ލޫކާސް 14:32 - ކިތާބުލް މުޤައްދަސާ32 އޭނާއަށް އެކަން ނުވާނެކަން އެނގުމުން އޭނާ އާއި ހަނގުރާމަ ކުރުމަށް އަންނަ ރަސްގެފާނު އެރަށާއި އެތައް ދުރުމިނެއްގައި ވަނިކޮށް ވަފުދެއް ފޮނުވާ ސުލްޙަ ވުމަށް އެދޭނެއެއް ނު؟ အခန်းကိုကြည့်ပါ။ |
މިސާލަކަށް ކަލޭ އެމީހަކަށް ދަރާފައިވާ މީހަކު ކަލެއާ ދޭތެރޭ ދައުވާކޮށް ކަލޭ ގޮވައިގެން އިންސާފަށް ދާން ބޭނުންވި. ނަމަވެސް އިންސާފަށް ދިއުމުގެ ކުރިން އޭނާއާއި ސުލްޙަ ވުމަށް ގަދައަޅާ މަސައްކަތް ކުރޭ. ނޫނީ ކަލެއާމެދު ދައުވާކުރި މީހާ މައްސަލަ ޖެއްސުމުން ކަލެއަށް ގާޒީ ޙުކުމް އިއްވާނެ. އެ ޙުކުމުގައި ކަލޭ ބަންދުކުރާނެ.
ޞޫރު އާއި ޞައިދޫންގެ ރައްޔިތުންނާއި ހެރޮދު އާއި ދެމެދުގައި ވަނީ ހަމަނުޖެހުން އުފެދިފައެވެ. ނަމަވެސް ޞޫރު އާއި ޞައިދޫންގެ ރައްޔިތުން ހެރޮދު ރަސްގެފާނާއި ސުލްޙަވުމަށް އެދި އައެވެ. އެއީ އެދެރަށުގެ މީހުން ކެއުމަށް ބޭނުން ކުރާ ހުރިހާ ގޮވާމެއް ގަންނަނީ ހެރޮދުގެ ވެރިކަމުގެ ދަށުގައި ވާ ސަރަހައްދުގެ ބިންތަކުންނެވެ. އެމީހުން މި ގޮތަށް ކަން ކުރުމަށްޓާކާ އެ ރަސްގެފާނުގެ ޚާއްސަ ވަޒީރަކު ކަމުގައިވާ ބުލާސްތުސް އާއި ވާހަކަދައްކާ އޭނާ އެމީހުންގެ ކޮޅަށް ޖެއްސިއެވެ.