30 އެއީ މާތްރަސްކަލާނގެއަށް އީމާންނުވާ މީހުން ދަހިވެތިވެ ދުވަނީ އެތަކެތީގެ ފަހަތުން. ކަލޭމެންނަށް އެތަކެތި ބޭނުންވާ ކަން ކަލޭމެންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅު ދެނެވޮޑިގެން ވޭ.
ޙަޤީޤަތަކީ އެ ހިނދު ވާހަކަ ދައްކާނީ ތިޔަބައިމީހުންނެއް ނޫން. އެ ހިނދު އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅުގެ މާތްރޫޙުފުޅު ތިޔަބައިމީހުން މެދުވެރިކުރައްވައި ވާހަކަ ދައްކަވާނެ.
މިގޮތުގެ މަތީން އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅު ވެސް މީހުންގެ ތެރެއިން އެންމެ ކުއްޖަކު ވެސް ގެއްލިގެން ދިއުމަކަށް އެދިވޮޑިއެއް ނުގަންނަވާނެ.“
އަދި ހަމައެހެންމެ، ތިޔަބައިމީހުންގެ ރަޙުމަތްތެރިންނަށް ތިޔަބައިމީހުން ތަހުނިޔާ ކިޔާ ކަމުގައިވާނަމަ، އަނެކުންނެކޭ ތިޔަބައިމީހުންނެކޭ އެއްވެސް ތަފާތެއް ނުވޭ. ބުދަށް އަޅުކަން ކުރާ މީހުން ވެސް ރަޙުމަތްތެރިންނާއި މެދު ލޯބިކޮށް ހިތާ.
”ތިޔަބައިމީހުން ހެޔޮ އަމަލުތައް ކުރުމުގައި ވާހިނދު، ދެއްކުންތެރި ގޮތުގައި އެފަދަ އަމަލުތައް ކުރުމަށް މަސައްކަތް ނުކުރޭ. އެހެނީ އެފަދަ އަމަލުތައް ކުރުމުން އުޑުގައި ވޮޑިގެންވާ މަތިވެރި ބައްޕާފުޅުގެ ޙަޟްރަތުން ޘަވާބެއް ނުލިބޭނެ.
އެތަކެތީގެ ފަހަތުން ދަހިވެތިވެ ދުވަނީ މާތްރަސްކަލާނގެއަށް އީމާންނުވާ މީހުން. ތިޔަބައިމީހުންނަށް އެ ހުރިހާ ތަކެއްޗެއް ބޭނުންވާ ކަން ތިޔަބައިމީހުންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅު ދެނެވޮޑިގެންވޭ.
އެފަދަ މީހުން ފަދައިން ތިޔަބައިމީހުން ނުވޭ. އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅު، ތިޔަބައިމީހުން އެދުމުގެ ކުރިން ތިޔަބައިމީހުންގެ ބޭނުންތައް ދެނެވޮޑިގެންވޭ.
ވީއިރު ކަލޭމެންގެ ހިތްތައް ކަލޭމެން ކާނެ ބޯނެ އެއްޗަކާއި މެދު ވިސްނުމަށް ދޫނުކޮށްލާ. އެކަމާއި ހާސް ނުވޭ.
ފުރަތަމަ މާތްރަސްކަލާނގެ ކަލޭމެންގެ ކިބައިން އެދިވޮޑިގެންވާ ކަންތައްތަކަކީ ކޮބައިކަން ހޯދާ ބަލާ. އޭރުން މިހުރިހާ އެއްޗެއް ވެސް ކަލޭމެންނަށް ލިބޭނެ.
މަގޭ ލޮބުވެތި އެކުވެރިންނޭ. ބިރުނުގަނޭ. އެއީ ކަލޭމެންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅު އެކަލާނގެ ރަސްކަންފުޅު ކަލޭމެންނަށް ދެއްވުމަށް ވަނީ ވަރަށް ބޮޑަށް ރުހިވޮޑިގެންފަ.
”އަހަރެން ހިފަހައްޓަން ނޫޅޭ!“ އީސާގެފާނު ވިދާޅުވިއެވެ. ”އަދިއެއް އަހަރެން ބައްޕާފުޅުގެ އަރިހަކަށް ނުދަން. ކަލޭ ގޮސް އަހަރެންގެ އަޚުން ހޯދާ! ގޮސް އެމީހުން ގާތު ބުނޭ، އަހަރެން މިދަނީ އަހަރެންނާއި ކަލޭމެންގެ ބައްޕާފުޅު، އަދި އަހަންނާއި ކަލޭމެންގެ ވެސް ކަލާނގެ އަރިހަށޭ.“
މާތްރަސްކަލާނގެ ކިބަފުޅަށް އުރެދިގެންވާ ފަރާތްތަކެކޭ އެއްފަދައިން މޮޔަ ޙަޔާތެއްގައި އުޅުން ހުއްޓާލުމަށް މާތްސާހިބާއަށް އީމާންވާ މީހެއްގެ ޙައިޘިއްޔަތުން ތިޔަބައިމީހުންނަށް އަހަރެން އަމުރު ކުރަމެވެ. އެބައިމީހުން ވަނީ އުންމީދެއް ނެތް އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައެވެ.
މާތްރަސްކަލާނގެއީ ކޮންފަރާތެއްކަން އެނގިގެންނުވާ މީސްތަކުން ފަދައިން ތިޔަބައިމީހުންގެ ނަފްސުތައް ޝަހުވަތްތެރި ކަމުގެ ތެރެއަށް ވައްޓާނުލުމަށެވެ.