Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 14:11 - ކިތާބުލް މުޤައްދަސާ

11 އެއީ ހިތުގައި އަމިއްލަ ނަފްސުގެ މައްޗަށް ކިބުރުވެރިކަން ވާ ކޮންމެ މީހަކު ދަށްކުރެވޭނެ. އަދި ހިތުގައި ކިބުރުވެރިކަން ނުވާ ކޮންމެ މީހަކު މަތި ކުރެއްވޭނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 14:11
24 ပူးပေါင်းရင်းမြစ်များ  

ހިތްތިރި މީހުން އިނބަރަސްކަލާނގެ ސަލާމަތް ކުރައްވައެވެ. ކިބުރުވެރިން ދަށްކޮށް ލައްވައެވެ.


މާތްރަސްކަލާނގެއަށް ބިރުވެތިވުމުން ޙިކުމަތްތެރިޔަކަށް ވެވެއެވެ. ހިތްތިރި ކުރުމުން ޝަރަފު ލިބިގަނެވެއެވެ.


ބޮޑާކަން އެއީ މީހާގެ ހަލާކެވެ. ހިތްތިރިކަން އެއީ މީހާގެ ޝަރަފެވެ.


މާގިނައިން މާމުއި ބުއިން ރަނގަޅެއް ނޫނެވެ. ތިމާ އަމިއްލައަށް ޝަރަފު ހޯދައިގަންނަން އުޅުން ވެސް ރަނގަޅެއް ނޫނެވެ.


ބޮޑާކަމުން ގެނެސްދޭނީ ފަޟީހަތެވެ. ހިތްތިރި ކަމުން ގެނެސްދޭނީ ޝަރަފެވެ.


ތިޔަބައިމީހުންގެ ތެރެއިން ކިބުރުވެރިކަމުގައިވާ މީހާ ހިތްތިރިކުރައްވާނެ. އަދި ތިމާގެ ހިތްތިރިކޮށްގެން އުޅޭ މީހާ މަތިވެރިކުރައްވާނެ.⁠“


އަދި މިނިޢުމަތް މެދުވެރިކޮށް އެކަލާނގެ މަތިވެރި ބާރުފުޅު ދައްކަވާނެ. އަދި ހިތުގައި ބޮޑާކަމާއި ކިބުރުވެރިކަން ވާ މީހުން ވިއްސި ވިހާލި ކޮށްލައްވާނެ.


ރަސްރަސްކަލުން ތަޚުތުކޮޅުތަކުން ބާލުއްވާ، އާދައިގެ ނިކަމެތިން އެކަލާނގެ އިއްޒަތްތެރިކުރައްވާނެ.


ދެން އީސާގެފާނަށް ދަޢުވަތު ދިން މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ކަލޭ ޚާއްސަ ބޮޑު ކެއުމެއް ދެނީ ކަމުގައި ވީ ނަމަވެސް ހަމައެކަނި ކަލޭގެ ރަޙުމަތްތެރިން ނުވަތަ އެއްބަނޑު ތިމާގެ މީހުން ނުވަތަ ކަލޭގެ މުއްސަނދި އަވަށްޓެރިންނަށް އެކަނި ދަޢުވަތު ނުދޭތި. އެ ގޮތަށް ކަލޭ ކަންތައް ކުރީމާ އޭގެ ބަދަލުގައި އެމީހުން ވެސް ކަލެއަށް ދަޢުވަތު ދޭނެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠މި ދެމީހުން ދުޢާކޮށް ނިމިގެން ގެއަށް ދިޔައިރު މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބިގެން ވަނީ މި ޓެކްސް ނަގާ މީހާއަށް. ދީންވެރިޔާއަކަށް ނޫން. އެއީ ތިމާ ކުރާ ރަނގަޅު ކަންތަކުގެ މައްޗަށް ބޮޑާވެ އަދި އެކަންތައްތަކުގެ ސަބަބުން ތިމާއަކީ އެހެން މީހުންނަށް ވުރެ ރަނގަޅު މީހަކު ކަމުގައި ދެކޭ މީހުންގެ ހިތް މާތްރަސްކަލާނގެ ތިރި ކުރައްވާނެ. އަދި އަމިއްލަ ނަފުސަށާއި ކުރާ ކަންތަކުގެ މައްޗަށް ބޮޑާ ނުވެ ތިމާއަކީ އެހެން މީހުންނަށް ވުރެ ރަނގަޅު މީހަކު ކަމުގައި ނުދެކޭ މީހުން މާތްރަސްކަލާނގެ މަތި ކުރައްވާނެ.⁠“


ފަގީރު ޙާލަތުގައިވާ މަސީޙީން ފަޚުރުވެރިވާށެވެ. އެއީ އެފަދަ މަސީޙީންނަށް މާތްރަސްކަލާނގެ ރޫޙާނީ މުއްސަނދިކަމެއް ދެއްވައި އުފުއްލަވައެވެ.


އެއީ މާތްރަސްކަލާނގެ ޙަޟްރަތުގައި ހިތްތިރިވެގެންވާނަމަ އެކަލާނގެ ކަލޭމެން އުފުއްލަވާނެއެވެ.


ނުބައި އެދުންތަކާއި ދެކޮޅަށް ސާބިތުވެ ހުރުމުގައި އެކަލާނގެ ގިނަގުނަ ނިޢުމަތްފުޅު ލައްވައެވެ. ސާބިތުވެ ހުރުމުން މުޤައްދަސް ފަތްފުށްތައް މިފަދައިން ބަޔާން ކޮށްދެއްވާފައި ވަނީ އެހެންވެއެވެ. ”⁠ކިބުރުވެރިންނާއި މެދު މާތްރަސްކަލާނގެ ދެކޮޅުވެރިވެ ވަޑައިގަންނަވައެވެ. އެހެނަސް ހިތްތިރި ހުރިހާ އެންމެންނަށް އެކަލާނގެ ނިޢުމަތްފުޅު ދެއްވައެވެ.⁠“


އެންމެހައި ޒުވާން މަސީޙީ ފިރިހެނުންނޭވެ. ތިޔަބައިމީހުންގެ މަސީޙީ ޖަމާޢަތުގެ ބޮޑުންނަށް ކިޔަމަންތެރިވާށެވެ. އަދި ތިޔަބައިމީހުން އެންމެން ވެސް އެކަކުއަނެކަކަށް ހިތްތިރިވާށެވެ. މުޤައްދަސް ފަތްފުށްތަކުގައި ބަޔާންވެގެން ވަނީ: ”⁠ކިބުރުވެރިންނާއި މެދު މާތްރަސްކަލާނގެ ދެކޮޅުވެރިވެ ވަޑައިގަންނަވައެވެ. އެހެނަސް ހިތްތިރި ހުރިހާ އެންމެންނަށް އެކަލާނގެ ނިޢުމަތްފުޅު ދެއްވައެވެ.⁠“


އެހެންވީމާ، މާތްރަސްކަލާނގެ ކުޅަދުންވަންތަ ކަމުގެ ދަށުގައި ތިޔަބައިމީހުން ހިތްތިރިވާށެވެ. އޭރުން އެންމެ އެދެވޭ ވަގުތު އައުމުން އެކަލާނގެ ތިޔަބައިމީހުން އުފުއްލަވަތެވެ.


ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠ކަލޭގެފާނަކީ އެހާ މުހިންމު މީހެއް ނޫންކަން ދެނެ ހުންނެވީމެއް ނު. ވިޔަކަސް ކަލޭގެފާނަށް ތިޔަވަނީ އިސްރާއީލުގެ ވެރިކަން ދެއްވާފައި. މާތްރަސްކަލާނގެ ވަނީ ކަލޭގެފާނަށް އިސްރާއީލުގެ ރަސްކަން ދެއްވާފައި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ