Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 13:11 - ކިތާބުލް މުޤައްދަސާ

11 ޖިންނީންގެ ސަބަބުން ހަށިގަނޑު ލެނބި ކޮއްޅުން ނުހުރެވޭ ވަރުގެ ބަލި ހާލު ޖެހިފައިވާ އަންހެނަކު އެތާނގައި ވިއެވެ. މިމީހާއަކީ މިބަލި ހާލުގައި ވާތާ އަށާރަ އަހަރުވެފައިވީ މީހަކު ކަމުގައި ވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 13:11
20 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު މުޅި ގަލީލީގެ ސަރަހައްދުގައިވާ ދީނީ މަރުކަޒުތަކުގައި މާތްރަސްކަލާނގެ ރަސްކަންފުޅާ ބެހޭ ހެޔޮޚަބަރުފުޅު އުނގަންނަވައި ދެއްވަމުންނާއި ވަޢުޡު އިއްވަމުން ވަޑައިގެންނެވިއެވެ. އަދި ހުރިހާ ބާވަތެއްގެ ބަލިމަޑުކަމެއް ފިއްލަވައި ފަސޭހަކޮށް ދެއްވިއެވެ.


”⁠މި ބަލީގައި މި ކުއްޖާ ކިހާ ދުވަހެއް ވެއްޖެ؟⁠“ އީސާގެފާނު އެ ފިރިހެން ކުއްޖާގެ ބައްޕަ އާއި ސުވާލު ކުރެއްވިއެވެ. އެ ކުއްޖާގެ ބައްޕަ ޖަވާބުދީ އެދި ދެންނެވިއެވެ. ”⁠އޭނާގެ އެންމެ ކުޑަ ދުވަހުން ފެށިގެން،


އީސާގެފާނަށް އޭނާ ފެނިވަޑައިގަތް ހިނދު އޭނާއަށް އެކަލޭގެފާނުގެ އަރިހަށް އައުމަށް ގޮވައިލެއްވިއެވެ. އަދި އެ އަންހެންމީހާ އަށް ވިދާޅުވިއެވެ. ”⁠ދައްތާ، ދައްތަ ތިޔަވަނީ މިންޖު ކުރެވިފަ.⁠“


މިކަނބުލޭގެއީ ވެސް އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހެއް. އޭނާ ޝައިތާނާގެ ބާރުގެ ދަށުގައި ވީތާ އަށާރަ އަހަރުގެ ދިގު މުއްދަތެއް ވޭތުވެއްޖެ. ވީއިރު ސަބަތުގެ ދުވަހުގައި ވިޔަސް ހަމަޔަޤީނުން ވެސް އޭނާ އެކަމުން މިންޖުކޮށް މިނިވަން ކުރުމަކީ ނުބައިކަމެއް ތަ؟⁠“


މިބުނި ފަދައިން ކަންތައްތައް ވާން ފެށުމުން ކޮޅަށް ތެދުވެ އިސް އުފުލާ. އެއީ މިކަންތައްތަކަކީ ކަލޭމެން ދިންނެވުމުގެ ވަގުތު ކައިރި ވެއްޖެ ކަމުގެ ހެކިތައް.⁠“


އަދި އޭގެ އިތުރުން އީސާގެފާނު ބަލިތަކުން ހެޔޮ ކޮށްދީ ޖިންނީންގެ ފަރާތުން ސަލާމަތް ކޮށްދިން ބައެއް އަންހެނުން ވެސް އެކަލޭގެފާނާއި އެކުގައި ވިއެވެ. މިއަންހެނުންގެ ތެރެއިން އެކަކީ މަގްދަލޭނާގެ މީހެއްކަމުގައި ވީ މަރިޔަމް އެވެ. އީސާގެފާނު ވަނީ މި މަރިޔަމް ހަތް ޖިންނީންގެ ފަރާތުން މިންޖު ކޮށްދެއްވާފައެވެ.


އީސާގެފާނު ދޯނިން ފައިބައި ވަޑައިގަތް ވަގުތު އެރަށުގެ މީހަކު އީސާގެފާނުގެ އަރިހަށް އައެވެ. މިމީހާއަކީ އެތައް ޖިންނިތަކެއް އަވަލާފާ ވުމުގެ ސަބަބުން މޮޔަވެފައިވާ މީހެކެވެ. އޭނާ ގަޔަށް އެއްޗެއް ނުލާ އޮރިޔާމުން އުޅޭތާ ވެސް އެތައް ދުވަހެއް ވެއްޖެއެވެ. އަދި އޭނާ ގެއެއްގެ ހިޔާވަހި ކަމުގެ ދަށުގައި ވެސް އުޅޭކަށެއް ބޭނުމެއް ނުވެއެވެ. އޭނާ ދިރިއުޅެނީ މީހުން ނުއުޅޭ ފަޅު ހިސާބެއްގައި އޮންނަ މީހުން ވަޅުލާ ތަނެއްގައެވެ.


އެމީސްތަކުންގެ ތެރޭގައި މެދު ކެނޑުމެއްނެތި ލޭ ފައިބާތާ ބާރަ އަހަރު ވެފައިވާ އަންހެނަކު ވިއެވެ. އެއްވެސް މީހަކަށް އޭނާގެ ބަލި ފަސޭހަ ކުރެވޭނޭ ގޮތެއް ވަނީ ނުވެފައެވެ.


ބައިތުލް މަޤްދިސްގެ އެއް ދޮރާށި ކަމުގައި ވީ ރީތި ދޮރާއްޓޭ ކިޔުނު ދޮރާށި ކާރީގައި ވިހޭއްސުރެން ދެ ފައި ވާވެފައިވީ މީހަކު ވިއެވެ. ކޮންމެސް މީހަކު މިމީހާ ކޮންމެ ދުވަހަކު ވެސް އެތަނަށް ގެނެއެވެ. މިމީހާ އެ ދޮރާށީގެ ކައިރީގައި އިންނަނީ ބައިތުލް މަޤްދިސަށް އަޅުކަން ކުރަން އަންނަ މީހުންނަށް ސަލާން ޖެހުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ