Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 13:14 - ކިތާބުލް މުޤައްދަސާ

14 މިދީނީ މަރުކަޒުގެ މުދިމު މިކަންތައްތައް ދެކެ ވަރަށް ބޮޑަށް ރުޅިއައެވެ. އެއީ ސަބަތުގެ ދުވަހެއްގައި އީސާގެފާނު މީހެއްގެ ބަލި ފަސޭހަ ކުރެއްވީތީއެވެ. އޭނާ އެއްވެފައި ތިބި މީސްތަކުންނަށް ބުންޏެވެ. ”⁠ހަފްތާއަކު މަސައްކަތް ކުރުމަށް ހަ ދުވަސް ވޭ. ވީމާ ބަލިން ހެޔޮވުމަށް އެއިން ދުވަހެއްގެ ތެރެއިން ދުވަހެއްގައި އާދޭ. ސަބަތުގެ ދުވަހުގައި ނަޔަކަސް ވެދާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 13:14
20 ပူးပေါင်းရင်းမြစ်များ  

ކަލޭމެން ކުރާ މަސައްކަތެއް ހަދުވަސް ތެރޭ ކޮށް ނިންމަން ވާނެ.


ހަފުތާއެއްގެ ތެރޭގައި މަސައްކަތް ކުރާނެ ހަ ދުވަސް ކަލޭމެންނަށް އޮންނާނެ. ހަތްވަނަ ދުވަހު މަސައްކަތް ހުއްޓާލައިގެން ތިބޭ. އޭރުން ކަލޭމެންގެ ގެރިތަކާއި ހިމާރުތަކަށް އަރާމު ކުރާނެ ވަގުތެއް ލިބޭނެ. އަދި ކަލޭމެންގެ އަޅުންނާއި ބީރައްޓެހިންނަށް ވެސް އަރާމު ކުރެވޭނެ.


ފަރީސީނުގެ ބަޔަކަށް މިތަންފެނި އީސާގެފާނަށް ދެންނެވިއެވެ. ”⁠ނިކަންދެކެބަލަ! ކަލޭގެ އަސްޙާބީން ކުރަމުން އެ ގެންދަނީ ސަބަތުގެ ދުވަހުގައި ކުރުން މަނާ ކަންތައްތައް.⁠“


އެ ހިނދު ޖައިރުސްއޭ ކިޔުނު ދީނީ މަރުކަޒުގެ ވެރިއަކު އެތަނަށް އައެވެ. އޭނާއަށް އީސާގެފާނު ފެނުމާއެކު އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ އަދަބުވެރިކަމާއެކު އެކަލޭގެފާނަށް އާދޭސް ދެންނެވިއެވެ. ”⁠އަޅުގަނޑުގެ އަންހެންދަރިފުޅު ވަނީ މަރުގެ ތުންފަތްމަތީގަ. އާދޭސްކޮށް ދަންނަވަން. އަޅުގަނޑާއެކުގައި ހިންގަވާ. އަދި ކަލޭގެފާނުގެ އަތްޕުޅު އޭނާގެ ގައިގައި ބީއްސަވާލެއްވުމުން އެކަނބުލޮގެ ބަލި ފަސޭހަވެ، އޭނާއަށް އަލުން އަނބުރާ ދިރުން ލިބިދެއްވާނެ!⁠“


މިކަންތައް ވީ ގޮތް ފެނި ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން ވަރަށް ބޮޑަށް ރުޅިއައެވެ. އަދި އީސާގެފާނާއި ދޭތެރޭ ކަންތައް ކުރާނެ ގޮތަކާއި މެދު ވިސްނާ މަޝްވަރާ ކުރަންފެށިއެވެ.


ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން ތިބީ އީސާގެފާނު ކުށްވެރި ކުރެވޭނެ ކަހަލަ ކަމެއް ފެނޭތޯ ބަލާށެވެ. އަދި ސަބަތުގެ ދުވަހެއްގައި އެކަލޭގެފާނު މިމީހާގެ އަތް ރަނގަޅު ކުރައްވާތޯ ވެސް އެމީހުން ތިބީ ވަރަށް ފަރުވާވެ ބަލާށެވެ.


ދެން އެމީހުންގެ ތެރެއިން ޖައިރުސްއޭ ކިޔުނު ދީނީ މަރުކަޒުގެ ވެރިޔަކު އީސާގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ އޭނާޔާއިއެކު އޭނާގެ ގެއަށް ވަޑައިގަތުމަށް އެދި އާދޭސް ދެންނެވިއެވެ.


ތައުރާތުގައިވާ މޫސާގެފާނަށް މާތްރަސްކަލާނގެ އެންގެވި ގަވާއިދުތަކާ ރަސޫލުންނާއި ނަބީބޭކަލުން މެދުވެރިކޮށް މާތްރަސްކަލާނގެ މީސްތަކުންނަށް އެންގެވި ބަސްފުޅުތައް ކިޔަވާ ނިމުމުން އެ ދީނީ މަރުކަޒުގެ ބޮޑުން މީހަކު ފޮނުވާ ބަރުނައްބާސް އާއި ޕައުލް އަށް ބުންޏެވެ. ”⁠އަޚުންނޭ، މިތާނގައި މިވާ މީސްތަކުންނަށް ހިތްވަރު ލިބޭނެ ފަދަ އެމީހުންގެ އީމާން ކަން އިތުރު ވުމަށް ހިތްވަރު ލިބޭނެ ފަދަ ޚަބަރެއް، ބަހެއްވާނަމަ އެމީހުންނާއި މުޚާޠަބުކޮށް ވާހަކަދައްކާ ބުނެދީ.⁠“


ދެން އެމީހުން ދީނީ މަރުކަޒުގެ ވެރިއަކަށް ހުރި ސޮސްތީނު ހިފައި ހައްޔަރުކޮށް އެ ކޯޓުގެ ކުރިމަތީގައި އޭނާ ގައިގައި ތަޅާ އަނިޔާ ކުރިއެވެ. ނަމަވެސް ގާލިއޯ އޭގެން އެއްވެސް ކަމަކާ އަޅާ ވެސް ނުލިއެވެ.


މި ދީނީ މަރުކަޒުގެ ވެރިއަކަށް ހުރި މީހާގެ ނަމަކީ ކުރިސްޕުސް އެވެ. އޭނާ އާއި އޭނާގެ ގޭގެ އެންމެން އީސާގެފާނު ގަބޫލުކޮށް އީމާންވިއެވެ. އަދި މީގެ އިތުރުން ވެސް ކޮރިންތުގެ އެތައް ބަޔަކު މާތްރަސްކަލާނގެ ދެއްވި ދިންނެވުމުގެ ޚަބަރު އަހާ ގަބޫލުކޮށް އީމާންވެ ތައުބާގެ ހިނެވުމުން ހިނައިގަތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ