20 އަނެއް މީހަކު ބުނި. ’އަހަރެން ހަމަ ދެންމެ މީހަކާއި އިނދެފީމޭ. އެހެންވެ މި ވަގުތު އާދެވޭކަށް ނެތޭ.‘
އަނެއް މީހާ ބުނި. ’އަހަރެން ހަމަ ދެންމެ ގޮންގަނޑުގެރީގެ ދިހަ ގެރި ގަންފީމޭ. އެހެންވެ އަހަރެން މިހާރު މިދަނީ އެއެއްޗިހި ރަނގަޅުތޯ ބަލާށޭ. އަހަރެންގެ ސަލާން ގަބޫލު ކުރާށޭ.‘
އޭނާގެ ނޯކަރު މީހާ އައިސް މި ވާހަކަތައް ބުނުމުން ވެރިމީހާ މިކަމާއި ވަރަށް ބޮޑަށް ރުޅި އައި. ދެން އޭނާގެ ނޯކަރުންނަށް ބުނި. ’އަވަހަށް ދާށޭ. މަގު މައްޗަށާއި ރަށުގެ ކުދި ގޯޅިތަކަށް ގޮސް ފަޤީރުންނާއި، ކޮރު މީހުންނާއި، ލޯއަނދިރި މީހުންނާ، ވާ މީހުންނާއި ގެންނާށޭ.‘