Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 13:19 - ކިތާބުލް މުޤައްދަސާ

19 މާތްރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅު ގާއިމު ކުރައްވާއިރު ކަންތައްތައް ވާނީ މީހަކު އެމީހާގެ ދަނޑުގައި އިންދި ކުޑަކުޑަ އޮށަކާއި މެދު ކަންތައްތައް ވާފަދަ ގޮތަކަށް. އެއޮށަކީ އޮށްތަކުގެ ތެރޭ ހިމެނޭ އެންމެކުޑަ އޮށް ނަމަވެސް އެއޮށުން ގަސް ފަޅާ އެގަސް ހެދި ވަރަށް ބޮޑަށް ފެތުރޭ. ދޫނިތައް އެ އެއްޗެތީގެ ހާލި އެގަހުގެ ގޮފިތަކުގައި ހަދާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 13:19
38 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠އެއީ ތިޔަބައިމީހުންގެ އީމާންތެރިކަމުގެ ކުޑަކަމުން. އަހަރެން މިބުނަނީ ތެދެއް. ތިޔަބައިމީހުންގެ އީމާންތެރިކަން ރެވި އޮށެއްހާ ބޮޑު ކަމުގައި ވިނަމަވެސް މި ފަރުބަދައަށް ’⁠ތިޔަ ހުރި ތަނުން ލުހިގެން ދާށޭ⁠‘ ތިޔަބައިމީހުން ބުނިކަމުގައިވާނަމަ، އެ ފަރުބަދަ އެ ހުރިތަނުން ލުހިގެން ދާނެމެ. އަދި ހަމަ އެހެންމެ ތިޔަބައިމީހުންނަށް ނުކުރެއްވޭނެ އެއްވެސް ކަމެއް ނޯންނާނެ.⁠“


ތަކުރާރުކޮށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅު އަހަރެން ބުނެދޭނީ ކިހިނަކުން؟ އަދި އެކަލާނގެ ރަސްކަންފުޅު ބަޔާން ކޮށްދިނުމަށް ނޫނީ ހާމަ ކޮށްދިނުމަށް އަހަރެމެންނަށް ބޭނުންކުރެވޭނީ މާނަފުން ކޮން ވާހަކައެއް؟


އީސާގެފާނު އެމީހުންނަށް މިފަދައިން ޖަވާބު ދެއްވިއެވެ. ”⁠ރެވި އޮށެއް ހާ މިންވަރުގެ އީމާންކަން ކަލޭމެންގެ ކިބައިގައި ވާ ނަމަވެސް މި ތޫތު ގަހަށް މުލުން ލުހިގެން ގޮސް ކަނޑުގައި އިންދޭށޭ ބުންޏަސް އެގަސް ކަލޭމެންގެ އަމުރަށް ކިޔަމަން ވާނެ.


އެދުވަހު ޕަތަރަސް ދެއްކި ވާހަކަތައް ގަބޫލު ކުރި މީހުން ތައުބާގެ ހިނެވުމުން ހިނައިގަތެވެ. އަދި އެދުވަހު ގާތްގަނޑަކަށް ތިން ހާސް މީހުން އީސާގެފާނު ގަބޫލުކޮށް އެކަލޭގެފާނުގެ މައްޗަށް އީމާންވާ މީހުންގެ ތެރެއަށް އިތުރު ވިއެވެ.


މި ވާހަކަތައް އަހާ އެންމެން ވެސް މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ކިޔެވެ. ނަމަވެސް އެމީހުން މިފަދައިން ވެސް ޕައުލް އަށް ބުންޏެވެ. ”⁠އޭ އަހަރެމެންގެ އަޚާ ޕައުލް، އީސާގެފާނަށް އީމާންވެގެންވާ އެތައް ހާސް ބަނީއިސްރާއީލު މީހުން ވެސް ވާތަން ނިކަން ދެކިބަލަ. އެ އެންމެން ވެސް މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ގަވާއިދުތަކަށް ވަރަށް ފަރުވާތެރިވެ ޙުރުމަތްތެރިކޮށް ހިތާ.


ނަމަވެސް ޕަތަރަސްއާއި ޔޫޙަންނާ ދެއްކި މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއެހި އެތައް ބަޔަކު، އެބަސްފުޅުތައް ގަބޫލުކޮށް އީމާންވިއެވެ. އެހެން ކަމުން އީމާންވީ މީހުންގެ އަދަދު ގާތްގަނޑަކަށް ފަސްހާހަށް ވުރެވެސް މައްޗަށް އެރިއެވެ.


އެއަށް ފަހު ހަތްވަނަ މަލާއިކަތާ، އެ މަލާއިކަތާގެ އަތުގައި އޮތް ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު ހަރުއަޑުތަކުން ސުވަރުގެއިން މިފަދައިން ވިދާޅުވިއެވެ.: ”⁠ދުނިޔޭގައި ވެރިކަން ހިންގުމުގެ ބާރު މިހާރު ލިބިވަޑައިގެން ވަނީ އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށާއި އަދި އެކަލާނގެ މަސީޙާއަށް. އަދި އެކަލޭގެފާނު އަބަދުގެ އަބަދަށް ވެރިކަން ކުރައްވާނެ!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ