ލޫކާސް 14:10 - ކިތާބުލް މުޤައްދަސާ10 ނަމަވެސް ކަލެއަށް ކައިވެނީގެ ހަފުލާއަކަށް ދަޢުވަތު ލިބިއްޖެނަމަ ގޮސް އެތާނގައި ހުރި އެންމެ ދެރަ ގޮނޑީގައި އިށީނދޭ. އޭރުން ކަލެއަށް ދަޢުވަތު ދިން މީހާ އައިސް ބުނާނެ. ’ރަޙުމަތްތެރިޔާއޭ. ތިޔަ ތަނުން ތެދުވެގެން އައިސް ތިޔަށް ވުރެ ރަނގަޅު ތަނެއްގައި އިށީންނާށޭ.‘ ދެން އެތަނަށް އައިސް ތިބި ހުރިހާ މެހުމާނުންނެއްގެ ކުރިމަތީ ކަލެއަށް އިޙުތިރާމު ލިބޭނެ. အခန်းကိုကြည့်ပါ။ |
ދެކިބަލަ! ތިޔަބައިމީހުންގެ ޢަދުއްވުން އެބައިމީހުންނަކީ ބަނީއިސްރާއީލުން ކަމުގެ ދަޢުވާ ކުރޭ. ނަމަވެސް އެބައިމީހުންނަކީ ދޮގުވެރިންނެވެ. އެބައިމީހުން މިލްކުވެގެން ވަނީ ޝައިތާނާއަށް. އެބައިމީހުންނީ ބަނީއިސްރާއީލުންގެ ބައެއްނޫން. އެބައިމީހުން އައިސް ތިޔަބައިމީހުންގެ ފައިންމައްޗަށް ގުދުވެ ކުރުނީސްކޮށް ތިޔަބައިމީހުންދެކެ އަހަރެން ލޯބިވާކަން އެމީހުންނަށް އެނގޭކަމަށް އެއްބަސް ކުރުވާނަން.