ލޫކާސް 12:58 - ކިތާބުލް މުޤައްދަސާ58 މިސާލަކަށް ކަލޭ އެމީހަކަށް ދަރާފައިވާ މީހަކު ކަލެއާ ދޭތެރޭ ދައުވާކޮށް ކަލޭ ގޮވައިގެން އިންސާފަށް ދާން ބޭނުންވި. ނަމަވެސް އިންސާފަށް ދިއުމުގެ ކުރިން އޭނާއާއި ސުލްޙަ ވުމަށް ގަދައަޅާ މަސައްކަތް ކުރޭ. ނޫނީ ކަލެއާމެދު ދައުވާކުރި މީހާ މައްސަލަ ޖެއްސުމުން ކަލެއަށް ގާޒީ ޙުކުމް އިއްވާނެ. އެ ޙުކުމުގައި ކަލޭ ބަންދުކުރާނެ. အခန်းကိုကြည့်ပါ။ |
މަގޭ ލޮބުވެތި ރަޙުމަތްތެރިންނޭވެ! އަހަރެމެން ޙިއްސާ ކުރަމުން މިގެންދާ ދިންނެވުމާއިމެދު ތިޔަބައިމީހުންނަށް ލިޔަން އަހަރެން ވަރަށް ޝައުޤުވެރިވަމެވެ. ނަމަވެސް މިކަމާއިގުޅިގެން އަހަރެން ތިޔަބައިމީހުންނަށް އެހެން ކަމަކާއި ބެހޭގޮތުން ލިޔަން ވެސް ބޭނުންވެއެވެ. އެއީ އަހަރެމެންގެ ޢަގީދާ ދިފާޢުކުރުމަށް ތިޔަބައިމީހުންގެ ކިބައިން އެދޭ އެދުމުގެ ވާހަކައެވެ. ބަދަލުވުމެއްނެތް ޙަޤީޤީ ރިސާލަތު މާތްކަލާނގެ މުޤައްދަސް ކުރެއްވި މީހުންނާ ހަވާލުކުރަނީ އެންމެ ފަހު ފަހަރަށެވެ.