36 ނޯކަރަކު އެމީހެއްގެ ވެރިމީހާ ރޭގަނޑުގެ ދަންވަރު ކައިވެނި ޕާޓީއަކުން ނިމިގެން އަންނަންދެން ނުނިދާ މަޑުކޮށްގެން އިންނަ ފަދައިން ތައްޔާރަށް ތިބޭ.
”މާތްރަސްކަލާކޮ! އިނބަރަސްކަލާނގެ ދިންނެވުމުގެ އިންތިޒާރުގައި މިއަޅާ ވަމު.“
”ހެދުން އަޅާ މަސައްކަތަށް ތައްޔާރުވެގެން ތިބޭ. ކަލޭމެންގެ ބައްތިތައް ދިއްލާފައި ބަހައްޓާ.
އޭނާގެ ވެރިމީހާ އަންނައިރު ތައްޔާރަށް ތިބި ނޯކަރުންނަށް އެކަމުން ފައިދާވާނެ. އަހަރެން ބުނަންތަ؟ އޭރުން އެމީހުންގެ ވެރިމީހާ އުފަލުން އެމީހުން މޭޒު ދޮށަށް ގެނެސް އެމީހުންނަށް ކާން ހަދައިދޭނެ.
އުފަލާއި ޖޯޝްގައި އަހަރެމެން ތިބެ އެކަލާނގެ މަތިވެރި ކަމާއިމެދު އަހަރެމެން ޙަމްދުކުރަމާ ހިނގާ! ޅަކަންބަޅީގެ ކައިވެނީގެ ވަގުތު ޖެހިއްޖެ. އަދި އެކަލޭގެފާނުގެ އަލަތު އަނބިމީހާ ވަނީ އެކަމަށްޓަކައި ތައްޔާރު ވެގެން ވެސްމެ.
ދެކިބަލަ! ދޮރުގެ ކައިރީގައި ހުރެ އަހަރެން ޓަކިދެން. އަހަރެންގެ އަޑު އިވޭ މީހަކުނަމަ ދޮރު ހުޅުވާ. އަހަރެން އެބައިމީހުންގެ ގެއަށް ވަދެ އެބައިމީހުންނާއި އެކުގައި ކާނަން. އަދި އެބައިމީހުންނަށް އަހަރެންނާއި އެކުގައި ކެވޭނެމެ.