28 މިސާލަކަށް ކަލޭމެންގެ ތެރެއިން މީހަކު ބޮޑު އިމާރާތެއް ބިނާކުރަން ބޭނުން ވެއްޖިއްޔާ އެމީހަކު ފުރަތަމަ ރަނގަޅަށް ބަލާނީ އެކަން ކުރާ ވަރަށް އެމީހާގެ އަތުގައި ފައިސާ ހުރިތޯ އެއް ނު؟
ގެ ޢިމާރާތް ކުރުމުގެ ކުރީގައި ބިންގަނޑު ތައްޔާރުކޮށް ދަނޑުގޮވާން ކުރާށެވެ.
ތިޔަބައިމީހުން އަހަރެންނަށް އީމާންވުމުން އެންމެހާ މީސްތަކުން ތިޔަބައިމީހުން ދެކެ ނަފްރަތު ކުރާނެ. ނަމަވެސް އެ އީމާންތެރިކަމުގައި ފަހުވަގުތާ ހަމަޔަށް ތިޔަބައިމީހުން ދެމިތިބެއްޖެ ނަމަ، ތިޔަބައިމީހުން ދިންނަވާނެ.
އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”ހިޔަޅުތައް އުޅޭނެ ހޮހަޅަތައް ހުރޭ. އުދުހޭ ދޫނިތަކަށް ހާލިތައް ހުރޭ. އެކަމަކު އިންސާނާގެ ދަރިކަލުން ބޯ އަޅާލާނެ ތަނެއް ވެސް ނުވޭ.“
އަހަރެންގެ ބަސްތައް އަޑުއަހާ އެއަށް އީމާންވާ މީހުންނަކީ އެކަމުގެ ސަބަބުން އެމީހުންނަށް މަރުގެ އަދަބު ލިބި އަދި އަހަރެން ފަދައިން ސަލީބެއްގައި އޮވެ މަރުވާން ޖެހުނު ކަމުގައި ވިޔަސް އެކަމަށް ތައްޔާރުގައި ވާންޖެހޭނެ ބައެއް. އެފަދައިން ނުވާ މީހަކަށް އަހަރެންގެ އަސްޙާބީ އަސްޙާބީންނަކަށް ނުވެވޭނެ.
އެއީ އޭނާ އެ ބޮޑު ޢިމާރާތް ބިނާ ކުރުމަށްޓަކައި ބިންގާ އަޅާ ހެދުމަށް ފަހު އެ ޢިމާރާތް ނުނިންމައިފި ނަމަ އެ ޢިމާރާތް ފެންނަ ކޮންމެ މީހަކުމެ އޭނާއަށް މަލާމަތް ކުރާނެތީ.
ވީމާ ކަލޭމެންގެ ތެރެއިން ކޮންމެ މީހަކު ވެސް އަހަރެންގެ އަސްޙާބީއަކަށް ވުމުގެ ކުރިން އެކަމުގެ އަގު ވަޒަން ކުރަން ޖެހޭނެ. އެކަމުގެ އަގަކީ ކަލޭމެންގެ ހުރިހާ އެއްޗެއް. މިފަދައިން ކަން ނުކުރާ މީހަކަށް އަހަރެންގެ އަސްޙާބީއަކަށް ނުވެވޭނެ.
ނަމަވެސް ޕައުލް ޖަވާބުގައި ބުންޏެވެ. ”ކަލޭމެން ތިޔަ ހެން ރޮއެ އަހަރެންގެ ހިތްހަލާކު ތިޔަ ކުރަނީ ކީއްވެ؟ މާތް ސާހިބު އީސާގެފާނަށްޓަކައި އަހަރެން ޖެރޫސަލަމުގެ ޖަލަށް ދިއުމަށް، އަދި ކީއް ކުރަން، އެކަލޭގެފާނަށްޓަކައި ފުރާނަ ދިނުމަށް ވެސް އަހަރެން މިހިރީ ތައްޔާރަށް.“