ލޫކާސް 12:42 - ކިތާބުލް މުޤައްދަސާ42 މާތްސާހިބާ ޖަވާބުގައި ވިދާޅުވިއެވެ. ”ވެރިމީހާ އޭނާގެ ނޯކަރުންގެ ތެރެއިން އެކަމާއި ހަވާލުކުރާނީ މަސައްކަތްތެރިންގެ ކޮއްތު ފައިސާ އެފައިސާ ދޭންޖެހޭ ވަގުތު ޖެހުމުން އެފައިސާ އެމީހުންނަށް ގަވާއިދުން ދޭކަހަލަ މީހަކާ ނު. အခန်းကိုကြည့်ပါ။ |
އިތުރަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”ވީމާ މާތްރަސްކަލާނގެ ރަސްކަންފުޅުގައިވާ މި ތަކެއްޗަށް އީމާންވާ ދީނުގެ ކޮންމެ ދަންނަބޭކަލަކު ވާންޖެހޭނީ ގަދީމީ އަދި އާ ޚަޒާނާތައް ގުދަން ކޮށްފައިވާ ޢިމާރާތެއްގެ ވެރިފަރާތެއް ފަދައިން. އަދި ގަދީމީ ޚަޒާނާތަކާއި އަދި އާ ޚަޒާނާތައް މީސްތަކުންގެ ކުރިމައްޗަށް ނެރެ ދެއްކޭފަދަ މީހެއް ކަމުގައި.“
އެހެން ކަމުން އަހަރެން ކަލޭމެންނަށް ބުނަން. ކަލޭމެންގެ އަމިއްލަ ނަފްސުތަކާ މެދު ބަލައިގެން ރައްކާތެރިވެގެން އުޅޭ. އަދި މާތްރޫޙުފުޅު ކަލޭމެންނާއި ހަވާލު ކުރި މީހުން ކަމުގައި ވާ އީސާގެފާނަށް އީމާންވެގެންވީ މީސްތަކުންގެ މައްޗަށް ގެރިބަކަރި ހުއިހައްޕާ މީހަކު އޭނާގެ ގެރިބަކަރިތަކަށް ކާންދީ ބަލަހައްޓާ ފަދައިން ކަމޭހިތައިގެން ބަލާތި. އެ ޖަމާޢަތުގެ މީހުންނަކީ ޚޮދު އެކަލޭގެފާނުގެ ލޭ ފޮދުން އަގު ދައްކާ ގަނެފައިވާ ބަޔެއް. އެމީހުންގެ މައްޗަށް ކަލޭމެން ބޮޑުން ކަމުގައި ލެއްވީ މާތްރޫޙުފުޅު.
އެހެންވީމާ، ހިނދުކޮޅެއްގެ ވަގުތު ކޮޅަކަށް ނަމަވެސް ތިބާއާއި ބައްދުލުވުން ލަސްވިކަމުގައި ވިޔަސް މާތްރަސްކަލާނގެ ދަރުބާރުތަކުގައި މީސްތަކުން ތަރުބިއްޔަތު ކުރާނޭ ގޮތް ތިބާއަށް އަންގައި ދިނުމަށްޓަކައެވެ. އެ ދަރުބާރަކީ ދިރިދެމިވޮޑިގެންވާ ކަލާނގެ ކަނީސާއެވެ. އެއީ ޙައްޤުތެދުގެ ބިންގަލާއި ތަނބު ވެސް މެއެވެ.
މަސީޙީ ޖަމާޢަތުގެ ބޮޑުންނަކީ މާތްރަސްކަލާނގެ މަސައްކަތުގައި ހޭދަކުރާ ބައެކެވެ. އެހެންވީމާ އެމީހުންނަކީ ޤަދަރު ލިބިގެންވާ ބަޔަކު ކަމުގައި ވާންޖެހޭނެއެވެ. ބޮޑާކަމާއެކު ދިރިއުޅުމާއި، ކުއްލި ރުޅިއައުމާއި، މަސްތުވެގެންވުމާއި، އަނިޔާވެރިވުމުގެ އިތުރުން ކަންކަމުގައި ޚިޔާނާތްތެރި ވުމުން އެއްކިބާވެ ތިބޭ ބައެއް ކަމުގައި ވާންޖެހޭނެއެވެ.
ކަލޭމެންގެ އިސްވެރިންނަށް ކިޔަމަންވެ އެމީހުން އަންގަވާ ގޮތަކަށް ކަންތައް ކުރާށެވެ. އެމީހުންނަކީ ކަލޭމެންގެ ރޫޙާނީކަންތައް ބަލަހައްޓަވަމުން ގެންދަވާ މީހުންނެވެ. އެމީހުން ކުރި ކަންތަކާ މެދު މާތްރަސްކަލާނގެ ކުރައްވާ ސުވާލުތަކަށް އެމީހުން ޖަވާބުދާރީ ވާން ޖެހޭނެއެވެ. އެހެންކަމުން އެމީހުންނަށް ކަލޭމެންގެ ފަރާތުން ހިތްދަތިކަން ނުދޭށެވެ. އެމީހުން ރުއްސާށެވެ. އެހެންނޫނީ އެމީހުންނަކަށް ކަލޭމެންނާ މެދަކު އެހީތެރިއެއް ނުވެވޭނެއެވެ.
އަނެކުންނަށް ޚިދުމަތް ކުރުމަށްޓަކައި މާތްރަސްކަލާނގެ، އެކަލާނގެ މަތިވެރި ރޫޙުފުޅުން ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް އެކަލާނގެވަނީ ރޫޙާނީ މަތިވެރި ހަދިޔާތަކެއް ދެއްވާފައެވެ. އެގޮތުގެ މަތިން މީސްތަކުންނާއިމެދު ތިޔަބައިމީހުން ރަނގަޅަށް ޚިދުމަތް ކުރާށެވެ. ތިޔަބައިމީހުންގެ ފުށުން މާތްރަސްކަލާނގެ ނިޢުމަތްފުޅު ފެނިގެންދާނެއެވެ.