Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 14:33 - ކިތާބުލް މުޤައްދަސާ

33 ވީމާ ކަލޭމެންގެ ތެރެއިން ކޮންމެ މީހަކު ވެސް އަހަރެންގެ އަސްޙާބީއަކަށް ވުމުގެ ކުރިން އެކަމުގެ އަގު ވަޒަން ކުރަން ޖެހޭނެ. އެކަމުގެ އަގަކީ ކަލޭމެންގެ ހުރިހާ އެއްޗެއް. މިފަދައިން ކަން ނުކުރާ މީހަކަށް އަހަރެންގެ އަސްޙާބީއަކަށް ނުވެވޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 14:33
12 ပူးပေါင်းရင်းမြစ်များ  

”⁠އަހަރެންގެ ކައިރިއަށް އަތުވެއްޖެ ކޮންމެ މީހަކުމެ އެމީހެއްގެ ބައްޕަ އާއި މަންމައަށާއި އަނބިމީހާއަށާއި ދަރިންނަށާއި ބޭބެއިންނާއި ދައްތައިންނަށާއި އަދި ކީއްކުރަން އެމީހެއްގެ އަމިއްލަ ފުރާނައަށް ލޯބިވާވަރަށް ވުރެ ވެސް ބޮޑަށް އަހަރެން ދެކެ ލޯބިނުވަނީ ނަމަ އެމީހަކަށް އަހަރެން އެންގި މަގުން ހިނގާ އަހަރެންގެ އަސްޙާބީއަކަށް ނުވެވޭނެ.


އޭނާއަށް އެކަން ނުވާނެކަން އެނގުމުން އޭނާ އާއި ހަނގުރާމަ ކުރުމަށް އަންނަ ރަސްގެފާނު އެރަށާއި އެތައް ދުރުމިނެއްގައި ވަނިކޮށް ވަފުދެއް ފޮނުވާ ސުލްޙަ ވުމަށް އެދޭނެއެއް ނު؟


އެމީހުން ހަމައެވަގުތު އެމީހުންގެ ދޯނިތައް އެހެލުމަށް ފަހު ހުރިހާ އެއްޗެއް ދޫކޮށްލާފައި އީސާގެފާނުގެ އަރިހުގައި ދިޔައެވެ.


ހަމަ އެވަގުތު ލާވީ ހުރިހާ އެއްޗެއް ދޫކޮށްލާފައި ތެދުވެގެން އެކަލޭގެފާނާއި އެކުގައި ދިޔައެވެ.


ސަބަބަކީ ދެމާސް ދުނިޔޭގައި ވީ ތަކެއްޗަށް އޮތް ލޯތްބަކާ ހެދި އަހަރެން ދޫކޮށް ތިސަލޯނިކާއަށް ހިނގައްޖެއެވެ. ކިރީސްކީސު ވަނީ ގަލާތިޔާއަށް ގޮސްފައެވެ. އަދި ތީތުސް ދިޔައީ ދަލްމާތިޔާއަށެވެ.


އެއާ ޚިލާފަށް އެކަލޭގެފާނު ދެކެވަޑައިގެންނެވީ މިޞްރުގެ ޚަޒާނާއަށް ވުރެން އަލްމަސީޙަށްޓަކައި ލަދާއި ވޭނުގައި ހޭދަކުރެއްވުން މާ ރަނގަޅުކަމަށެވެ. އެކަލޭގެފާނު ބެއްލެވީ ކުރިމަގުގައި ލިބޭނެ އިނާމަކަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ