ލޫކާސް 13:13 - ކިތާބުލް މުޤައްދަސާ13 އެކަލޭގެފާނުގެ ދެ އަތްޕުޅުން އޭނާގެ ގައިގައި އަތްލެއްވިއެވެ. ހަމަ އެހިނދުން އޭނާގެ ހަށިގަނޑު ސީދާވެއްޖެއެވެ. އަދި އެ އަންހެންމީހާ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރު ކުރިއެވެ. အခန်းကိုကြည့်ပါ။ |
މިމީހުންގެ އީމާންތެރިކަން ނެތުމުގެ ސަބަބުން އީސާގެފާނު އިންތިހާއަށް ޙައިރާންވެ ވަޑައިގަތެވެ. އެކަލޭގެފާނަށް އެބައިމީހުންގެ މެދުގައި މުޢުޖިޒާތެއް ދެއްކެވުމަށް ކުޅެދިގެން ނުވިއެވެ. އެހެނަސް ބައެއް ބަލިމީހުންގެ ގައިގައި އަތްޕުޅު ބީއްސަވާ ލައްވާ އެމީހުންގެ ބަލި ހެޔޮ ކޮށްދެއްވިއެވެ. އެއަށް ފަހު އީސާގެފާނު އެސަރަހައްދުގެ ވަށައިގެންވީ ރަށްތަކުގައި މީސްތަކުންނަށް އުނގަންނަވައި ދެއްވަމުން ގެންދެވިއެވެ.
ދެން އަނާނިޔާހު ޔުދާސްގެ ގެ ހޯދައިގެން އެގެއަށް ދިޔައެވެ. އެގެއަށް ގޮސް އޭނާ ޝާއުލް އަށް ބުންޏެވެ. ”ޝާއުލް އަހަރެން މި އައީ މާތްސާހިބާ އީސާގެފާނު އަހަރެން ފޮނުއްވީމަ. ކަލޭ ދިމިޝްޤަށް ދަތުރުކޮށް އައި މަގުމަތީގައި ކަލެއަށް ވެސް ފެނުނީ ހަމަ އެކަލޭގެފާނު. އެކަލޭގެފާނު އަހަރެން ފޮނުއްވީ ކަލެއަށް ކަލޭގެ ލޮލުގެ އަލިކަން އަނބުރާ ދެއްވުމަށް. އަދި ކަލެއަށް މާތްރޫޙުފުޅު ވެސް ދެއްވުމަށް.“