22 ދެން އީސާގެފާނު ޖެރޫސަލަމަށް ވަޑައިގެން މަގުމަތީގައި ވީ ރަށްރަށާއި އަވަށްއަވަށުގައި ކިޔަވައިދެއްވަމުން ގެންދެވިއެވެ.
އީސާގެފާނު އެ ސަރަހައްދުގައި ހުރި ސަހަރުތަކަށާއި އަވަށްތަކަށް ދަތުރު ކުރެއްވިއެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ހެޔޮޚަބަރުފުޅުން ދީނީ މަރުކަޒުތަކުގައި ވަޢުޡު ވިދާޅުވެ، އުންގަންނަވައި ދެއްވަމުން ގެންދެވިއެވެ. އަދި ހުރިހާ ބާވަތެއްގެ ބަލިމަޑުކަމެއް ފިއްލަވައި ފަސޭހަކޮށް ދެއްވިއެވެ.
މީހަކު އެކަލޭގެފާނު ކުރެން ސުވާލު ކުރެއްވިއެވެ. ”މާތްސާހިބާ. ދިންނެވުން ލިބޭނީ ވަރަށް މަދު މީހަކަށް ތޯ؟“ އީސާގެފާނު ވިދާޅުވިއެވެ.
އީސާގެފާނު މި ދުނިޔެ ދޫކޮށް ވަޑައިގަތުމުގެ ދުވަސް ކައިރިވުމުން އެކަލޭގެފާނު ހިތްވަރުފުޅު ގަދަ ކުރައްވާ ގަސްތުކުރެއްވީ ޖެރޫސަލަމަށް ވަޑައިގަތުމަށެވެ.
މާތްރަސްކަލާނގެ ނާޒަރަތުގެ އީސާގެފާނަށް މާތްރޫޙުފުޅު ދެއްވާ ބާރުދެއްވިއޭ. އެކަލޭގެފާނު މީސްތަކުންނަށް ހެޔޮކަންތަކާއި އޯގާތެރި ކަންތައް ކޮށްދެއްވަމުން އަދި ޝައިތާނާގެ ބާރުގެ ދަށުގައި ވެފައި ވީ މީސްތަކުން ސަލާމަތް ކުރައްވަމުން ވަޑައިގެންނެވި އިރު މާތްރަސްކަލާނގެ އެކަލޭގެފާނާއި އެކުގައި ވިއޭ.