Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 14:1 - ކިތާބުލް މުޤައްދަސާ

1 ސަބަތުގެ ދުވަހެއްގައި އީސާގެފާނު ފަރީސީނުގެ ތެރެއިން މަތީ މީހެއްގެ ގެއަށް ކެއުމަށް ވަޑައިގެންނެވިއެވެ. އެމީހުން އެދުވަހު އެކަލޭގެފާނުގެ ކޮންމެ ހަރަކާތްފުޅެއް ވަރަށް ފަރުވާތެރި ކަމާއިއެކު ބަލަން ތިއްބެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 14:1
19 ပူးပေါင်းရင်းမြစ်များ  

އެމީހުން އަބަދުވެސް އެތަކެތީގެ އަގަށް ބަލާނެއެވެ. ”⁠ކާށޭ، ބޯށޭ⁠“ އެމީހުން ބުނާނެއެވެ. އެކަމަކު އެއީ އެމީހުން ހިތް އެދިގެން ބުނާ އެއްޗެއް ނޫނެވެ.


ޔަޤީނުން ވެސް އެފަދަ ކަންބަޅިއަކަށް ވުރެން އިންސާނާ މުހިންމުވާނެ. ސަބަތުގެ ދުވަހުގައި ހެޔޮކަންތައް ކުރުމަކީ ހުއްދަވެގެންވާ ކަމެއް.⁠“


އެތަނުގައި ތިބި ފަރީސީންނާއި ބައެއް އެހެނިހެން މީހުން އީސާގެފާނާމެދު ތުހުމަތު ކުރެވޭފަދަ ކަމަކަށް ބަލަބަލާ ތިބިމެއެވެ. އެގޮތުން، އީސާގެފާނު އެ ފިރިހެނާގެ އަތް ސަބަތުގެ ދުވަހެއްގައި ރަނގަޅު ކޮށްދެއްވާތޯ ވަރަށް ފަރުވާތެރިކަމާއެކު އެމީހުން ބަލަމުން ގެންދިޔައެވެ.


އީސާގެފާނު ވާހަކަފުޅުދައްކަވާ ނިމިވަޑައިގަތުމުން އެތާނގައި ތިބި ފަރީސީނުގެ މީހަކު އެކަލޭގެފާނަށް އޭނާގެ ގެއަށް ކެއުމަށް ދަޢުވަތު ދެއްވިއެވެ. ދެން އެކަލޭގެފާނު އޭނާއާއި އެކު ވަޑައިގެން އެގޭގެ ކާމޭޒު ދޮށުގައި އިށީނދެވަޑައިގެންނެވިއެވެ.


އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ދުޅަބަލި ޖެހިފައިވާ މީހަކު އިނެވެ.


ފަރީސީނުގެ ބަޔަކު އީސާގެފާނު ކުރެން މާތްރަސްކަލާނގެ ރަސްކަންފުޅު ގާއިމު ވާނީ ކޮންއިރަކުންތޯ ސުވާލު ކުރިއެވެ. އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅު ގާއިމުވާނެ. ނަމަވެސް އެރަސްކަންފުޅު ގާއިމު ވުމުގެ ހެއްކެގެ ގޮތުން އެއްވެސް އަލާމާތެއް ނުފެންނާނެ.


ދެން ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން އީސާގެފާނުގެ އަރިހަށް ބަޔަކު ޖާސޫސް ކުރުމަށް ފޮނުވިއެވެ. އެމީހުން އީސާގެފާނުގެ އަރިހަށް ދިޔައީ ރަނގަޅު ޞާލިޙު ދީންވެރި ބަޔަކު ކަމުގައި ހެދިގެންނެވެ. އަދި މީސްތަކުންގެ ކުރިމަތީގައި އީސާގެފާނުގެ ކިބައިން ކުށެއް ކުރުވޭތޯ ބަލަންވެގެން އެމީހުން އެކަލޭގެފާނާއި މި ސުވާލު ކުރިއެވެ. އެއީ އެމީހުންގެ ބޭނުމަކީ އެކަލޭގެފާނުގެ ކިބައިން ސަރުކާރާއި އިދިކޮޅު ބަހެއް ހޯދުމެވެ. އެއީ އޭރުން އެމީހުންނަށް އެކަލޭގެފާނު ސަރުކާރާއި އިދިކޮޅުވީ ކަމުގެ ކުށުގައި ހައްޔަރު ކުރެވޭނެތީއެވެ.


ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން ތިބީ އީސާގެފާނު ކުށްވެރި ކުރެވޭނެ ކަހަލަ ކަމެއް ފެނޭތޯ ބަލާށެވެ. އަދި ސަބަތުގެ ދުވަހެއްގައި އެކަލޭގެފާނު މިމީހާގެ އަތް ރަނގަޅު ކުރައްވާތޯ ވެސް އެމީހުން ތިބީ ވަރަށް ފަރުވާވެ ބަލާށެވެ.


ނިކޮދޭމު އޭ ކިޔުނު ފަރީސީ މަޒުހަބުގެ މީހަކު އުޅުނެވެ. އޭނާ އަކީ ބަނީއިސްރާއީލުގެ މަތީ ވެރިއެއް ވެސް މެއެވެ.


ނަމަވެސް އެވަގުތު އެ ކޯޓުގައި ވީ ބަނީއިސްރާއީލުގެ ބޮޑުންގެ ތެރެއިން ފަރީސީ މަޒުހަބުގެ ގަމަލީލު އޭ ކިޔުނު މީހަކު ތެދުވެ އީސާގެފާނުގެ މަންދޫބުންނަށް އިރު ކޮޅަކަށް ބޭރަށް ނުކުތުމަށް އެންގިއެވެ. މި ގަމަލީލު އަކީ ބަނީއިސްރާއީލުގެ އެންމެން ވެސް ވަރަށް އިޙުތިރާމު ކުރާ ދީނުގެ ދަންނަބޭކަލެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ