Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 12:5 - ކިތާބުލް މުޤައްދަސާ

5 ބިރުގަންނަންވީ މާތްރަސްކަލާނގެ ކިބަފުޅަށް. އެއީ އެކަލާނގެ ކިބަފުޅަށް ބާރުލިބިވޮޑިގެން ވަނީ ހަމައެކަނި ކަލޭމެންގެ ހަށިގަނޑު ނެތިކޮށްލުމެއް ނޫން. ކަލޭމެން މަރުވުމަށް ފަހު ކަލޭމެން ނަރަކައަށް ލުމުގެ ބާރުފުޅު ވެސް އެކަލާނގެ ކިބަފުޅަށް ލިބިވޮޑިގެން ވޭ. ހަމަކަށަވަރުން ވެސް ބިރުގަންނަންވީ ފަރާތަކީ ހަމައެކަނި އެކަލާނގެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 12:5
16 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެއަށް ބިރުވެތިވާ މީހާއާއި އޭނާގެ ދަރިންނަށް ރައްކާތެރިކަމުގެ ކިއްލާއެއް ލިބިފައިވެއެވެ.


ތިޔަބައިމީހުންނަށް އަނިޔާދީ މަރާލަން އުޅޭ މީހުން ދެކެ ބިރު ގަންނާނެ ކަމެއްނެތް. އެބައިމީހުންނަށް ކުރެވޭނެ ކަމަކީ ތިޔަބައިމީހުންގެ ޖިސްމުތައް ގަތުލު ކުރުން. ނަމަވެސް ތިޔަބައިމީހުންގެ ފުރާނައަކަށް އަނިޔާއެއް އެބައިމީހުންނަކަށް ނުދެވޭނެ. އޭގެބަދަލުގައި ތިޔަބައިމީހުން މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވޭ. އެކަލާނގެއީ ޖިސްމާއި ފުރާނަ ނަރަކައިގައި ހަލާކު ކުރެއްވޭނޭ ކަލާނގެ.


އެއަށް ފަހު ރަސްގެފާނުގެ ވާތްފަރާތުގައި ތިބި މީސްތަކުންނަށް ވިދާޅުވާނެ. ’⁠އަހަރެންގެ ކައިރިން ދުރަށް ދޭ. ކަލޭމެން ވަނީ މާތްރަސްކަލާނގެ ކޯފާގެ ދަށުގައި! ޝައިތާނާ އަށާއި އޭނާގެ ބައިވެރިންނަށް ތައްޔާރު ކުރެވިފައިވާ ނިމުމެއް ނުވާ އަލިފާނުގެ ތެރެއަށް ވެއްޓިގަތުމަށް ދޭ.


އެއަށް ފަހު އީސާގެފާނު ވިދާޅުވިއެވެ. ”⁠މިފަދަ މީހުން އަބަދުގެ އަބަދަށް ޢުޤޫބާތުގައި ދެމިގެންވާނެ. ނަމަވެސް މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބިގެންވާ ހުރިހާ އެންމެންނަށް ނިމުންނުވާ ޙަޔާތެއް ލިބިދޭނެ.⁠“


އެކަމަކު އަހަރެން ތިޔަބައިމީހުންނަށް ބުނަން. ތިމާގެ އަޚާ ދެކެ ރުޅިއައިސްގެން ވެސް ނުވާނެ. ނޫނީ ތިމާ އަދާލަތުގެ ކުރިމައްޗަށް ގެންދަން ޖެހިދާނެ. ތިމާގެ އަޚާއަކީ މޮޔައެކޭ ކިޔައި ހުތުރުއެއްޗެހި ގޮވާ މީހާ ވެސް އަދާލަތުގެ ކުރިމަތީގައި ޖަވާބުދާރީ ވާން ޖެހޭނެ. އަދި އަނެކާއަކީ ސޮހޮލެކޭ ބުނާ މީހާއަށް ނަރަކައިގެ އަލިފާނުން ސަޒާ ދެވޭނެ.


ތިޔަބައިމީހުންގެ ނަފްސުތަކަށް ސަމާލުވޭ! ވަގުތު އައުމުގެ ކުރީން ތިޔަބައިމީހުންނަށް ހުރިހާ ތަކެއްޗެއް އަހަރެން ބުނެފިން!⁠“


ހަމައެހެންމެ، މަސީޙީ އަޚަކު އޭނާގެ އަނެއް އަޚާގެ ޙައްޤަކަށް އެއްވެސް ޙާލަތެއްގައި ޖިންސީގޮތުން އަރައިގަނެގެން ނުވާނެއެވެ. މިފަދައިން އަމަލުކުރި ފަރާތަކަށް މާތްސާހިބާ ޢުޤޫބާތް ދެއްވާނެ ކަމުގައި އަހަރެމެން ވާނީ ތިޔަބައިމީހުންނަށް ބުނެދީ އަދި އިންޒާރު ދީފައެވެ.


ދިރި ދެމިވޮޑިގެންވާ ކަލާނގެ ކޯފާއަށް ހުށަހެޅިގަތުމަކީ ބިރުހުރި ކަމެކެވެ.


މަލާއިކަތުންގެ ފާފަވެރިކަން ވެސް ބަރިއްޔަ ނުކުރައްވާ ޙައްޤު ޖަޒާ އެފަރާތްތަކަށް މާތްރަސްކަލާނގެ ދެއްވިއެވެ. އަދި އިންސާފު ކުރައްވާ ދުވަހާއި ހަމައަށް އޮލަ ދުމުން އެކުލެވިގެންވާ ފުންވަޅެއް ފަދަ އަނދިރި ވެގެންވާ ނަރަކަޔަށް އެ މަލާއިކަތުން ހުށަހެޅިގެންވިއެވެ.


އެ މަލާއިކަތާ ހަރުއަޑުފުޅުން ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވޭ! އަދި އެކަލާނގެ ޖަލާލަތުކަމާއި މެދު ޙަމްދުކުރޭ! އެހެނީ އެންމެހައި މީސްތަކުންނާއި މެދު އެކަލާނގެ އިންސާފު ކުރެއްވުމުގެ ވަގުތު މިވަނީ އައިސްފައި. އުޑުތަކާއި، ބިމާއި، ކަނޑާއި، އަދި ފެން އާރުތައް ހެއްދެވި އެކަލާނގެ ކިބަފުޅަށް އަޅުކަންކުރޭ!⁠“


ސާހިބުވަންތަ ރަސްކަލާކޮ! އިނބަ ކަލާނގެ ނަންފުޅަށް ގަދަރާއި ޙަމްދު ނުކުރާނީ ކާކު؟ އިނބަރަސްކަލާނގެ މަތިވެރިކަމާއި ދެކޮޅު ހަދާނީ ކާކު؟ ހަމައެކަނި މާތްކުރެވިގެން ވަނީ އިނބަރަސްކަލާނގެމެ. އެންމެހާ ޤައުމުތަކެއް އައިސް އިނބަރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރާނެ. ސަބަބަކީ އިނބަރަސްކަލާނގެ އަދުލުވެރި ގޮތްތައް އެމީހުންނަށް ފެނުނީތީ ވެސްމެ.⁠“


އެއަށް ފަހު މަރާއި އަދި މަރުގެ މަންޒިލް އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައިލެވުނެވެ. (މި އަލިފާނުގެ ބޮޑު ފުންކުޅިއަކީ ދެވަނަ މަރެވެ.)


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ