40 ކަލޭމެން ތިބެންވާނީ މިފަދައިން ތައްޔާރުވެގެން. އެއީ އިންސާނާގެ ދަރިކަލުން ވަޑައިގަންނަވާނީ ކަލޭމެން އެއްގޮތަކަށް ވެސް ހީނުކުރާ ކަހަލަ ވަގުތެއްގަ.“
ވީމާ ހޭލާ ތިބޭ! އެހެނީ ތިޔަބައިމީހުންގެ މާތްސާހިބާ ވަޑައިގަންނަވާނީ ކޮން ވަގުތެއްގައިކަން ތިޔަބައިމީހުންނަށް އެނގިގެން ނުވޭ.
ވީމާ ތިޔަބައިމީހުން ވެސް ތައްޔާރުގައި އަބަދުވެސް ތިބޭ. އެހެނީ އެކަލޭގެފާނު ވަޑައިގަންނަވާނީ ހިތަށް ވެސް ނުގެނެވޭ ފަދަ ވަގުތެއްގައި.“
އީސާގެފާނު މި މާނަފުން ވާހަކަ މިފަދައިން ވިދާޅުވެ ނިންމަވާލައްވަމުން ވިދަޅުވިއެވެ. ”އަބަދުވެސް ތައްޔާރުގައި ތިބޭ! މި ހުރިހާ ކަމެއް ހިނގައިދާނީ ކޮން ދުވަހެއްގައި، ކޮން ވަގުތެއްގައިކަން، ތިޔަބައިމީހުންނަކަށް ނޭނގޭނެ.“
އެހެންވީމާ، އަހަރެމެންނަކީ، އަނެކުން ފަދައިން ނިދީގައި ތިބި ބައެއްކަމުގައި ވެގެން ނުވާނެއެވެ! އެކަމަކު އަހަރެމެން ވާން ޖެހޭނީ ހޭލައި ތިބި އަމިއްލަ ނަފްސުގެ ހިފެހެއްޓުން ތެރި ބަޔަކަށެވެ.
އުފަލާއި ޖޯޝްގައި އަހަރެމެން ތިބެ އެކަލާނގެ މަތިވެރި ކަމާއިމެދު އަހަރެމެން ޙަމްދުކުރަމާ ހިނގާ! ޅަކަންބަޅީގެ ކައިވެނީގެ ވަގުތު ޖެހިއްޖެ. އަދި އެކަލޭގެފާނުގެ އަލަތު އަނބިމީހާ ވަނީ އެކަމަށްޓަކައި ތައްޔާރު ވެގެން ވެސްމެ.