ލޫކާސް 14:27 - ކިތާބުލް މުޤައްދަސާ27 އަހަރެންގެ ބަސްތައް އަޑުއަހާ އެއަށް އީމާންވާ މީހުންނަކީ އެކަމުގެ ސަބަބުން އެމީހުންނަށް މަރުގެ އަދަބު ލިބި އަދި އަހަރެން ފަދައިން ސަލީބެއްގައި އޮވެ މަރުވާން ޖެހުނު ކަމުގައި ވިޔަސް އެކަމަށް ތައްޔާރުގައި ވާންޖެހޭނެ ބައެއް. އެފަދައިން ނުވާ މީހަކަށް އަހަރެންގެ އަސްޙާބީ އަސްޙާބީންނަކަށް ނުވެވޭނެ. အခန်းကိုကြည့်ပါ။ |
އެ ފިރިހެނާ އާއި ދިމާއަށް އީސާގެފާނު ފުން ލޯތްބާއެކު ބައްލަވާލައްވާ އެމީހާއަށް ވިދާޅުވިއެވެ. ”ތިބާ ކުރަންޖެހޭ އޮތީ ހަމައެކަނި އެންމެ ކަމެއް. ތިބާގެ މިލްކުގައިވާނަމަ ވާހައި މުދަލެއް ވިއްކާލާ. އަދި އެ ފައިސާ ފަގީރުންނަށް ހޭދަކުރޭ. އޭރުން ތިބާއަށްޓަކައި ސުވަރުގޭގެ މުއްސަނދިކަން ލިބިގެންވާނެ. އެއަށް ފަހު އަހަރެންނާއިއެކުގައި ވުމަށް އާދޭ.“
އަދި ވޭނާއެކު މި ހުރިހާ ކަމެއް އަހަރެންނަށް ކުރިމަތި މިވަނީ މި ސަބަބަށްޓަކައެވެ. އެހެނަސް އަހަރެން ލަދުވެތި ނުވަމެވެ. އަހަރެން އިތުބާރުކުރާ ފަރާތަކީ ކޮބައިކަން އަހަރެން ދަންނަމެވެ. އެކަލޭގެފާނު އަހަންނާއި ޙަވާލު ކުރެއްވި ކަންތައް އެކަލޭގެފާނު އަލުން އަނބުރާ ވަޑައިގަންނަވާ ދުވަހާއި ހަމައަށް ރައްކާތެރި ކުރައްވާނެކަން އަހަންނަށް ކަށަވަރުވެއެވެ.