Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 12:48 - ކިތާބުލް މުޤައްދަސާ

48 ނަމަވެސް އެކަންތައް ކުރެވެނީ ގޯސްކޮށް ކަން ނޭނގި ކަންތައްކުރާ މީހަކަށް ދެވޭ އަދަބު ކުޑަވާނެ. ގިނައިން ދެވިފައިވާ މީހެއްގެ އަތުން ލިބެންވާ ވަރު ވެސް ބޮޑުވާނެ. އަދި ގިނައިން ހަވާލު ކުރެވިފައިވާ މީހެއްގެ އަތުން އަތުލެވޭ ވަރު ވެސް ބޮޑުވާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 12:48
21 ပူးပေါင်းရင်းမြစ်များ  

މީސްތަކުންގެ ތެރެއިން އަހަރެންގެ އުނގަންނައިދިނުންތައް ލިބުމަށް އެދޭ ފަރާތްތަކަށް އިތުރަށް މާތްރަސްކަލާނގެ އުނގެނިގަތުން ދެއްވާނެ. އެމީހުންނަށް ހުސްނުވާ ވަރަށް ވެސް ދެއްވާނެ. ނަމަވެސް އަހަރެންގެ އުނގަންނައިދިނުންތައް ލިބުމަށް އެދިގެންނުވާ ފަރާތްތަކަށް ލިބިދީފައިވާ މަދު މިންވަރު ވެސް އެބައިމީހުންގެ ކިބައިން މާތްރަސްކަލާނގެ ނިގުޅައިގަންނަވާނެ.


ދީނުގެ ދަންނަބޭކަލުންނާއި ފަރީސީންނަށް ހިތާމަހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! ހުވަފަތް އަންހެނުންގެ ގެތައް ފޭރިގަނެވޭތޯ ބަލާ މީހުން. އަދި ކަލޭމެން ދިގުވެގެންވާ ދުޢާތައް ކޮށް ކަލޭމެންނަކީ ސާލިޙު ބައެއްކަމުގައި މީސްތަކުންނަށް ދައްކާ. ވީމާ ކަލޭމެންނަށް ގަދަފަދަ ޢުޤޫބާތް ދެއްވާނެ.


ޕަތަރަސް އީސާގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ. ކަލޭގެފާނު މި މާނަފުން ވާހަކަ ތިޔަ ވިދާޅުވީ އަޅުގަނޑުމެންނަށް ތޯ؟ ނުވަތަ އެންމެންނަށް ތޯ؟⁠“


”⁠އަހަރެން ދުނިޔެއަށް މިއައީ އަލިފާން ހިފައިގެން. މިހާރު ވެސް އެ އަލިފާން ރޯވާނެ ނަމަ އޭ އަހަރެންގެ ހިތަށް އަރާ.


ދެން އޭނާ އެ މެނޭޖަރު ގެނެސް ބުނި. ’⁠ކަލެއާއި ބެހޭގޮތުން އަހަރެންނަށް މިއިވެނީ ކޮން ޚަބަރުތަކެއް ހޭ؟ ކަލޭ ވިޔަފާރީގެ ކަންތައް ހިންގި ގޮތުގެ މައުލޫމާތުގެ ބަޔާނެއް ލިޔާށޭ. އަދި އެއަށް ފަހު ކަލޭ ތިޔަވަނީ އަހަރެންގެ މެނޭޖަރެއްގެ ވަޒީފާއިން ވަކިކޮށްފައޭ.⁠‘


އަހަރެން މި ދުނިޔެއަށް އައިސް އެމީހުންގާތުގައި އެވާހަކަތައް ނުދެއްކިނަމަ އެމީހުން ކުށްވެރިއެއް ނުވީސް. އެކަމަކު މިހާރު އެމީހުންގެ ފާފަތަކާ މެދު އެމީހުންނަށް ދެއްކޭނެ އުޒުރެއް ނެތް.


މި ވީހާ ތަނަށް މާތްރަސްކަލާނގެ މީސްތަކުން ކުރަމުން ދިޔަ މި ފަދަ ޖާހިލު ކަންތަކާ މެދު އަޅާނުލައްވާ ދޫކޮށްލެއްވި ނަމަވެސް، މިހާރު އެކަލާނގެ ދުނިޔޭގެ އެންމެ ހާ މީސްތަކުންނަށް އަމުރުކުރައްވަނީ ފާފަކުރުން ހުއްޓާލާ، އެކަލާނގެ ކިބަފުޅަށް އެނބުރުމަށޭ.


މި ހެޔޮޚަބަރުފުޅުގެ އިލްމު އަހަރެންނާ މަތިކުރައްވާފައި ވަނީ އެ ބަރަކާތްތެރި ޖަލާލުވަންތަ ކަލާނގެ ކިބަފުޅުންނެވެ.


އަހަރެން އެކަލޭގެފާނުގެ އަބުރުފުޅަށް ކުފުރުބަސް ބުނީމެވެ. އެކަލޭގެފާނަށް އީމާންވީ ފަރާތްތައް ޝިކާރަކޮށް އަހަރެންނަށް ކުރެވެންހުރި ހުރިހާ އަނިޔާއެއް ކުރީމެވެ. އެހެނަސް މާތްރަސްކަލާނގެ ރަޙުމަތް އަހަރެންނާއެކު ވޮޑިގެންވި ސަބަބަކީ އެ ހުރިހާ ކަމެއް އަހަރެންނަށް ކުރެވުނީ ޖާހިލު ކަމާއި އީމާންތެރިކަމެއް ނެތް ޙާލުގައެވެ.


ތިމޮތީއެވެ. މާތްރަސްކަލާނގެ ހަވާލު ކުރެއްވި ކަންތައް ބެލެހެއްޓުމަށް ތިބާއާއި ހަވާލު ކުރަމެވެ. ކަލާނގެވަންތަކަމާއި ދެކޮޅު، ތާކުންތާކު ނުޖެހޭ މަޝްވަރާތަކާއި އެމީހުންގެ އިލްމޭ އެ ކިޔާ އެއްޗަކާ ތިބާއާ ދެކޮޅު ހުރިހާ ބަޔަކާ އެކަހެރިވާށެވެ.


އެގޮތުން، އެކަމަށް އެކަށީގެންވީ ވަގުތު މާތްރަސްކަލާނގެ، އަހަރެމެން ދިންނަވާ ފަރާތުން މި އުފާވެރި ޚަބަރު ދެއްވައި އެންމެހައި މީސްތަކުންނަށް އަންގައި ދިނުމަށް އެކަލާނގެ އެދިވޮޑިގެން އަހަރެންނާއި ޙަވާލު ކުރެއްވިއެވެ.


އަހަރެންގެ އަޚުންނާއި އުޚުތުންނޭވެ! ކަލޭމެންގެ ތެރެއިން އެދުރުންގެ ގޮތުގައި ގިނަ ބަޔަކު ނުވާނެއެވެ. އުނގަންނައި ދިނުމަކީ ޒިންމާދާރު ކަމެކެވެ. ކަލޭމެންނަށް އެނގޭނޭ ފަދައިން އެދުރުންގެ ގޮތުގައި އަހަރެމެން އުނގަންނައިދެމުން ގެންދާތީ ފައިސަލާ ކުރައްވާ ހިނދު އަހަރެމެންނާ މެދު މާ ހަރުކަށިކޮށް ފައިސަލާ ކުރެވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ