Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 13:15 - ކިތާބުލް މުޤައްދަސާ

15 މާތްސާހިބާ ވިދާޅުވިއެވެ. ”⁠ކަލޭމެންނަކީ މުނާފިޤުންގެ ބައެއް! ކަލޭމެންގެ ތެރެއިން ކޮންމެ މީހަކު ވެސް އޭނާގެ ގެރި ނޫނީ ހިމާރު ފެން ބޮވައިގަންފި ނަމަ ސަބަތުގެ ދުވަހުގައި ވިޔަސް އެ އެތި މޮހައިލައި އެއަށް ފެން ދިނުމަށްޓަކައި ނުގެންދާނަން ތަ؟

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 13:15
16 ပူးပေါင်းရင်းမြစ်များ  

ނުބައި މީހުންގެ ނުބައި ބަސްތަކުން އަވަށްޓެރިޔާއަށް މުސީބާތް ކުރިމަތި ކުރެއެވެ. އެހެންނަމަވެސް ހެޔޮ މީހާ ތަންދޮރު ދަންނާތީ އޭނާގެ ރައްކާތެރިކަން ހޯދައިގަނެއެވެ.


ފަރީސީންނާއި ދުރުގައި ވޭ! އެބައިމީހުންނީ ލޯކަނު މަގުދައްކާދޭ މީހުން. އަދި ކަނަކު އަނެއް ކަނަކަށް މަގު ދައްކަން ވެއްޖެ ނަމަ އެ ދެމީހުން އެކުގައި ވަޅުގަނޑަކަށް ވެއްޓިދާނެ.⁠“


މުނާފިޤުންނޭ! ކަލޭމެންނާއި މެދު ނަބީ ޔަޝަޔާޙުގެފާނު އަންގަވައިދެއްވި އިލާހީ އަންގަވައިދެއްވުން ކިހާ ތެދު! މާތްރަސްކަލާނގެ ވަޙީ ބަސްފުޅު އެކަލޭގެފާނަށް ބާވައިލެއްވުމުން މިފަދައިން ބަޔާންކުރައްވާ ލިޔުއްވާފައިވޭ:


”⁠ދީނުގެ ދަންނަބޭކަލުންނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! އެހެނީ ކަލޭމެންނީ މާތްރަސްކަލާނގެ ރަސްކަންފުޅުގެ ދޮރުކޮޅު މީސްތަކުންނަށް ބަންދުކޮށްގެން ތިބި މީހުން. ކަލޭމެން އަމިއްލައަކަށް ވެސް އެތަނަކަށް ނުވަން، އަދި ވަންނަން ދާ މީހުން ވަނަކަވެސް ނުދޭ!


ކަލޭމެން ވެސް ވަނީ އެފަދައިންމެ. މީސްތަކުންނަށް ކަލޭމެން ފެންނަ ހިނދު ކަލޭމެންނަކީ ސާލިޙު ބައެއް ކަމުގައި ހީވޭ. ނަމަވެސް ކަލޭމެންގެ އެތެރެފުށް ވަނީ މުނާފިޤުކަމާއި އެންމެހާ ނުބައި ނުލަފާ ކަންތައްތަކުން ފުރިފަ.


އޭ ދެފުށްދެގޮތް މީހާ! އެންމެ ފުރަތަމަ ތިބާގެ ލޮލުގައި ތި އޮންނަ ލަކުޑިބުރި ނަގާ. އޭރުން ތިބާގެ އަޚާގެ ލޮލުގައި އޮންނަ ކުނޑިކޮޅު ނެގުމަށް ތިބާއަށް ސާފުކޮށް ފެންނާނެ.


އެވަގުތު އެތައްހާސް ބަޔަކު އެތަނަށް އެއްވަމުން ދިޔައެވެ. މީސްތަކުންގެ ގިނަކަމުން ފިތި ބާރުވެ ކަށިތުނޑެއް ޖައްސާލާނެ ހާ ތަންފުކެއް ވެސް އެތާނގައި ނުވެއެވެ. އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއި މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. ”⁠ފަރީސީނުގެ މަކަރުވެރި ދޮގު ގޮތްތަކަށް ނުހެއްލޭތި. އެމީހުންގެ ގޮތްތަކުގެ ސަބަބުން މީސްތަކުންނަށް ތެދުމަގު އޮޅޭ.


ދެން އެކަލޭގެފާނު އަނެއްކާވެސް އެމީހުންނާއި ސުވާލު ކުރެއްވިއެވެ. ”⁠ކަލޭމެންގެ ދަރިއަކު ނުވަތަ ކަލޭމެން ގެންގުޅޭ ގެރިއެއް ސަބަތުގެ ދުވަހެއްގައި ވަޅަކަށް ވެއްޓިއްޖެ ނަމަ ކަލޭމެން އެ ކުއްޖާ ނުވަތަ އެގެރި ވަގުތުން ވަޅުން ނުނަގާނަން ތަ؟⁠“


ކަލޭގެ އަޚާއާއި ދިމާލަށް އޭނާގެ ލޮލުގައި ވާ ކުނޑިކޮޅު ނަގަން ދައްކާށޭ ބުނާއިރު ކަލޭގެ އަމިއްލަ ލޮލުގައި އޮތް ވަކަރުގަނޑު ކަލެއަށް ނުފެންނަނީ ކީއްވެ؟ އޭ ދެފުށްދެގޮތް މީހާ. އެންމެފުރަތަމަ ކަލޭގެ ލޮލުގައި ތިއޮތް ވަކަރުގަނޑު ނަގާ. އޭރުން ކަލޭގެ އަޚާގެ ލޮލުގައި ވާ ކުނޑިކޮޅު ނެގުމަށް ކަލެއަށް ސާފުކޮށް ފެންނާނެ.⁠“


މާތްސާހިބާއަށް މިކަނބުލޭގެ ފެނި ވަޑައިގަތްހިނދު ވަރަށް ދެރަފުޅުވިއެވެ. އަދި އެކަނބުލޭގެއަށް ވިދާޅުވިއެވެ. ”⁠ނުރޮއެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ