Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 12:9 - ކިތާބުލް މުޤައްދަސާ

9 އަދި މީސްތަކުންގެ ކުރިމަތީގައި އެބަޔަކު ތިމަންކަލޭގެފާނަށް އީމާންނުވާ ކަމުގައި ބުނެފިނަމަ ތިމަންކަލޭގެފާނު ވެސް މާތްރަސްކަލާނގެ މަލާއިކަތުންގެ ކުރިފުޅުމަތީގައި އެބަޔަކު ނުދަންނަ ކަމުގައި ބުނާނަން.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 12:9
15 ပူးပေါင်းရင်းမြစ်များ  

އެކަމަކު އަނެކުންގެ ކުރިމަތީގައި ތިޔަބައިމީހުންނީ އަހަރެންނަށް އީމާންވެގެންވާ ބަޔަކު ނޫންކަމުގައި ބުނާނަމަ އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅުގެ ޙަޟްރަތުގައި ތިޔަބައިމީހުންނީ އަހަރެންނަށް މިލްކުވެގެންވާ ބައެއް ނޫންކަމުގައި އަހަރެން ދަންނަވާނަން.⁠“


ނަމަވެސް އަލަތު ކައިވެނިވާ ފިރިހެނާ ޖަވާބުދިން. ’⁠އަހަރެން މިބުނަނީ ތެދެއް. އަހަރެންނަކަށް ކަލޭމެން ތީ ކޮންބައެއް ކަމެއް ވެސް ނޭނގޭ.⁠‘⁠“


”⁠އިންސާނާގެ ދަރިކަލުން އެކަލޭގެފާނުގެ މަތިވެރިކަމާއެކު އެކަލޭގެފާނުގެ މަލާއިކަތުންނާއިއެކު ވަޑައިގެން އެކަލޭގެފާނުގެ ޝާހީ ތަޚުތުކޮޅުގައި އިށީނދެ ވަޑައިގެން އިންނަވާނެ.


އެއަށް ފަހު ރަސްގެފާނުގެ ވާތްފަރާތުގައި ތިބި މީސްތަކުންނަށް ވިދާޅުވާނެ. ’⁠އަހަރެންގެ ކައިރިން ދުރަށް ދޭ. ކަލޭމެން ވަނީ މާތްރަސްކަލާނގެ ކޯފާގެ ދަށުގައި! ޝައިތާނާ އަށާއި އޭނާގެ ބައިވެރިންނަށް ތައްޔާރު ކުރެވިފައިވާ ނިމުމެއް ނުވާ އަލިފާނުގެ ތެރެއަށް ވެއްޓިގަތުމަށް ދޭ.


އެހިނދު އެބައިމީހުންނަށް އަހަރެން ބުނާނަން. ’⁠އަހަރެންގެ ކައިރިން ދުރަށް ދާށޭ. ކަލޭމެންނީ ނުބައި އަމަލުތަކުގެ ވެރިންނޭ. އަހަރެން ކަލޭމެންނެއް ނުދަންނަމޭ.⁠‘⁠“


މި ނުބައި ފާފަވެރި ޒަމާނުގައި އަހަރެންނާއި ބެހޭ ގޮތުންނާއި އަދި އަހަރެންގެ އުނގަންނައިދިނުންތަކާ މެދުގައި ބުނެދިނުމަށް ލަދުވެތިވާނެ ފަރާތްތަކާ މެދު އިންސާނާގެ ދަރިކަލުން އެކަލޭގެފާނުގެ ބައްޕާފުޅު، މާތްރަސްކަލާނގެ ނޫރުފުޅުން މާތްވެގެންވީ މަލާއިކަތުންނާއިއެކު އަލުން އެނބުރި މި ދުނިޔެއަށް އަންނަ ހިނދު އެފަދަ ފަރާތްތަކާމެދުގައި އަހަރެން ލަދުވެތިވާނެ.⁠“


ފަހެ އީސާގެފާނު ވިދާޅުވިއެވެ. ”⁠މީސްތަކުންގެ ތެރެއިން އެންމެ ފާފަވެރިއަކުމެ ފާފައިން ދުރުވެ އެކަލާނގެ އެދިވޮޑިގެންވާ ފަދައިން ކަންކުރަން ފަށައިފި ހިނދު މާތްރަސްކަލާނގެ މަލާއިކަތުން ވެސް ހަމަ މިފަދައިން އުފާވެރި ވާނެ.⁠“


ނަމަވެސް ޕަތަރަސް އެކަމާ ދެކޮޅުހެދިއެވެ. އޭނާ ބުންޏެވެ. ”⁠އޭ އަންހެނާ، އަހަންނެއް އޭނާއެއް ނުދަންނަން.⁠“


އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން، އަހަރެންގެ ބައްޕާފުޅު، މާތްރަސްކަލާނގެ ދެއްވާ މަތިވެރި ބާރާއި އެކަލާނގެ މަލާއިކަތުންނާއިއެކު އަލުން އެނބުރި މި ދުނިޔެއަށް އަންނާނަން. އެދުވަހުން އަހަރެންގެ ނަންގަނެ އަހަރެންގެ ބަސްތަކުގެ ވާހަކަދައްކާ އުޅެން ލަދު ގަތް މީހުންނަށް އަހަރެންގެ ގާތުގައި އެއްވެސް ޖާގައެއް ނުލިބޭނެ.


އަހަރެމެން މުސީބާތަށް ކެތްތެރިވެ ކުރިއަށް ދާނަމަ، އެކަލޭގެފާނާއެކު އަހަރެމެން ވެރިކުރާނެވެ. އަހަރެމެން އެކަލޭނގެފާނު އެނގޭކަމަށް އިންކާރު ކޮށްފިނަމަ، އެކަލޭގެފާނު ވެސް އަހަރެމެން އެނގިވަޑައިގަންނަވާނެ ކަމަށް އިންކާރު ކުރައްވާނެއެވެ.


މާތްރަސްކަލާނގެ ދަރިކަލުންނާއިމެދު އިންކާރުކުރާ ކޮންމެ މީހަކީ ބައްޕާފުޅާއި އެއްބައިވަންތަ ވާނޭ މީހެއް ނޫނެވެ. ނަމަވެސް އީސާގެފާނީ އަލްމަސީޙު ކަމުގައްޔާއި އަދި މާތްރަސްކަލާނގެ ދަރިކަލުން ކަމުގައި ދުލުން ބުނެ ގަބޫލުކޮށް ބަލައިގެންފި ކޮންމެ މީހަކަށް ބައްޕާފުޅާއި އެކުގައި ވެވޭނެ އެވެ.


އަހަރެންގެ ދަރިންނޭވެ! އެހެންވީމާ، އަލްމަސީޙާއި އެކުގައި ބަދަހި ގުޅުމެއްގައި ދެމިތިބޭށެވެ. އެއީ މި ދުނިޔެއަށް އެކަލޭގެފާނު އެނބުރިވަޑައި ގަންނަވާ ހިނދު ލަދުވެތި ކަމެއް ނެތި ފުރިހަމަ ހިތްވަރާއެކު އެކަލޭގެފާނާއި ބައްދަލު ވާނެ ގޮތް މެދުވެރި ވުމަށްޓަކައެވެ.


ތިޔަބައިމީހުން ކުރަމުން ގެންދާ ކަންތައްތައް އަހަރެންނަށް އެނގޭ. އަހަރެން އެއްވެސް ފަރާތަކަށް ނުލެއްޕޭނޭ ދޮރެއް ތިޔަބައިމީހުންގެ ކުރިމަތީގައި ތިޔަވަނީ ހުޅުވާފައި. ތިޔަބައިމީހުންގެ ކިބައިގައި ވަނީ ވަރަށް ކުޑަ ބާރެއްކަން އަހަރެންނަށް އެނގޭ. ނަމަވެސް ތިޔަބައިމީހުން އަހަރެންގެ އުނގަންނައިދިނުންތަކަށް ކިޔަމަންތެރިވީން. އަދި އަހަރެންނާ މެދަކު ތިޔަބައިމީހުން އިންކާރެއް ނުކުރޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ