭ ގެރިއެއް ސަބަތުގެ ދުވަހެއްގައި ވަޅަކަށް ވެއްޓިއްޖެ ނަމަ ކަލޭމެން އެ ކުއްޖާ ނުވަތަ އެގެރި ވަގުތުން ވަޅުން ނުނަގާނަން ތަ؟“