2 އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ދުޅަބަލި ޖެހިފައިވާ މީހަކު އިނެވެ.
ސަބަތުގެ ދުވަހެއްގައި އީސާގެފާނު ފަރީސީނުގެ ތެރެއިން މަތީ މީހެއްގެ ގެއަށް ކެއުމަށް ވަޑައިގެންނެވިއެވެ. އެމީހުން އެދުވަހު އެކަލޭގެފާނުގެ ކޮންމެ ހަރަކާތްފުޅެއް ވަރަށް ފަރުވާތެރި ކަމާއިއެކު ބަލަން ތިއްބެވެ.
އީސާގެފާނު ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން ކުރެން ސުވާލު ކުރެއްވިއެވެ. ”ސަބަތުގެ ދުވަހުގައި މީހެއްގެ ބަލި ފަސޭހަ ކުރުމަކީ ދީނުގައި ހުއްދަ ކަމެއް ތަ؟“