Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 13:33 - ކިތާބުލް މުޤައްދަސާ

33 ކޮންމެ ގޮތެއް ވިޔަސް މިއަދާއި މާދަމާ އަދި އަނެއް ދުވަހު އަހަރެން މިދާ މަގުގައި ކުރިއަށް ދާނަން. އެއީ ހަމަ ޔަޤީނުން ވެސް އެއްވެސް ރަސޫލަކު ޖެރޫސަލަމް ނޫން އެހެން ތާކު މަރާލެވިގެން ނުވާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 13:33
10 ပူးပေါင်းရင်းမြစ်များ  

”⁠އަހަރެމެން މިދަނީ ޖެރޫސަލަމަށް. އެތަނުގައި އިންސާނާގެ ދަރިކަލުން ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނާއި ޙަވާލުކުރެވޭނެ. އަދި އެބައިމީހުން އޭނާ މަރާލުމަށް ޙުކުމް ކުރާނެ.


އެއްވެފައިވާ މީސްތަކުން ޖަވާބު ދިނެވެ. ”⁠މިއީ ގަލީލީގެ ނާޒަރަތުން ވަޑައިގެންނެވި ނަބިއްޔާ އީސާގެފާނު.⁠“


ސަމީރިއްޔާގެ މީހުން އެކަލޭގެފާނަށް މަރުޙަބާ ކިއުމަކަށް އެއްބަހެއް ނުވިއެވެ. އެއީ އެކަލޭގެފާނު ވަނީ ޖެރޫސަލަމަށް ވަޑައިގަތުމުގެ މަގުމަތީގައި ކަމަށް ވާތީއެވެ.


އެހެންކަމުން އީސާގެފާނު އާންމު ތަންތަނަށް ދިއުން ހުއްޓާލައްވައި ޖެރޫސަލަމުން ވަޑައިގެންނެވިއެވެ. އެކަލޭގެފާނު މީހުން ނޫޅޭ ހަނަފަސް ސަހަރާގެ ކައިރީ ހިސާބެއްގެ ރަށެއް ކަމުގައިވާ އެފުރައީމަށް ވަޑައިގަންނަވައި އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު އެތާނގައި މަޑުކުރެއްވިއެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ކޮންމެ ދުވަހަކުމެ ބާރަ ގަޑިއިރު އިރުގެ އަލިކަން ހުރެއެއް ނޫންތަ؟ އިރުގެ އަލިކަން ހުއްޓާ މީހުންނަށް ސަލާމަތް ކަމާއިއެކު ދަތުރު ކުރެވިދާނެ. އެއީ ދުނިޔޭގެ އަލިކަން އެމީހުންނާއި އެކު ވާނެތީ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަލިކަން ކަލޭމެންގެ ގާތުގައި ވާނީ ވަރަށް ކުޑަ ހިނދުކޮޅަކު. އެއަލިކަން ވާހައި ހިނދަކު އެ އަލިކަމުގެ ތެރޭގައި ހިނގަމުން ގެންދޭ. އެހެން ނޫނީ އަނދިރިކަން ކަލޭމެންގެ ތެރެއަށް ވެރިވެދާނެ. އަނދިރީގެ ތެރޭގައި ހިނގަމުން ދާ މީހަކަށް އެދެވެނީ ކޮންތާނކަށް ކޮން ދިމާއަކަށް ކަމެއް ނޭނގޭނެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން މިބުނާ ކާނާއަކީ އަހަރެން ފޮނުއްވި ފަރާތުގެ އެންގެވުންތަކަށް ކިޔަމަންވެ އަދި އެފަރާތުން އަހަރެންނާއި ހަވާލުކުރެއްވި މަސައްކަތް ކޮށް ނިންމުން.


ދުވާލު ވަގުތު އެކަމެއް ކުރަން އެފަރާތަކުން އަހަރެން ފޮނުއްވި ކަންތައް އަހަރެމެން ކޮށް ނިންމަން ޖެހޭނެ. ރޭގަނޑުއެބަ އާދޭ. އޭރަކުން އެކަކަށް ވެސް އެކަންތަކެއް ނުކުރެވޭނެ.


މާތްރަސްކަލާނގެ ނާޒަރަތުގެ އީސާގެފާނަށް މާތްރޫޙުފުޅު ދެއްވާ ބާރުދެއްވިއޭ. އެކަލޭގެފާނު މީސްތަކުންނަށް ހެޔޮކަންތަކާއި އޯގާތެރި ކަންތައް ކޮށްދެއްވަމުން އަދި ޝައިތާނާގެ ބާރުގެ ދަށުގައި ވެފައި ވީ މީސްތަކުން ސަލާމަތް ކުރައްވަމުން ވަޑައިގެންނެވި އިރު މާތްރަސްކަލާނގެ އެކަލޭގެފާނާއި އެކުގައި ވިއޭ.


ޖެރޫސަލަމުގެ މީހުންނާއި އަދި އެމީހުންގެ ވެރިންނަކަށް އީސާގެފާނަކީ ކޮން ބޭކަލެއް ކަމެއް ނުވިސްނުނު. އަދި ރަސޫލުންނާއި ނަބީން މެދުވެރިކޮށް މާތްރަސްކަލާނގެ އަންގަވާފައިވާ ބަސްފުޅުތައް ލިޔެވިގެންވީ ފޮތުން ކޮންމެ ސަބަތުގެ ދުވަހެއްގައި އެމީހުން ކިޔަވާ އާޔަތްތަކެއް ވެސް އެމީހުންނަކަށް ނުވިސްނޭ. ނަމަވެސް ހަމަ އެ ބަސްފުޅުތަކުގައި ލިޔެވިގެންވީ ފަދައިން އެމީހުން އެކަލޭގެފާނު ކުށްވެރިކުރި. އަދި އެ ގޮތުން އެ ބަސްފުޅުތަކުގައި ވީ ފަދައިން ހުރިހާކަމެއް ފުރިހަމަވެ ދިޔަ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ