23 މީހަކު އެކަލޭގެފާނު ކުރެން ސުވާލު ކުރެއްވިއެވެ. ”މާތްސާހިބާ. ދިންނެވުން ލިބޭނީ ވަރަށް މަދު މީހަކަށް ތޯ؟“ އީސާގެފާނު ވިދާޅުވިއެވެ.
އީސާގެފާނުގެ އަސްޙާބީންނަށް މިވާހަކަ އަޑުއިވުމުން އެބޭކަލުން ވަރަށް ޙައިރާންވެތިބެ ދެންނެވިއެވެ. ”އެހެންވީއިރު ދެން ސަލާމަތްވާނީ ކާކުތޯ؟“
މިހާރު އެންމެ ދަށް މީހުން ތިބޭނީ އެންމެ މަތީގައި، އަދި އެންމެ މަތީ މީހުން ތިބޭނީ އެންމެ ދަށުގައި.“
ގިނަބަޔަކަށް ދަޢުވަތު ދެވުނު، އެކަމަކު ޚިޔާރު ކުރެވުނީ ވަރަށް މަދު ބައެއް.“
ހަނި ދޮރާށިން ވަދެގެން ދާން ކިތަންމެ ހަންޏަކަސް، އުނދަގުލަކަސް ޙަޔާތާ ދިމާއަށް ދެވޭނީ އެ ދޮރާށިން. އެހެންނަމަވެސް އެދޮރާށި ހޯދާނީ މަދު ބަޔަކު.“
ދެން އީސާގެފާނު ޖެރޫސަލަމަށް ވަޑައިގެން މަގުމަތީގައި ވީ ރަށްރަށާއި އަވަށްއަވަށުގައި ކިޔަވައިދެއްވަމުން ގެންދެވިއެވެ.
”ސުވަރުގެއަށް ވަނުމަށް ވާ ދޮރު ވަރަށް ހަނި. އެ ހަނި ދޮރުން ވަދެވޭތޯ ބެލުމަށް ވީހާ ވެސް މަސައްކަތެއް ކުރޭ. އެއީ އެތައް ބަޔަކު ވެސް އެހަނިދޮރުން ވަންނަން އުޅޭނެ، ނަމަވެސް ނުވަދެވޭނެ.