Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 13:25 - ކިތާބުލް މުޤައްދަސާ

25 ގޭގެ ވެރިޔާ ދޮރު ލެއްޕުމުން ކަލޭމެން ތިބެން ޖެހޭނީ ބޭރުގަ. އޭރުން ކަލޭމެން ދޮރުގައި ޓަކިދީ ގޮވާނެ. ’⁠ވެރިމީހާއޭ. އަޅުގަނޑުމެން ވަންނަން ދޮރުހުޅުވާ ދެއްވާށޭ.⁠‘ ނަމަވެސް އޭނާ ޖަވާބުދޭނެ. ’⁠އަހަރެންނަކަށް ކަލޭމެން ތިޔައީ ކޮންތާނކުން އައި ކޮންބައެއް ކަމެއް ނޭނގެއޭ.⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 13:25
12 ပူးပေါင်းရင်းမြစ်များ  

މާތްކަލާނގެ އަމުރުފުޅު ކުރެއްވި ފަދައިން ހުރިހާ ވައްތަރެއްގެ އަންހެން ތަކެއްޗާއި ފިރިހެން ތަކެތި ނައުކޮޅަށް އެރިއެވެ. ދެން މާތްރަސްކަލާނގެ އެނައުކޮޅުގެ ދޮރުލެއްޕެވިއެވެ.


އެއަށް ފަހު ރަސްގެފާނުގެ ވާތްފަރާތުގައި ތިބި މީސްތަކުންނަށް ވިދާޅުވާނެ. ’⁠އަހަރެންގެ ކައިރިން ދުރަށް ދޭ. ކަލޭމެން ވަނީ މާތްރަސްކަލާނގެ ކޯފާގެ ދަށުގައި! ޝައިތާނާ އަށާއި އޭނާގެ ބައިވެރިންނަށް ތައްޔާރު ކުރެވިފައިވާ ނިމުމެއް ނުވާ އަލިފާނުގެ ތެރެއަށް ވެއްޓިގަތުމަށް ދޭ.


އޭނާ ޖަވާބުގައި ބުނާނެ. ’⁠އަހަރެންނަކަށް ކަލޭމެން ތިޔައީ ކޮންތާނކުން އައި ކޮންބަޔަކު ކަމެއް ވެސް ނޭނގެއޭ. އޭ ނުބައި ވެގެންވާ ކަންތައްތައް ކުރާ މީހުންނޭ. އަހަރެންގެ ކައިރިން ދުރަށް ދާށޭ.⁠‘


އެގަހަކުން މޭވާއެއް ނުލިބޭ ކޮންމެ ގަހެއް މުލާ އެކު ކަނޑާ ދަރުގެ ގޮތުގައި އަންދާ ލެވޭނެ. ފައިދާ ނުލިބޭ ގަސްތައް ކަނޑާ ދުވަސް މިހާރު މިއޮތީ އައިސް ޖެހިފަ. ވީމާ ތައުބާވޭ. އަދި ކަލޭމެންގެ އަމަލުތަކުން ކަލޭމެން ތައުބާވެއްޖެ ކަން ހާމަކޮށްދީ. ކަލޭމެންނަކީ އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުންނަށް ވީތީ މާތްރަސްކަލާނގެ ކޯފާއިން ސަލާމަތް ވާނެ ކަމަށް ހީނުކުރާތި. މާތްރަސްކަލާނގެ އެދިވޮޑިގެންފި ނަމަ މިހިލަތަކުން ވެސް އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުން އުފެއްދެވުމުގެ ކުޅަދުންވަންތަކަން އެކަލާނގެ ކިބަފުޅަށް ލިބިވޮޑިގެން ވޭ.⁠“


”⁠ކަލޭމެން އަހަންނަށް މާތްސާހިބާއޭ ކިޔާ މުޚާޠަބު ކުރޭ. ވީއިރު ކަލޭމެން އަހަރެން ބުނާ ބަހަށް އަމަލު ނުކުރަނީ ކީއްވެ؟


ފަހުން އޭނާ އެޙައްޤު އަތުލަން ބޭނުންވެގެން އުޅުނެވެ. އެކަމާ އޭނާގެ ބައްޕަ ގާތު ކިތަންމެވަރަކަށް ވެސް ރޮއި އާދޭސް ކުރިއެވެ. އެކަމަކު އެކަން ބަދަލުވާނެ ގޮތެއް ދެނެއް ނުވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ