Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 14:21 - ކިތާބުލް މުޤައްދަސާ

21 އޭނާގެ ނޯކަރު މީހާ އައިސް މި ވާހަކަތައް ބުނުމުން ވެރިމީހާ މިކަމާއި ވަރަށް ބޮޑަށް ރުޅި އައި. ދެން އޭނާގެ ނޯކަރުންނަށް ބުނި. ’⁠އަވަހަށް ދާށޭ. މަގު މައްޗަށާއި ރަށުގެ ކުދި ގޯޅިތަކަށް ގޮސް ފަޤީރުންނާއި، ކޮރު މީހުންނާއި، ލޯއަނދިރި މީހުންނާ، ވާ މީހުންނާއި ގެންނާށޭ.⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 14:21
38 ပူးပေါင်းရင်းမြစ်များ  

ތިޔަބައިމީހުންގެ ތެރެއިން ބުރަ އުފުލައި ވަރުބަލިވެފައިވާ މީހެއް ވާނަމަ އަހަރެންގެ ކައިރިއަށް އާދޭ. އަހަރެން އެފަދަ މީހަކަށް އަރާމު ދޭނަން.


ލޯފަން މީހުންނަށް ފެނުން ދެއްވައި، ނުހިނގޭ މީހުންނަށް ހިނގާ ދެއްވައި، ޖުޒާމުބަލި ޖެހިފައިވާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވައި، ބީރު މީހުންނަށް އިވުން ދެއްވައި، މަރުވެފައިވާ މީހުންނަށް ދިރުން ދެއްވައި، އަދި ނިކަމެތިންނަށް ހެޔޮޚަބަރު ބުނެދެއްވައި ކަމުގައި.


އެއަށް ފަހު އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން އެއްސެވިއެވެ. ”⁠ކަލޭގެފާނު ތިޔަ ވިދާޅުވި އެއްޗެއްގެ ސަބަބުން ފަރީސީން ކަލޭގެފާނު ދެކެ ރުޅިއައިކަން ދެނަހުރިންތޯ؟⁠“


އެހެނިހެން ޚާދިމުންނަށް މި ހިނގާދިޔަ ޙާދިސާ ފެނި ނުހަނު ދެރަވި. އެހެންކަމުން އެބައިމީހުން ގޮސް އެރަސްގެފާނަށް ހިނގާދިޔަ ޙާދިސާގެ ޚަބަރުދިން.


އެބައިމީހުން އޭނާއަށް ޖަވާބު ދިން. ’⁠އެއްވެސް މީހަކު އަހަރެމެންނަށް މަސައްކަތެއް ނުދޭ.⁠‘ އެ ބިމުގެ ވެރިޔާ ބުނި. ’⁠ކަލޭމެން ވެސް އަހަރެންގެ މޭބިސްކަދުރު ދަނޑުގައި މަސައްކަތް ކުރުމަށް ދޭ.⁠‘


ކަލޭ ބޮޑުކެއުމެއް ތައްޔާރުކުރަނީ ނަމަ ފަގީރުންނަށާއި ނުހިނގޭ މީހުންނަށާއި ވާބަލި ޖެހިފައިވާ މީހުންނަށާ ލޯއަނދިރި މީހުންނަށް ދަޢުވަތު ދީ.


އަނެއް މީހަކު ބުނި. ’⁠އަހަރެން ހަމަ ދެންމެ މީހަކާއި އިނދެފީމޭ. އެހެންވެ މި ވަގުތު އާދެވޭކަށް ނެތޭ.⁠‘


އޭނާގެ ނޯކަރު މީހާ އެފަދައިން ކަންކުރުމަށް ފަހު އައިސް ބުނި. ’⁠ސާހިބާއޭ، މަނިކުފާނު ތި ބުނުއްވި ފަދައިން އަޅުގަނޑު ކަންތައް ކޮށްފީމޭ. ނަމަވެސް އަދިވެސް އެތަނެއް ނުފުރެއޭ.⁠‘


އަހަރެން ބުނަން. ދަޢުވަތު ދެވުނު އެކަކަށް ވެސް އަހަރެންގެ ކެއުމުގެ ރަހައެއް ނުލިބޭނޭ.⁠‘⁠“


އަދި މި ގޮވާލެއްވުން ދުނިޔޭގެ ހުރިހާ ޤައުމަކަށް ގޮވާލެވޭނެ. މި ގޮވާލެއްވުމަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ އަލްމަސީޙުގެ ނަންފުޅުގައި މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުމުން އެމީސްތަކުންގެ ފާފަތައް ފުއްސަވާނެ ކަމުގެ ގޮވާލެއްވުން. މި ގޮވައިލެއްވުން ދުނިޔޭގެ ޤައުމުތަކަށް ފެތުރޭނީ ޖެރޫސަލަމުން.


މި ބާރަ އަސްޙާބީން އެކަންތައްތަކުން ނިމިގެން އެނބުރި އައިސް އީސާގެފާނަށް އެމީހުން ކުރި ހުރިހާ ކަމެއްގެ ޚަބަރުތައް ފުރިހަމައަށް ކިޔާ ދެއްވިއެވެ. ދެން އީސާގެފާނު އެކަލޭގެފާނުގެ ބާރަ އަސްޙާބީންނާއި އެކު އެހެން މީހުންނާއި ދުރަށް ވަޑައިގަތުމަށްޓަކައި ބެތުސައިދާ އޭކިޔުނު ރަށަށް ދަތުރު ފެއްޓެވިއެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ދުނިޔެއަށް މިއައީ ކަންތައްތައް ފައިސަލާ ކުރެވޭނެ ގޮތް ހެދުމަށް. އަނދިރިމީހުންގެ ލޯ އަލިކޮށް ދިނުމަށާއި ފެންނަކަމަށް ހީކުރާ މީހުންގެ ލޮލަށް ކަންތައް ފެނުނަސް ނުފެންނަކަން ދައްކައި ދިނުމަށް.⁠“


ކަލޭމެންގެ އިސްވެރިންނަށް ކިޔަމަންވެ އެމީހުން އަންގަވާ ގޮތަކަށް ކަންތައް ކުރާށެވެ. އެމީހުންނަކީ ކަލޭމެންގެ ރޫޙާނީކަންތައް ބަލަހައްޓަވަމުން ގެންދަވާ މީހުންނެވެ. އެމީހުން ކުރި ކަންތަކާ މެދު މާތްރަސްކަލާނގެ ކުރައްވާ ސުވާލުތަކަށް އެމީހުން ޖަވާބުދާރީ ވާން ޖެހޭނެއެވެ. އެހެންކަމުން އެމީހުންނަށް ކަލޭމެންގެ ފަރާތުން ހިތްދަތިކަން ނުދޭށެވެ. އެމީހުން ރުއްސާށެވެ. އެހެންނޫނީ އެމީހުންނަކަށް ކަލޭމެންނާ މެދަކު އެހީތެރިއެއް ނުވެވޭނެއެވެ.


މިހެން މިކަންތައް އޮތް އިރު އީސާގެފާނުގެ ފަރާތްޕުޅުން އަންނަ މިފަދަ ނަޖާ ކުރެއްވުމަކާ މެދު ފަރުވާ ކުޑަކޮށްލައި ތިބެގެން އަހަރެމެން މިންޖުވާނީ ކިހިނެއްހެއްޔެވެ؟ އެންމެ ފުރަތަމައިނުން މި ދިންނެވުމުގެ ވާހަކަ އިއުލާން ކުރެއްވީ ޚުދު މާތްސާހިބާ އީސާގެފާނެވެ. އެކަލޭގެފާނު މިހެން ވިދާޅުވި އަޑު އެހި މީހުން މިކަން އަހަރެމެންނަށް ޔަޤީން ކޮށްދިނެވެ.


އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ ކަނުލައި އަޑުއަހާށެވެ! އީމާންތެރިކަމުގައި މުއްސަނދި ކުރުވުމަށް މާތްރަސްކަލާނގެ ޚިޔާރު ކުރެއްވީ މިދުނިޔެއިން ނިކަމެތި ފަގީރުންނެވެ. އަދި އެކަލާނގެ ލޯބިވެވޮޑިގަންނަވާ ފަރާތްތަކަށް އެކަލާނގެ ރަސްކަންފުޅުން ލިބިދޭ ޙައްޤާއިމެދު އެބައިމީހުންނަށް ވެސް ޙިއްސާ ކުރެވޭނެ ކަމުގެ ވަޢުދުވެވޮޑިގެންނެވިއެވެ.


އެކަލޭގެފާނުގެ އަނގައިން ތޫނު ކަނޑިއެއް ނުކުތެވެ. އެ ކަނޑިން އެންމެހާ ޤައުމުތައް އެކަލޭގެފާނު ފަތަޙަ ކުރައްވާނެއެވެ. ދަގަނޑު އަސާއަކުން އެބައިމީހުންގެ މައްޗަށް އެކަލޭގެފާނު ބާރު ހިންގަވާނެއެވެ. އަދި މާތް ކުޅަދުންވަންތަ މަތިވެރި ރަސްކަލާނގެ ކޯފާއިން މޭބިސްކަދުރުތައް އަޅާފައިވާ ތާނގީގެ ތެރޭގައި ހުރި މޭބިސްކަދުރުތައް އެކަލޭގެފާނުގެ ފައިންޕުޅުން ޗިސްކޮށް އެމޭބިސްކަދުރުން ދިޔަ ހައްދަވާނެއެވެ.


މާތްރަސްކަލާނގެ މާތްރޫޙުފުޅާއި އަދި އަލަތު އަނބިމީހާ ވިދާޅުވިއެވެ. ”⁠އާދޭ!⁠“ މިތަކެތި އަޑުއިވިގެންވާ ހުރިހާ އެންމެން ވެސް ކިޔާށެވެ. ”⁠އާދޭ!⁠“ ކަރު ހިއްކައިގަނެފައި ވާނަމަ ތިބާ އަންނާށެވެ. ޙަޔާތް ލިބިދޭ ފެނަށް އެދިގެންވާ ކޮންމެ ފަރާތަކުން އައިސް އެ ފެން ހޯދާށެވެ. އެ ފެނަކީ ހިލޭ ލިބިދޭނެ އެއްޗެއްމެއެވެ!


ކިލާގަނޑުން މީހާ ނަންގަވަނީ އެކަލާނގެ. ބޭނުން ޖެހިފައިވާ މީހާ ކުނިގޮނޑުން ނެރުއްވަނީ އެކަލާނގެ. އަދި ރަސްކަލުންގެ އަރިހުގައި ބައިންދަވަނީ އެކަލާނގެ. މީހާއަށް އިއްޒަތުގެ ތަޚުތު ދެއްވަނީ އެކަލާނގެ. އެހެނީ ބިމުގެ ބިންގާތަކަކީ މާތްރަސްކަލާނގެ މިލްކެއް. ބިމުގެ ބިންގާ އެޅުއްވީ އެކަލާނގެ.


ދާއޫދުގެ މީހުން އަނބުރާލާފައި ގޮސް މި ޚަބަރު ދާއޫދަށް ދީފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ