ލޫކާސް 13:17 - ކިތާބުލް މުޤައްދަސާ17 އެތާނގައި ތިބި މީސްތަކުންގެ ތެރެއިން އީސާގެފާނާއި ދެކޮޅުހެދި މީސްތަކުން އެކަލޭގެފާނުގެ މިބަސްފުޅުގެ ސަބަބުން އަމިއްލަ ނަފްސުގެ މައްޗަށް ލަދުގަތެވެ. ނަމަވެސް އެހެން ހުރިހާ މީސްތަކުން އެކަލޭގެފާނު ކުރައްވަމުން މިގެންދަވާ ހައިރާން ކުރުވަނިވި ކަންތަކުގެ ސަބަބުން ވަރަށް ބޮޑަށް އުފާވިއެވެ. အခန်းကိုကြည့်ပါ။ |
މި ދީނީކޯޓުގެ ވެރިން ޕަތަރަސްއާއި ޔޫޙަންނާ އަށް އިތުރަށް ވެސް ބިރުދައްކާ އިންޒާރުތައް ކުރިއެވެ. ނަމަވެސް އެންމެ ފަހުން އެމީހުންނަށް ޖެހުނީ ޕަތަރަސްއާއި ޔޫޙަންނާ ދޫކޮށްލާށެވެ. އެއީ އެމީހުންނަށް އަދަބު ދީފިނަމަ މީސްތަކުންގެ ތެރޭގައި ބަޣާވަތެއް އުފެދޭނެ ކަން އެމީހުންނަށް ޔަޤީނެވެ. އެއީ ސާޅީސް އަހަރު ދުވަހަށް ވުރެ ގިނަ ދުވަހު ނުހިނގި ވާވެފައިވީ މީހާ ރަނގަޅު ވުމުގެ ސަބަބުން މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ކިޔަމުން ދިޔައެވެ.