18 އީސާގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅު ގާއިމު ކުރައްވާއިރު ކަންތައްތައް ވާނެ ގޮތް ކަލޭމެންނަށް ބުނެދިނުމަށް އަހަރެން ބޭނުން ކުރާނީ ކޮންފަދަ މިސާލެއް؟
އެއަށް ފަހު އީސާގެފާނު އެބައިމީހުންނަށް އެހެން މާނަފުން ވާހަކައެއް ވިދާޅުވެ ދެއްވިއެވެ. ”މާތްރަސްކަލާނގެ ރަސްކަންފުޅު ވާނީ މިފަދައިން. އެއީ މީހަކު އޭނާގެ ދަނޑުގައި ރަނގަޅު އޮށްތަކެއް އިންދުންފަދަ ކަމެއް.
އީސާގެފާނު އެކަލޭގެފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދެވިއެވެ. ”މާތްރަސްކަލާނގެ ރަސްކަންފުޅަކީ މިބުނާ ފަދައިން ހިނގާކަމެއް. ދަނޑުވެރިޔާ އޭނާގެ ދަނޑު ހެއްދުމަށްޓަކައި އޮށްތަކެއް އިންދަ.
އަދި ވެސް އީސާގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅު ގާއިމު ކުރައްވާއިރު ކަންތައްތައް ވާނެ ގޮތުގެ އެހެން މިސާލެއް ބުނަން ތަ؟
މާތްރަސްކަލާނގެ ރަސްކަންފުޅު ގާއިމުވެގެން ވާތަން އެއްވެސް މީހަކަށް އެއީއޭ ނޫނީ މިއީއޭ ކިޔާފަ ނުދެއްކޭނެ. އެއީ އެކަލާނގެ ރަސްކަންފުޅު ގާއިމުވެގެން ވަނީ ކަލޭމެންގެ މެދުގަ.“
އީސާގެފާނު ވިދާޅުވިއެވެ. ”ވީއިރު މި ޒަމާނުގެ މީހުންނާ ދޭތެރޭ އަހަރެން ބުނާނީ ކީކޭ؟ އެމީހުންނަކީ ކޮންކަހަލަ ބައެއް؟