ލޫކާސް 12:32 - ކިތާބުލް މުޤައްދަސާ32 މަގޭ ލޮބުވެތި އެކުވެރިންނޭ. ބިރުނުގަނޭ. އެއީ ކަލޭމެންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅު އެކަލާނގެ ރަސްކަންފުޅު ކަލޭމެންނަށް ދެއްވުމަށް ވަނީ ވަރަށް ބޮޑަށް ރުހިވޮޑިގެންފަ. အခန်းကိုကြည့်ပါ။ |
އެވަގުތު މާތްރޫޙުފުޅުގެ ސަބަބުން އުފަލުން ފުރިފައިވާ ހާލުގައި އީސާގެފާނު ވިދާޅުވިއެވެ. ”އަޅުގަނޑު ބައްޕާފުޅަށް ޙަމްދު ކުރަން. އުޑާއި ބިމުގެ ވެރި މާތްސާހިބާ! މިހުރިހާ ކަންތައްތައް ކިޔަވައިގެން ތިބި ބުއްދިވެރިންނަށް ވަންހަނާ ކުރައްވައި މި ކަންތައްތައް ތިޔަ ހާމަ ކުރެއްވީ އާދައިގެ މީހުންނަށް. ބައްޕާފުޅާ! ބައްޕާފުޅަށް ފުރިހަމަ އުފަލާއި ހިތްހަމަ ޖެހިލެއްވުން ލިއްބައިދެނީ މިފަދަ ކަންތައް ކަން އަޅުގަނޑަށް އެނގޭ.“
އެހެން ކަމުން އަހަރެން ކަލޭމެންނަށް ބުނަން. ކަލޭމެންގެ އަމިއްލަ ނަފްސުތަކާ މެދު ބަލައިގެން ރައްކާތެރިވެގެން އުޅޭ. އަދި މާތްރޫޙުފުޅު ކަލޭމެންނާއި ހަވާލު ކުރި މީހުން ކަމުގައި ވާ އީސާގެފާނަށް އީމާންވެގެންވީ މީސްތަކުންގެ މައްޗަށް ގެރިބަކަރި ހުއިހައްޕާ މީހަކު އޭނާގެ ގެރިބަކަރިތަކަށް ކާންދީ ބަލަހައްޓާ ފަދައިން ކަމޭހިތައިގެން ބަލާތި. އެ ޖަމާޢަތުގެ މީހުންނަކީ ޚޮދު އެކަލޭގެފާނުގެ ލޭ ފޮދުން އަގު ދައްކާ ގަނެފައިވާ ބަޔެއް. އެމީހުންގެ މައްޗަށް ކަލޭމެން ބޮޑުން ކަމުގައި ލެއްވީ މާތްރޫޙުފުޅު.
އެހެންވީމާ މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި ފަރާތްތަކުގެ ތެރޭގައި ތިޔަބައިމީހުންނީ އެކަށީގެންވާ ބައެއްގެ ގޮތުގައި ލެއްވުމަށް އެދި އަހަރެމެން އެކަލާނގެ ކިބަފުޅަށް ދުޢާ ކުރުމުގައި ވަމެވެ. ތިޔަބައިމީހުން ކުރުމަށް އެދޭ އެންމެހާ ހެޔޮ އަމަލުތަކެއް ކުރުމަށް މާތްރަސްކަލާނގެ އެކަލާނގެ ބާރުފުޅުގެ އެހީތެރިކަން ދެއްވާށިއެވެ. އަދި ތިޔަބައިމީހުންގެ އީމާންތެރިކަމާއި އެއްގޮތްވާ ގޮތުގެ މަތިން ކުރާ އަމަލުތަކެއް ފުރިހަމަ ކުރުމުގައި އެހީތެރި ވުމަށް ވެސް އެދި ދުޢާކުރަމެވެ.
މިހުރިހާ ކަމަކުން ދައްކައިދެނީ މާތްރަސްކަލާނގެ ފައިސަލާ ކުރައްވާނީ އިންސާފުވަންތަކަމާއި އެކުގައި ކަމެވެ. އަދި ތިޔަބައިމީހުން މާތްރަސްކަލާނގެ ރަސްކަންފުޅަށްޓަކައި ތަޙައްމަލު ކުރަމުން ގެންދާ ވޭނުގެ ސަބަބުން ތިޔަބައިމީހުންނަކީ އެކަލާނގެ ރަސްކަންފުޅުގެ ތެރެއަށް ވަނުމަށް އެކަށީގެންވާ ބައެއްކަމުގައި އެކަލާނގެ ލެއްވިއެވެ.
އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ ކަނުލައި އަޑުއަހާށެވެ! އީމާންތެރިކަމުގައި މުއްސަނދި ކުރުވުމަށް މާތްރަސްކަލާނގެ ޚިޔާރު ކުރެއްވީ މިދުނިޔެއިން ނިކަމެތި ފަގީރުންނެވެ. އަދި އެކަލާނގެ ލޯބިވެވޮޑިގަންނަވާ ފަރާތްތަކަށް އެކަލާނގެ ރަސްކަންފުޅުން ލިބިދޭ ޙައްޤާއިމެދު އެބައިމީހުންނަށް ވެސް ޙިއްސާ ކުރެވޭނެ ކަމުގެ ވަޢުދުވެވޮޑިގެންނެވިއެވެ.