35 ”ހެދުން އަޅާ މަސައްކަތަށް ތައްޔާރުވެގެން ތިބޭ. ކަލޭމެންގެ ބައްތިތައް ދިއްލާފައި ބަހައްޓާ.
އޭނާއަކީ ގައިގައި ވަރު ހުރި ގަދަފަދަ ބުރަ މަސައްކަތް ކުރާ އަންހެނެކެވެ.
”އެ ހިނދު މާތްރަސްކަލާނގެ ރަސްކަންފުޅު ވާނީ މިފަދައިން. ދިހަ ބިކުރުވެރި އަންހެންކުދިން އެކުދިންގެ ތެޔޮބައްތިތައް ނަގާ އެ ބައްތިތައް ދިއްލައިގެން އަލަތު ކައިވެނިވާ ފިރިހެނާއާއި ބައްދަލުކުރަން ދިއުމަށް ނުކުތް.
މި އުސޫލުން، ތިޔަބައިމީހުންގެ ކިބާގައިވާ އަލިކަން ވެސް މީސްތަކުންނަށް ފެންނަންވާނެ. ތިޔަބައިމީހުންގެ ކިބައިން ފެންނަ ހެޔޮ ޢަމަލުތަކަށްޓަކައި މީސްތަކުން އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅަށް އެބައިމީހުން ޙަމްދުކުރާނެ.“
ނޯކަރަކު އެމީހެއްގެ ވެރިމީހާ ރޭގަނޑުގެ ދަންވަރު ކައިވެނި ޕާޓީއަކުން ނިމިގެން އަންނަންދެން ނުނިދާ މަޑުކޮށްގެން އިންނަ ފަދައިން ތައްޔާރަށް ތިބޭ.
ތެދުވެރިކަން ތިޔަބައިމީހުން އުނަގަނޑުގައި ކަމަރެއް ފަދައިން އަޅައިގެން ތައްޔާރުވެ ތިބޭށެވެ. އަދި ޞާލިޙުކަން ތިޔަބައިމީހުންގެ މޭމަތި ރައްކާތެރިކޮށްދޭ ދަހަނާއެއް ފަދައިން އަޅާށެވެ.
އޭރުން މި މަކަރުވެރި ދުނިޔޭގައި ފާފަވެރިންގެ މެދުގައިވެ ޙަޔާތު ވޭތުކުރާ އެކަލާނގެ ތެދުވެރި ބަދުނާމެއް ނެތް މަޢުސޫމު ދަރިންގެ ގޮތުގައި ތިޔަބައިމީހުން ވާނެއެވެ. އޭރުން އުޑުގައިވާ ތަރިތައް ފަދައިން އެބައިމީހުންގެ މެދުގައި ތިޔަބައިމީހުން ވިދާ ބަބުޅާނެކަން ގައިމެވެ.
އެހެންވީމާ، ސާފުސީދާ ގޮތުގައި ވިސްނާ، އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުމަށް އާދަ ކުރާށެވެ. އީސާ އަލްމަސީޙުގެ އެނބުރިވަޑައިގަތުމުން ލިބިދޭނެ މަތިވެރި ނިޢުމަތްފުޅަށް އުންމީދު ކުރާށެވެ.