Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 12:7 - ކިތާބުލް މުޤައްދަސާ

7 މާތްރަސްކަލާނގެ ކިބަފުޅަށް ދޫނިތަކަށް ވުރެ ކަލޭމެން މާ މުހިންމު. އެކަލާނގެ ކަލޭމެންގެ މައްޗަށް ބައްލަވާވޮޑިގެން ވޭ. ބިރުގަނެ ކަންބޮޑުނުވޭ. ކަލޭމެންގެ ބޮލުގައި ވާ ހުރިހާ އިސްތަށީގެ އަދަދު ވެސް މާތްރަސްކަލާނގެ ދެނެވޮޑިގެން ވޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 12:7
10 ပူးပေါင်းရင်းမြစ်များ  

އަންހެނާ ދެންނެވިއެވެ. ”⁠އާދޭހާއެކު ދަންނަވަން. މާތްރަސްކަލާނގެ ކަލޭގެފާނުގެ ކަލާނގެ ނަންފުޅުގައި ހުވާ ކުރައްވައި ވިދާޅުވެދެއްވާ، އަޅުގަނޑުގެ ދަރިފުޅު އަތުން އޭނާގެ ކޮއްކޮ މަރުވީތީ އެކަމުގެ ބަދަލުގައި އެކަކަށް ވެސް އެކުއްޖާ މެރުނަ ނުދެއްވާނެ ކަމަށް. އަޅުގަނޑު ހަލާކެއްގެ މައްޗަށް އިތުރު ހަލާކެއް އަންނަތަން ދެކޭކަށް ބޭނުމެއް ނުވޭ.⁠“ ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠ދިރިދެމި ވޮޑިގެންވާ ކަލާނގެ ގަންދީބުނަން އެކަކަށް ވެސް ކަލޭގެ ދަރިފުޅަށް ގޮތެއް ނުހެދޭނެ. އޭނާގެ ބޮލުގެ އެންމެ އިސްތައްޓަކަށް ވެސް ގެއްލުމެއް ނުދެވޭނެ.⁠“


ޔަޤީނުން ވެސް އެފަދަ ކަންބަޅިއަކަށް ވުރެން އިންސާނާ މުހިންމުވާނެ. ސަބަތުގެ ދުވަހުގައި ހެޔޮކަންތައް ކުރުމަކީ ހުއްދަވެގެންވާ ކަމެއް.⁠“


ދޫނިސޫފާސޫފިތަކަށް ބަލާލަބަލަ. އެ ތަކެތި ގޮވާން އިންދާ ނަހަދާ. އަދި ގޮވާން ކަނޑައެއް ވެސް ނަހަދާ. އަދި އެތަކެތި ގުދަނެއް ވެސް ނުކުރޭ. ނަމަވެސް އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅު އެތަކެއްޗަށް ކާންދެއްވާ. އެފަދަ ދޫނިތަކަކަށް ވުރެން ތިޔަބައިމީހުންގެ އަގު މާ ބޮޑު.


ނަމަވެސް އެކަމުން ކަލޭމެންގެ ބޮލުގެ އިސްތައްޓެއް ހާ ހިސާބު ވެސް އުނިވެގެންނެއް ނުދާނެ.


އާދޭސް ކޮށްފާ ބުނަން. ކަލޭމެންގެ އަމިއްލަ ސަލާމަތަށްޓަކައި ކައި. ކަލޭމެން އެކަކަށް ވެސް ގެއްލުމެއް ވެ އަނިޔާއެއް ނުވާނެ.⁠“


ދެން މީސްތަކުން ދެންނެވިއެވެ. ”⁠އިސްރާއީލީންނަށް އެހާ މަތިވެރި ފަތަޙައެއް ހޯދައި ދީފައި އެ ވަނީ ޔޫނަތައިންގެ ހިއްވަރުން. އެހާވަރުގެ ކަމެއް ކޮށްދިން މީހާ ވެސް މަރާލަން ޖެހޭނެ ތޯ؟ ލާހިކަ ކުޅަދާނައެއް ނޫން. ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ހުވާ ކުރަން. އަހަރެމެން އޭނާގެ ބޮލުން އިސްތައްޓެއް ވެސް ކެނޑިޔަކަ ނުދޭނަން. އެގޮތަކީ މިއަދު އޭނާ އެވަރުގެ ކާމިޔާބެއް ކޮށްފައި އެވަނީ އެކަލާނގެ ދެއްވި މަދަދާއެކު.⁠“ މިހެން ބުނެ އެމީހުން ޔޫނަތައިން މަރުން ސަލާމަތް ކޮށްފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ