Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 12:4 - ކިތާބުލް މުޤައްދަސާ

4 އެކުވެރިންނޭ. ކަލޭމެންނަށް އަނިޔާދީ މަރާލަން އުޅޭ މީހުންނަށް ބިރުނުގަނޭ. އެއީ އެމީހުންނަށް ހަމައެކަނި މަރާލެވޭނީ ކަލޭމެންގެ ހަށިގަނޑު.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 12:4
20 ပူးပေါင်းရင်းမြစ်များ  

މީހުން ދެކެ ބިރުގަތުމަކީ ނުރައްކާތެރި ދަންތުރައެކެވެ. މާތްރަސްކަލާނގެ ކިބަފުޅަށް ވަކީލު ކުރުމުން އަމާން ކަން ލިބެއެވެ.


ތިޔަބައިމީހުންނަށް އަނިޔާދީ މަރާލަން އުޅޭ މީހުން ދެކެ ބިރު ގަންނާނެ ކަމެއްނެތް. އެބައިމީހުންނަށް ކުރެވޭނެ ކަމަކީ ތިޔަބައިމީހުންގެ ޖިސްމުތައް ގަތުލު ކުރުން. ނަމަވެސް ތިޔަބައިމީހުންގެ ފުރާނައަކަށް އަނިޔާއެއް އެބައިމީހުންނަކަށް ނުދެވޭނެ. އޭގެބަދަލުގައި ތިޔަބައިމީހުން މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވޭ. އެކަލާނގެއީ ޖިސްމާއި ފުރާނަ ނަރަކައިގައި ހަލާކު ކުރެއްވޭނޭ ކަލާނގެ.


އެންމެ މަތިވެރި ގޮތެއްގައި ރައްޓެހިން ދެކެ ލޯބިވާ މީހާ އެރަށްޓެހިންނަށްޓަކައި އަމިއްލަ ފުރާނަ ދޫކޮށްލާނެ.


އަހަރެން މަރާ ދޭތެރެއަކު ޖެހިލުމެއް ނުވަން. އަހަރެންނަށް އެންމެ މުހިންމު ކަމަކީ މާތް ސާހިބު އީސާގެފާނު އަހަރެންނާއި ހަވާލު ކުރެއްވި މަސައްކަތް ފުރިހަމައަށް ކޮށް ނިންމުން. އެ މަސައްކަތަކީ މާތްރަސްކަލާނގެ ދެއްވި ނިޢުމަތުގެ ހެޔޮޚަބަރުފުޅާއި އެކަލާނގެ މަތިވެރި ނިޢުމަތްފުޅުގެ ވާހަކަތައް މީސްތަކުންނަށް އަންގައިދިނުން.


ޕަތަރަސްއާއި ޔޫޙަންނާ ބިރެއް ނެތި ކެރިގެން ތިބެ މި ދެއްކި ވާހަކަތައް އަހާ ބަނީއިސްރާއީލުގެ ވެރިންނާއި އެންމެ ހާ ބޮޑުން ވަރަށް ހައިރާންވިއެވެ. އެއީ ޕަތަރަސްއާއި ޔޫޙަންނާ އަކީ އާދައިގެ ތައުލީމެއް ނެތް ބައެއްކަން އެމީހުންނަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް މި ދެމީހުންނަކީ އީސާގެފާނާއި އެކު އުޅުނު ދެމީހުން ކަން ވެސް އެމީހުންނަށް ފާހަގަ ކުރެވުނެވެ.


ތިޔަބައިމީހުންގެ ދުޝްމަނުންދެކެ އެއްގޮތަކަށް ވެސް ބިރުވެތި ނުވާށެވެ. އަބަދުވެސް ހިތްވަރު ހޯދާށެވެ. އޭރުން އެމީހުން ބަލިވެދާނެ ކަމުގެ އަލާމާތް އެމީހުންނަށް ފެންނާނެ އެވެ. އަދި ސަލާމަތްކަން ވާނީ ތިޔަބައިމީހުން ކަން ވެސް އެމީހުންނަށް އެނގޭނެއެވެ. އެސަލާމަތްކަން ލިބިގެންދާނީ ޚުދު މާތްކަލާނގެ ކިބަފުޅުންނެވެ.


އެކަލޭގެފާނުގެ މިޢަމަލުފުޅުން ބަޔާންވެގެންވީ ފަތްފުށްތައް ފުރިހަމަ ކުރެވިގެންވީ މިފަދައިން. ’⁠މާތްރަސްކަލާނގެ ކިބަފުޅަށް އިބްރާހީމްގެފާނު އީމާންތެރިވެ ވަޑައިގެންނެވިއޭ. އަދި އެކަލާނގެ އިބްރާހީމްގެފާނުގެ އީމާންތެރިކަމުގެ ސަބަބުން އެކަލޭގެފާނު ސާލިޙުންގެ ތެރޭގައި ލެއްވި.⁠‘ ހަމައެހެންމެ އިބްރާހީމްގެފާނަށް އެކަލާނގެ ރަޙުމަތްތެރިޔާގެ ލަގަބުފުޅުން ބަސްވަޙީ ކުރެއްވި.⁠“


ނަމަވެސް ހެޔޮ އަމަލުތައް ކުރުމަށްޓަކައި ތިޔަބައިމީހުން ވޭންތަކެއް އުފުލާނަމަ، މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ނިޢުމަތް ދެއްވާނެއެވެ. އެހެންވީމާ، ބިރުވެތިނުވާށެވެ. އަދި ކަންބޮޑު ވެސް ނުވާށެވެ.


ތިޔަބައިމީހުން މުސީބާތުގައި ވުމުން އެކަމާއި ކަންބޮޑު ނުވެ ދެކިބަލަ! ޝައިތާނާ ތިޔަބައިމީހުން ޖަލުގައި ހައްޔަރު ކުރާނެ. އެއީ ތިޔަބައިމީހުން އިމްތިޙާނު ކުރުމަށް. އަދި އެ މުސީބާތުގައި ދިހަ ދުވަސް ތިޔަބައިމީހުން ހޭދަ ކުރާނެ. ނަމަވެސް ތިޔަބައިމީހުން މަރުވެދިޔުމާއި ހަމައަށް އީމާންތެރިކަމުގައި ސާބިތުވެ ތިބޭ! އޭރުން ޙަޔާތުގެ ތާޖު އަހަރެން ތިޔަބައިމީހުންނަށް ދޭނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ