Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 14:15 - ކިތާބުލް މުޤައްދަސާ

15 އެކަލޭގެފާނާއި އެކު މޭޒު ކައިރީ އިން މީހަކު މިއަޑު އަހާފައި އީސާގެފާނަށް ދެންނެވިއެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅުގެ ޙަޟްރަތުގައި ވާ ބޮޑުކެއުމުގައި ހިމެނޭނެ މީހުންނަށް ބަރަކާތް ހުރި!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 14:15
8 ပူးပေါင်းရင်းမြစ်များ  

ދެން މި ނުވިސްނޭ ފަސް އަންހެން ކުދިން ތެޔޮ ގަތުމަށް ޓަކައި ފިހާރައަށް ދިޔަ. އެ ވަގުތު އަލަތު ކައިވެނިވާ ފިރިހެނާ އައި. އަދި ތައްޔާރުވެ ތިބި ފަސް އަންހެން ކުދިން އަލަތު ކައިވެނިވާ ފިރިހެނާ އާއި އެކުގައި ކައިވެނީގެ ޙަފުލާއަށް ދިޔަ. އަދި އެތަނުގެ ދޮރު ބަންދުކޮށް ތަޅުލި.


ގިނަ ބަޔަކު އިރުމަތީ ފަރާތުންނާއި ހުޅަނގުފަރާތުން އައިސް އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، އަދި ޔަޢުޤޫބުގެފާނާއި އެކުގައި އިށީނދެ ތިބެ މާތްރަސްކަލާނގެ ރަސްކަންފުޅުގައި ޖާފަތުން ކާނެ.


އޭނާގެ ވެރިމީހާ އަންނައިރު ތައްޔާރަށް ތިބި ނޯކަރުންނަށް އެކަމުން ފައިދާވާނެ. އަހަރެން ބުނަންތަ؟ އޭރުން އެމީހުންގެ ވެރިމީހާ އުފަލުން އެމީހުން މޭޒު ދޮށަށް ގެނެސް އެމީހުންނަށް ކާން ހަދައިދޭނެ.


މުޅި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން މީސްތަކުން އައިސް މާތްރަސްކަލާނގެ ރަސްކަންފުޅުގެ ޙަޟްރަތުގައިވާ ބޮޑު ކެއުމުގައި އެމީހުންނަށްޓަކައި ޚާއްސަ ކުރެވިފައިވާ މަޤާމުތަކުގައި އިށީންނާނެ.


އަހަރެން ކަލޭމެންނަށް ޔަޤީންކަމާއިއެކު ބުނަން. މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުން މުޅިން ދިންނަވާ އަދި އަހަރެން އަލްމަސީޙު ފަދައިން މުޅި މި ދުނިޔޭގެ މައްޗަށް ވެރިކަން ކުރާ ދުވަހު އަހަރެން މިޢީދުގެ ކެއުން ކެއުމުން މިޢީދުގެ އަސްލު މާނަ ފުރިހަމަވެ ނިމޭނެ. އަދި މިފަދައިން ކަންތައްތައް ވުމުގެ ފަހުން ނޫނީ އަހަރެން މިޢީދުގެ ކެއުން އަލަކުން ނުކާނަން.⁠“


އެއީ އޭރުން ކަލޭމެން އަހަރެންގެ ރަސްކަމުގައި އަހަރެންނާއި އެއްމޭޒެއްގެ މަތީ ކައި ބޮއި އުޅުމަށް. އަދި ތަޚުތުތަކުގައި އިށީނދެ ބަނީއިސްރާއީލުގެ ބާރަ ދަރިކޮޅުގެ މައްޗަށް ހިސާބު ބެލުމަށް.⁠“


އެއަށް ފަހު، އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”⁠މި ތަކެތި ލިޔޭ: ޅަކަންބަޅީގެ ކައިވެނީގެ ޖާފަތަށް ދަޢުވަތު ލިބިގެންވާ ހުރިހާ އެންމެންނަށް އުފާވެރިކަން ލިބިގެންވޭ.⁠“ އަދި އިތުރަށް ވެސް އެ މަލާއިކަތާ ވިދާޅުވިއެވެ. ”⁠މިއީ މާތްރަސްކަލާނގެ ޙައްޤު ތެދު ބަސްފުޅު.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ